Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންސާނީ ޙައްޤުތައް

އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުން ވަކިވާން އެމެރިކާއިން ނިންމައިފި

20 ޖޫން 2018 | ބުދަ 02:48

ކައުންސިލަށް އިންސާނީ ހައްޤުތައް ހިމާޔަތް ނުކުރެވޭކަމަށް އެމެރިކާއިން ތުހުމަތުކުރޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 20 ޖޫން 2018 | ބުދަ 02:48
އދއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކީ ހޭލީ (ވ) އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕެއޯ (ކ) އާއިއެކު

އދއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކީ ހޭލީ (ވ) އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕެއޯ (ކ) އާއިއެކު

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުން ވަކިވާން އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކީ ހޭލީ ވިދާޅުވީ އިންސާނީ ހައްޤުތަކުގެ ވާހަކަ ދައްކަން އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުން ލަދު ގަންނަން ޖެހޭކަމަށެވެ. އަދި އެކައުންސިލަކީ އިންސާނީ ހައްޤުތަކަށް ޖެއްސުންކުރާ ޖަމާޢަތެއް ކަމަށް ހޭލީ ސިފަކުރެއްވިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާއިއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޭލީ ވިދާޅުވީ މިއީ އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުން ފަހަތަށް ޖެހުން ނޫންކަމަށެވެ. އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ އެޖެންޑާގައި އިސްރާއީލް އޮންނަ ފަހަރެއްގައި އެ މައްސަލައިގައި އެމެރިކާގެ މިހާރުގެ ސަރުކާރުގެ ބަހުގެ ހަމަލާތައް މީގެ ކުރިންވެސް އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލަށް ވަނީ އަމާޒުވެފައެވެ. ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އަބަދުވެސް އިސްރާއީލާއި ގުޅޭ މައްސަލައެއް އެކައުންސިލްގެ އެޖެންޑާގައި އޮވެއެވެ.

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 38ވަނަ އާއްމު ބައްދަލުވުން ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދަނިކޮށް ވޮޝިންޓަނުގައި ހުންނަވައިގެން އެކައުންސިލުން ވަކިވާނެކަން ސަފީރު ނިކީ ހޭލީ އިއުލާންކުރެއްވިއިރު، އެކައުންސިލުން ވަކިވާނެކަމަށް މީގެ ކުރިންވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ. މިފިޔަވަޅާއި ގުޅިގެން އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާޢަތެއްކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނީ މިއީ އިންސާނީ ހައްޤުތަކަށް ރައީސް ޓްރަމްޕް އެއްވެސް ވަރަކަށް އިހްތިރާމް ނުކުރައްވާކަމުގެ ހެއްކެއްކަމަށެވެ.

އެމެރިކާގެ މި ނިންމުމުގެ އެއް ދުވަސްކުރިން އދގެ އިންސާނީ ހައްޤުތަކާއި ބެހޭ އެންމެ އިސްވެރިޔާ ޕްރިންސް ޒައިދް ބިން ރާދް އަލް ހުސައިން ވަނީ އެމެރިކާއިން އެޤައުމަށް ޤަވާޢިދާއި ޚިލާފަށް ހިޖުރަކުރާ މީހުންނާއިމެދު އަމަލުކުރަމުންދާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމެރިކާގެ ސަރުކާރުގެ މިހާރުގެ ސިޔާސަތުގެ ދަށުން އެޤައުމަށް ޤަވާޢިދާއި ޚިލާފަށް އެތެރެވާ ކުޑަކުދިން، އެކުދިންގެ މައިންބަފައިންނާއި ވަކިކޮށް، ވަކިން ބަންދުކުރަމުންދާތީ، އެމެރިކާގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ޒައިދުވަނީ އެމެރިކާއިން އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުން ވަކިވުމުން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތު އޮތް ގޮތުން މިއީ އެމެރިކާ ބޭރަށް ފިޔަވަޅު އަޅަން ޖެހޭ ދަނޑިވަޅެއް ނޫންކަމަށާއި، މިއީ އެމެރިކާއިން ކުރިއަށް ފިޔަވަޅު އަޅަން ޖެހޭ ވަގުތެއްކަމަށެވެ.

އެމެރިކާއާއި އިންސަނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ ގުޅުން އިތުރަށް ގޯސް މިވީ އިސްރާއީލުން މިހާރު ގައްޒާގައި ހިންގަމުންދާ ޤަތުލުއާއްމުތަކާއި ދެކޮޅަށް އެޖަމާޢަތުން ވާހަކަ ދައްކައި، އެމައްސަލަ ބޮޑުކޮށްލުމާއި ގުޅިގެންނެވެ. އެމެރިކާގެ މިހާރުގެ ސަރުކާރުން އިސްރާއީލުން ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަކަށް މަދަދުދޭއިރު، ބައިނަލްއަޤްވާމީ މުޖްތަމައުން ގެންދަނީ އެކަން ކުށްވެރިކުރަމުންނެވެ.

2006ވަނަ އަހަރު އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލް އެކުލަވާލުމުން، އޭރު އޮތް ޖޯޖް ޑަބްލިޔު ބުޝްގެ ސަރުކާރުންވެސް އެކައުންސިލް ބޮއިކޮޓްކުރިއެވެ. އޭރު އެމެރިކާއިން އދއަށް ކަނޑައަޅާފައިވާ ސަފީރަކީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޤައުމީ ސަލާމާއި ބެހޭ މުޝީރު ޖޯން ބޯލްޓަންއެވެ. އިރާޤު ހަނގުރާމައަށް އެމެރިކާ ސިފައިން ފޮނުވުމަށްވެސް ބާރު އެޅުއްވި ބޯލްޓަން ވަނީ މިފަހަރުވެސް އެމެރިކާ އެކައުންސިލުން ވަކިވުމަށް ނިންމި ނިންމުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. 2006ވަނަ އަހަރު ކައުންސިލް ބޮއިކޮޓްކުރުމަށްފަހު އެމެރިކާއިން އަލުން ކައުންސިލާއި ގުޅިފައިވަނީ 2009ވަނަ އަހަރު ބަރަކް އޮބާމާގެ ވެރިކަމުގައެވެ.

47 މެމްބަރު ޤައުމު ހިމެނޭ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ މެމްބަރު ޤައުމުތަކުގެ ގޮތުގައި އިންސާނީ ހައްޤުތަކަށް އަރައިގަތުމުގެ ޓްރެކް ރެކޯޑް އޮތް ޤައުމުތައް ހިމެނޭތީ މީގެ ކުރިންވެސް އެޖަމާޢަތަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. 2006ވަނަ އަހަރު އުފެއްދި ހިއުމަން ރައިޓްސް ކައުންސިލަކީ އިންސާނީ ހައްޤުތަކާއި ބެހޭ ދުނިޔޭގެ އެންމެ މަތީ އިދާރާއެވެ. މި ކައުންސިލަށް މެމްބަރުން އައްޔަންކުރަނީ 3 އަހަރުގެ ދައުރަކަށެވެ.

އެމެރިކާއިން އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުން ވަކިވާން ނިންމުމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ގުޓަރޭޒްގެ ތަރުޖަމާނު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކޮށް، ހައްޤުތައް ޙިމާޔަތްކުރުމަށް އެކައުންސިލުން މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި، އެމަސައްކަތުގައި ބައިވެރިވުމަށް އެމެރިކާ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގައި އޮތުން މުހިއްމުކަމަށެވެ.

އިނގިރޭސިވިލާތުންވެސް ވަނީ އެމެރިކާގެ ނިންމުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ އެމެރިކާ އެކައުންސިލުން ވަކިވިނަމަވެސް އިނގިރޭސިވިލާތުން ވަކިނުވާނެކަމަށާއި، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް އެޤައުމަށް ކުރެވުނު މަސައްކަތެއް ކުރާނެކަމަށެވެ.

ނިކީ ހޭލީ ވިދާޅުވީ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުން އެމެރިކާ ވަކިވިނަމަވެސް، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް އެޤައުމުން ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާނެކަމަށެވެ.

އިސްރާއީލުގެ ދިފާޢުގައި އެމެރިކާއިން ވަނީ މިދިޔަ އަހަރު އދގެ ތައުލީމާއި ސައިންސް އަދި ސަޤާފަތާއި ބެހޭ ޖަމްއިއްޔާ، ޔުނެސްކޯ އިންވެސް ވަކިވެފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑަށް އެހީވާ ބައިނަލްއަޤްވާމީ ޖަމްއިއްޔާކަމަށްވާ އދގެ ވޯކްސް އެންޑް ރިލީފް އެޖެންސީއަށް އެމެރިކާއިން ދޭ އެހީގެ ތެރެއިން ބޮޑުބައެއް ދިނުން ހުއްޓާލުމަށްވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިންމަވާފައެވެ.

އިތުރަށް ކިޔާލަން

24 ޖުލައި 2017

އިރާނާއި އިރާގުން އަސްކަރީ ގޮތުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

24 ޖުލައި 2017
އިރާނާއި އިރާގުން އަސްކަރީ ގޮތުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
13 ޖުލައި 2017

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

13 ޖުލައި 2017
އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ
08 ޖުލައި 2017

ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!

08 ޖުލައި 2017
ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!
04 ޖުލައި 2017

ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ

04 ޖުލައި 2017
ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ
31 މެއި 2017

މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް

31 މެއި 2017
މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް
18 މެއި 2017

އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

18 މެއި 2017
އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ
17 މެއި 2017

އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!

17 މެއި 2017
އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!
16 މެއި 2017

އެންމެ ފަހުން އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓް ސެކިޔުރިޓީ ކައުންސިލުން ކުށްވެރިކޮށްފި

16 މެއި 2017
އެންމެ ފަހުން އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓް ސެކިޔުރިޓީ ކައުންސިލުން ކުށްވެރިކޮށްފި
05 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ
11 މާރިޗު 2017

އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

11 މާރިޗު 2017
އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް