Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓްރަމްޕްގެ ތަޤްރީރު

އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!

ގިނަ ލީޑަރުންތަކެއް ބައިވެރިވާނެ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 17 މެއި 2017 | ބުދަ 13:31
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުޥާކުރެއްވި ދުވަހު ދެއްވި ތަޤްރީރުގެ ތެރެއިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުޥާކުރެއްވި ދުވަހު ދެއްވި ތަޤްރީރުގެ ތެރެއިން

އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަގްރީރެއް ދެއްވުމަށް ނިންމަވައިފިއެވެ.

ވައިޓް ހައުސް އިން ބުނެފައިވާ ގޮތުގައި އިސްލާމީ އުސޫލުތަކާ ބެހޭ ގޮތުން ޓްރަމްޕް ތަގުރީރެއް ދެއްވަން ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހު ސައުދީ އަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މުސްލިމުންނަށް ވަރަށް ބޯޑަށް ފާޑުވިދާޅުވެ، މުސްލިމް ބައެއް ގައުމުތަކުގެ ރައްޔިތުންނަށް އެމެރިކާއަށް ދަތުރުނުކުރެވޭނެ ގޮތް ހެދުމަށް ޓްރަމްޕްވަނީ މަސައްކަތް ކުރައްވާފައެވެ.

ޓްރަމްގެ ދަތުރުފުޅާއި ގުޅިގެން ވައިޓްހައުސް އިން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މިދަތުރުފުޅުގައި 50 އަށް ވުރެ ގިނަ މުސްލިމް ގައުމުތަކުގެ ލީޑަރުންނާ އެކު ޓްރަމްޕް ޚާއްސަބައްދަލުވުމެއް ބާއްވާނެ އެވެ.

އިސްލާމްދީނުގެ އިސޫލުތަކާއި ގުޅޭގޮތުން ޓްރަމްޕް ތަޤްރީރެއް ދެއްވާނީ އެބައްދަލުވުމުގައި ނުވަތަ އޭގެ ފަހުން އޮންނަ ބައްދަލުވުމެއްގައި ކަމަށް ވައިޓްހައުސް އިން ބުނެފައިވެއެވެ.

ޓްރަމްޕްގެ މި ތަޤްރީރުގައި އަލިއަޅުވާ ލައްވާ ވާހަކަ ދައްކަވާނީ ހަރުކަށި ވިސްނުމާ ދެކޮޅަށް ކަންތައް ކުރާނެ ގޮތްތަކާއިބެހޭ ގޮތުންނެވެ.

އިސްލާމީ ގައުމުތަކުގެ 50 އަށްވުރެ ގިނަ ލާޑަރުންގެ ކުރިފުޅުމަތީގައި އިސްލާމް ދީނުގައި އޮންނަ ސުލްހަވެރި ގޮތާ މެދު ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތް ވިދާޅުވާނެއެވެ.

ސައުދީ އަރަބިއްޔާއަށް ޓްރަމްކުރައްވާ ދަތުރުފުޅާއި ދިމާކޮށް އެގައުމުގައި އަރަބި-އިސްލާމިކް-އެމެރިކަން ސަމިޓް ސައުދީގެ ވެރިރަށް ރިޔާޒުގައި އޮންނާނެއެވެ.

ޓްރަމްޕްގެ ތަޤްރީރު ހިމެނެނީ މި ސަމިޓްގެ ތެރޭގައެވެ. އަރަބި-އިސްލާމިކް-އެމެރިކަން ސަމިޓް ކުރިއަށްދާނީ މި މަހު 20-21 އަށެވެ.

މި ސަމިޓަށް ދައުވަތު ދެއްވާފައިވާ މުސްލިމް ލީޑަރުންގެ ޖޯޑުންގެ އަބްދުﷲ ރަސްގެފާނާއި، ނައިޖަރުގެ ރައީސް މުހައްމަދު އިސޫފޫ، އަލްޖީރިއާގެ ރައީސް އަބްދުލް އަޒީޒް ބޫތަފްލިކާ، ޔަމަނުގެ ރައީސް އަބްދުއްރައްބޫ މަންސޫރު ހާދީ ހިމެނެއެވެ.

މީގެ އިތުރުން މޮރޮކޯ، ތުރުކީ، ޕާކިސްތާން، އިރާގު، ޓިއުނީޝިއާގެ ވެރިންނަށް ވެސް ދައުވަތު ދެއްވާފައިވެއެވެ.

ޓްރަމްގެ މި ދަތުރުފުޅުގައި އަރަބި-އިސްލާމިކް-އެމެރިކަން ސަމިޓްގެ ބޭރުން ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ވެރިންނާ އެކު ވަކި ބައްދަލުވުންތައް ބާއްވާނެއެވެ.

ޓްރަމްޕް ސައުދީއަށް މިކުރައްވާ ދަތުރުފުޅަކީ ރައީސްކަން ލިބިވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރާމެދު އަޅާފައިވާ ފިޔަވަޅަކީ އިސްލާމީ އުސޫލުތަކާވެސް ޚިލާފް ކަމެއް:ތުރުކީ

ގަތަރާމެދު އަޅާފައިވާ ފިޔަވަޅަކީ އިސްލާމީ އުސޫލުތަކާވެސް ޚިލާފް ކަމެއް:ތުރުކީ

13 ޖޫން 2017
މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

08 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު

އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު

03 ޖޫން 2017
މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!

މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!

02 ޖޫން 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު