Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއިންވެސްޓްމެންޓް ފޯރަމް

އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ ޑިސެމްބަރު މަހު: އިކޮނޮމިކް މިނިސްޓްރީ

31 އޮކްޓޯބަރު 2017 | އަންގާރަ 07:04

އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ ޑިސެންބަރު 18 ވަނަ ދުވަހު

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 31 އޮކްޓޯބަރު 2017 | އަންގާރަ 07:04
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ އިންވެސްޓްމެންޓް ފޯރަމް މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ މިއަހަރުގެ އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހު ދުބާއީގައި ކަމަށެވެ.

ދުބާއީގައި އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމި ސަބަބާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ތައުފީގް ވިދާޅުވީ މި ވަގުތުގެ ހާލަތަށް ބަލާއިރު ވިޔަފާރިވެރިންނަށް ވެސް އަދި ފޯރަމްގައި ބައިވެރިވާ އިންވެސްޓަރުންނަށް އެންމެ ފައިދާ ހުރި ގޮތަކީ ދުބާއީގައި އިންވެސްޓްމެންޓް ފޯރަމް ބޭއްވުން ކަމަށެވެ. އަދި ދުބާއީގައި މިއަހަރުގެ ފޯރަމް ބޭއްވުމުން އޭގެ ފައިދާ މިހާރު ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަށާއި އަދި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކަށް ކުރާނެ ކަމަށެވެ..

ތައުފީގް ވިދާޅުވީ ދުބާއީގައި ބާއްވާ އިންވެސްޓްމެންޓް ފޯރަމްގައި ރާއްޖޭގެ ގިނަ އިންވެސްޓަރުން ބައިވެރިވާނެ ކަމަށާއި އޭގެ ތެރޭގައި އެސްޓީއޯ އެޗްޑީސީ އަދި މި ނޫން ވެސް ރާއްޖޭގެ ބޮޑެތި ކުންފުނިތައް ހިމެނޭ ކަމަށް ތައުފީގް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ފޯރަމްގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުގެ ބޮޑެތި އިންވެސްޓަރުން ވެސް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް ތައުފީގް ވިދާޅުވިއެވެ.

ތައުފީގް ވިދާޅުވި ގޮތުގައި އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވުމަށް ތިން ކެޓަގަރީއެއް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ޕްލެޓިނަމް ކެޓަގަރީ ބައިވެރިވާ ފަރާތްތައް ދައްކަން ޖެހޭނީ 36,000 ޑޮލަރެވެ. އަދި ގޯލްޑް ކެޓަގަރީން ބަައިވެރިވާ ފަރާތްތަކުން 26,000 ޑޮލަރު ދައްކަން ޖެހޭއިރު ސިލްވާ ކެޓަގަރީން ބައިވެރިވާ ފަރާތްތައް ދައްކަން ޖެހެނީ 15,000 ޑޮލަރެވެ.

މީގެ އިތުރުން އިންވެސްޓްމެންޓް ފޯރަމްގައި ސްޓޯލްތައް ވެސް ދޫކުރާނެ އަގުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޕްރިއަމް ސްޓޯލްގެ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 69,000 ޑޮލަރެވެ. ސްޓޭންޑް ސްޓޯލްތަކުގެ އަގުގެ ގިތުގައި ކަނޑައަޅާފައި ވަނީ 49,000 ޑޮލަރެވެ. ޑޭކޭސް، ޕްރެޒެންޓޭޝަންގެ ސްޓޯލްގެ އަގުގެ ގޮތުގައި 39,000 ޑޮލަރު ކަނޑައަޅާފައިވާއިރު ވީޑިއޯ ވޯލްސް އަށް ކަނޑައަޅާފައިވާ އަގަކީ 19,000 ޑޮލަރެވެ.

މި އަހަރުގެ އިންވެސްޓްމެންޓް ފޯރަމް ދުބާއީގައި ބޭއްވުމަށް ނިންމާފައިވާއިރު އެންމެ ފުރަތަމަ މިއަހަރުގެ އިންވެސްޓްމެންޓް ފޯރަމް ބާއްވަން ނިންމީ ގަތަރުގައެވެ. ނަމަވެސް ސައުދީ އިސްވެ އޮވެ ގަލްފްގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލިކަން އިއުލާންކުރުމާ އެކު ދިވެހި ރާއްޖެއިން ވެސް ވަނީ ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލިކަން އިއުލާނުކޮށްފައެވެ. ގަތަރަކީ ރާއްޖެ އަށް އެކި ގޮތްގޮތުން ގިނަ އެހީތަކެއް ފޯރުކޮށްދޭ ގައުމެކެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2018

މިދިޔަ ޑިސެމްބަރު މަހުގެ އިންފްލޭޝަން 1.3 ޕަސެންޓް އިތުރުވެއްޖެ

19 ފެބުރުއަރީ 2018
މިދިޔަ ޑިސެމްބަރު މަހުގެ އިންފްލޭޝަން 1.3 ޕަސެންޓް އިތުރުވެއްޖެ
11 ފެބުރުއަރީ 2018

މޯލްޑިވްސް އެޗްއާރް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

11 ފެބުރުއަރީ 2018
މޯލްޑިވްސް އެޗްއާރް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
02 ޖެނުއަރީ 2018

ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނަސީބުވެރިން ހޮވައިފި

02 ޖެނުއަރީ 2018
ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނަސީބުވެރިން ހޮވައިފި
21 ޑިސެމްބަރު 2017

އިންވެސްޓްމަންޓް ފޯރަމްތަކަށްފަހު ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް!

21 ޑިސެމްބަރު 2017
އިންވެސްޓްމަންޓް ފޯރަމްތަކަށްފަހު ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް!
14 ޑިސެމްބަރު 2017

އިންވެސްޓްމަންޓް ފޯރަމް ފެށެން 3 ދުވަސް – އަޑެއް ބަޑެއް ނީވޭ!

14 ޑިސެމްބަރު 2017
އިންވެސްޓްމަންޓް ފޯރަމް ފެށެން 3 ދުވަސް – އަޑެއް ބަޑެއް ނީވޭ!
03 ޑިސެމްބަރު 2017

"ތަރިކަ އާޓް އެގްޒިބިޝަން": ޑިސެމްބަރު 21 ގެ ނިޔަލަށް ކުރިޔަށްދާނެ

03 ޑިސެމްބަރު 2017
"ތަރިކަ އާޓް އެގްޒިބިޝަން": ޑިސެމްބަރު 21 ގެ ނިޔަލަށް ކުރިޔަށްދާނެ
23 ޖޫން 2017

ޤަތަރުގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމާ މެދު މަޝްވަރާކުރަނީ

23 ޖޫން 2017
ޤަތަރުގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމާ މެދު މަޝްވަރާކުރަނީ
17 އެޕްރީލު 2017

އައްޑޫ އިންވެސްޓާސް ފޯރަމް އޭޕްރިލް 22ގައި

17 އެޕްރީލު 2017
އައްޑޫ އިންވެސްޓާސް ފޯރަމް އޭޕްރިލް 22ގައި
28 ފެބުރުއަރީ 2017

އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

28 ފެބުރުއަރީ 2017
އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް