Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް - ޣައްޒާ

ިއިސްރާއީލުން ޣައްޒާގެ 25 ޓާގެޓަކަށް ހަމަލާ ދީފި

މިހަަމަލާތަކުގައި ފަލަސްތީނުގެ ތިން ރައްޔިތަކަށް އެކިވަރުގެ އަނިޔާތަކެއް ލިބިފައިވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 20 ޖޫން 2018 | ބުދަ 14:14
އިސްރާއީލް އިން މީގެ ކުރިން ޣައްޒާއަށް ދިން ހަމަލާއަކާ ގުޅިގެން ފަލަސްތީނު ރައްޔިތުން މުޒާހަރާ ކުރަނީ

އިސްރާއީލް އިން މީގެ ކުރިން ޣައްޒާއަށް ދިން ހަމަލާއަކާ ގުޅިގެން ފަލަސްތީނު ރައްޔިތުން މުޒާހަރާ ކުރަނީ

ފަލަސްތީނުގެ ޣައްޒާގެ، ހަމާސް ޖަމާއަތަށް ނިސްބަތްވާ 25 ޓާގެޓަކަށް އިސްރާއީލުގެ ޖެޓުތަކުން ހަމަލާދީފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނާގޮތުން އިސްރާއީލުން ޣައްޒާއަށް ހަމަލާ ދިނީ ހަމާސް އިން ފޮނުވަމުންދާ ރޮކެޓު ހަމަލާ އާއި އަދި މޯޓަރު ބަޑީގެ ހަމަލާތަކާ ގުޅިގެން ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ބުދަ ދުވަހު ހެނދުނުގެ ވަގުތުގައި ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ތިން ރައްޔިތަކަށް އެކިވަރުގެ ކުދި އަނިޔާތަކެއް ލިބިފައިވެއެވެ. އަދި ޣައްޒާ އިން އިސްރާއީލަށް އައި ރޮކެޓު ހަަމަލާތަކާއި އަދި އޭގެ ރައްދުގައި އިސްރާއީލުން ދިން ހަމަލާތަކަކީ މިފަހުގެ ތާރީޚެއްގައި ދެފަރާތުން ބަދަލުކުރެވުނު އެންމެ ވަރުގަދަ ހަމަލާތައް ކަމަށްވެއެވެ.

ޣައްޒާއިން އިސްރާއީލަށް ދިން ހަމަލާތަކުގައި އެއްވެސް މީހެއް މަރުވިކަމުގެ ނުވަތަ ޒަޚަމްވިކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައެއްނުވެއެވެ. އިސްރާއީލު އަސްކަރިއްޔާ އިން ބުނާގޮތުގައި ޣައްޒާ އިން ވަނީ 45 ރޮކެޓު ހަމަލާއާއި މޯޓަރު ބަޑީގެ ހަމަލާތަކެއް އިސްރާއީލުގެ އެކި ސަރަހައްދުތަކަށް ދީފައެވެ. އަދި ޣައްޒާ އިން ފޮނުވާލި ހަތް ރޮކެޓެއް އިސްރާއީލުގެ އަޔަން ޑޯމް އެންޓި-މިސައިލް ޝީލްޑް ސިސްޓަމުން އިންޓަސެޕްޓްކޮށްފައިވާ ކަަމަށް އިސްރާއީލުގެ އަަސްކަރިއްޔާ އިން ބުނެއެވެ.

ޣައްޒާއިން އިސްރާއީލަށް ފޮނުވާލި ރޮކެޓު ހަމަލާތަކުގެ ޒިންމާ ހަމާސް އިން ނަގާފައި ނުވިނަމަވެސް، އެއީ ވަރަށް ރަނގަޅަށް ކުރި ކަމެެއް ކަމަށް ބުނެ ހަމާސް އިން ވަނީ އެކަމަށް ތައުރީފުކޮށްފައެވެ.

ފާއިތުވި ހަފްތާކުގެތެރޭގައި އިސްރާއީލުން ޣައްޒާ އަށް ހަމަލާ ދީފައިވާއިރު އިސްރާއީލުން ބުނަމުން ދަނީ އެހަމަލާތައް ދެމުން ދަނީ ފަލަސްތީނުން އިސްރާއީލުގެ ބިމަށް ދެމުންދާ ގެއްލުންތަކާ ގުޅިގެން ކަމަށެވެ. މާރޗް 30 ވަނަ ދުވަހުން ފެށިގެން ފަލަސްތީނު ރައްޔިތުން ދަނީ އިސްރާއީލް-ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ފަަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އެކި އަމަލުތަކާ ގުޅިގެން މުޒާހަރާ ކުރަމުންނެވެ. އިސްރާއީލުން ވަނީ މި މި މުޒާހަރާތަކާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް 127 ފަލަސްތީނު ރައްޔިތުން މަރާލާ އަދި 3000 މީހަކު ޒަޚަމްކޮށްލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި

އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު