Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީގެ ފަލަ ސުރުހީ

ރައީސް ޔާމިންގެ ވެރިކަން ބަދަލުކުރުމަށް ޕާޓީތަކުގެ މެދުގައި ކުރަންޖެހޭ މަސައްކަތްތައް ކުރާނެ: ޝިފާޒު

22 ޖޫން 2018 | ހުކުރު 06:37

އެމްޑީޕީގެ ކޮންގްރެސްއަކީ ޕާޓީގެ އެތެރޭގައި ނިންމަންޖެހޭ މުހިންމު ކަންތައްތައް ނިންމުމަށް ބާއްވާ ވަރަށް މުހިންމު ކޮންގްރެސްއެއް

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޖޫން 2018 | ހުކުރު 06:37
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝިފާޒު ވާހަކަދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝިފާޒު ވާހަކަދައްކަވަނީ.

އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކެއްގެ އަމާޒަކީ ޑެމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާ ހިލާފަށް ހިންގާ ވެރިކަމެއް ބަދަލުކުރުން ކަމަށާއި، މިވެރިކަން ބަދަލު ކުރުމަށް ޕާޓީތަކުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ އއ. އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްއަކީ ޕާޓީގެ އެތެރޭގައި ނިންމަން ޖެހޭ މުހިންމު ކަންތައްތައް ނިންމުމަށް ބާއްވާ ވަރަށް މުހިންމު ކޮންގްރެސްއެއް ކަމަށެވެ. ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވަމުންދާއިރު ކޮންގްރެސް ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝިފާޒު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނާއި، ސިޔާސީ ގިނަ ޕާޓީތަކުން ބޭނުން ވަނީ ރައީސް ޔާމިން ވެރިކަމުން ދުރުކޮށް ހުދުމުހުތާރު ވެރިކަމަކުން މިގައުމު ސަލާމަތް ކުރުމަށް ކަމަށެވެ. އަދި މިވެރިކަން ބަދަލު ކުރުމަށް ޕާޓީތަކުގެ ތެރޭގައި ކުރަން ޖެހޭ މަޝްވަރާތައްކޮށް، ނިންމަން ޖެހޭ ނިންމުންތައް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ ސިޔާސީ ސުލްހަވެރި ހަރަކާތް ހިންގުމަށް އެމްޑީޕީން ބޭނުންވާ މިންވަރު މިމަހު 29 އިން 30 އަށް ބާއްވާ ކޮންގްރެސް އިން އެންމެހާ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ. އުނދަގޫގެ ތެރެއިން ބޭނުން ވަނީ ނަތީޖާ ހާސިލް ކުރަން ކަމަށާއި، ޕްލޭން ކޮށްފައިވާ ގޮތަށް މިކޮންގްރެސް ކުރިއަށް ގެންދެވިއްޖެ ނަމަ ވަރަށް ކާމިޔާބު ކޮންގްރެސްއަކަށް ވާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު މިހާރު މުޅި އއ. އަތޮޅަށް ބޮޑު އީދެއް އައިސްފައިވާ ކަމަށާއި، އަތޮޅުގެ ރައްޔިތުން ވެސް އަންނަނީ ވަރަށް ފުރިހަމައަށް މިކޮންގްރެސް އަށް ތައްޔާރުވަމުން ކަމަށެވެ.

ޖުމްހޫރީޕާޓީން ވެސް މިވަގުތު ކޮންގްރެސް ބައްވަމުންދާކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ކޮންގްރެސް ބާއްވަންޖެހޭ ކަމަށާއި، ޕާޓީތަކުގެ މުހިންމު ނިންމުންތައް ނިންމޭނީ ކޮންގްރެސް އިން ކަމަށެވެ. ޝިފާޒު ވިދާޅުވީ އެޕާޓީގެ އަސާސީ ގަވާއިދަށް ބަދަލު ގެންނަ ނަމަ އެކަން ވެސް ކުރާނީ ކޮންގްރެސްގައި ޕާޓީގެ މެންބަރުން ކަމަށެވެ.

"ސިޔާސީ ޕާޓީއެއްގައި ހަރަކާތްވާންޖެހޭ ގޮތަށް ނުވަތަ ހަރަކާތްތެރިވުމަށް އެޕާޓީގެ މުސްތަގުބަލަށް ބިނާކުރުމަށް ގެންނަން ޖެހޭ ބަދަލެއް އޮތިއްޔާމުން މިވަގުތު ގެންނާނެ. އަޅުގަނޑު ދެކޭ ގޮތުގައި ޖުމްހޫރީޕާޓީން ވެސް އެކަން ކުރައްވަން އެހިފަނީ އެބަދަލުތައް ގެންނަން އެބޭފުޅުން މިވަގުތު ބޭނުންވާތީވެ،" ޝިފާޒު ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ފެކްޝަނުން ކޮންގްރެސްއެއް ބާއްވާފައިނުވާތީ ޝިފާޒު ވަނީ ޕީޕީއެމްއަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފައެވެ. ޝިފާޒު ވިދާޅުވީ ޕީޕއެމްއިން ކޮންގްރެސްއެއް ބާއްވާނެ ކަމަށް އުންމީދުކުރުމަކީ ވެސް ބޭކާރު ކަމެއް ކަމަށާއި، ޕާޓީއަކީ ވެސް ނުހައްގުން ފޭރިގަނެފައިވާ ޕާޓީއެއް ކަމަށެވެ. އޭނަ ވިދާޅުވީ ހުދުމުހުތާރު ވެރިންނާއި ހުދުމުހުތާރު އުސޫލުތައް ދަމަހައްޓަން ބޭނުންވާ ބޭބޭފުޅުންނަށް ޑެމަކްރަސީގެ އުސޫލުތައް ކަމަކު ނުދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް