Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޮޑުންގެ ޝަރީއަތް

ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކުށް ސާބިތުކޮށް، 1 އަހަރާއި ހަތް މަހަށް ޖަލަށް!

އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 13 ޖޫން 2018 | ބުދަ 14:14
ކުރީގެ ރައީސް މައުމޫން (މ)، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ) އަދި ފަަނޑިޔާރު އަލީ ހަމީދު (ކ)

ކުރީގެ ރައީސް މައުމޫން (މ)، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ) އަދި ފަަނޑިޔާރު އަލީ ހަމީދު (ކ)

އަދުލު އިންސާފު ގާއިމު ކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް ހަމާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި ތިން ބޭފުޅުންގެ މައްޗަށް މި ހުކުމް އިއްވީ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ރޭގެ ދަންވަރު ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނު ދޭން އެދުމުން ފޯނު ދީފައިނުވާ ކަމަށްބުނެ ކުރި ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުއެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓަށް ދާދި ފަހުން އައްޔަން ކުރެއްވި ގާޒީ ހަސަން ނަޖީބު މި މައްސަލައިގައި ހުކުމް ކުރެއްވީ މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށް ބޭއްވި ޝަރީއަތުގެ އަޑުއެހުން ނިންމުމަށް ފަހު ކުޑަ ވަގުތުކޮޅަކަށް ޝަރީއަތް މެދު ކަނޑާލުމަށް ފަހުއެވެ.

ޖަލު ހުކުމުގެ އިތުރުން މި ތިން ބޭފުޅުނަށް ގާނޫނީ ވަކީލުންގެ ހުއްދަ އާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދައުލަތުން ދީފައިވާ ކަމަށްވާނަމަ އެ ހުއްދަ ވެސް ބާތިލްވާނެ ކަމަށް މި ހުކުމާއެކު ކަނޑައަޅާފައިވެ އެވެ. އެ ބޭފުޅުން ހިންގާފައިވާ އަމަލީ އެ ބޭފުޅުންގެ ހަސިއްޔަތުން ކުރަން ޖެހޭފަދަ އަމަލެއް ނޫން ކަމަށްބުނެ އެގޮތައް ކަނޑައެޅި ނަމަވެސް މިއީ ދައުލަތުން ވެސް އެދިފައިވާ ގޮތެއް ނޫނެވެ.

މައްސަލައިގައި ހުލާސާ ބަޔާން އިއްވި މަޖިލީހާއި ހުކުމް ކުރުމުގެ މަޖިލީސް ވެސް ބޭއްވީ ތިން ބޭފުޅުންގެ ދިފާއީ ވަކީލުން ނެތި އެވެ.

ހުކުމް އިއްވުމުގެ ކުރިން ގާޒީ ވިދާޅުވީ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހާއި އެ ބޭފުޅުން ފުލުހުން ދީފައިވާ ބަޔާނުން އެ ބޭފުޅުން ފޯނު ގެންގުޅޭކަން އެނގޭ ކަމަށެވެ.

ރައީސް މައުމޫނުގެ ފޯނު ދިނުމަށް ފުލުހުން އެދުނީ ގާނޫނާ ހިލާފަށް ސަރުކާރު ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނަށް ރިޝްވަތުދީ އިތުރު މެމްބަރުނަށް ރިޝްވަތުދޭން އުޅުމާއި ކޯޓުތަކުން ވަކި ގޮތަކަށް ހުކުމްތައް ނެރުވަން ފަނޑިޔާރުނަށް ރިޝްވަތުދިން ކަމަށް ތުހްމަތު ކުރެވޭ މައްސަލައިގައި ހެކި އެ ފޯނުގައި ހުރެދާނެ ތީ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. ގާޒީ ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ރައީސް މައުމޫނުގެ މައްޗަށް ކުރެވޭ ތުހްމަތުތަކާ ގުޅޭ ހެކި އެ ފޯނުގައި ހުންނާނެ ކަމަށް ޝަރީއަތައް ގަބޫލުކުރެވެ އެވެ.

ހަމަ އެގޮތައް ސުޕްރީމް ކޯޓުގައި ތިއްބަވަނިކޮށް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ފޯނުދޭން އެދުނީ އެ ބޭފުޅުންގެ މައްޗަށް ތުހްމަތު ކުރެވުނު، އެކި މީސްމީހުންގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި އެކި މީސް މީހުން ބޭނުންވާ ގޮތައް ހުކުމްތައް ނެރެ، ކޯޓުތަކުގެ ފަނޑިޔާރުނަށް ނުފޫޒު ފޯރުވައި ގާނޫނު ހިންގުމަށް ހުރަސްއެޅި ކަމަށް ތުހްމަތުކޮށް އެކަމުގެ ހެކި ހުންނާނެ ކަމަށް ބެލެވިގެން ކަމަށް ހެކިން ބުނެފައިވާއިރު ގާޒީ ވިދާޅުވީ އެކަމުގެ ހެކި އެ ބޭފުންގެ ފޯނުގައި ހުންނާނެ ކަމަށް ޝަރީއަތައް ބުރަވެވޭ ކަމަށެވެ.

މި މައްސަލައިގައި ގާނޫނީ ވަކީލުން މައްސަލަ ދޫކޮށްލާފައިވާއިރު ގާޒީ ހުކުމުގެ ކުރިން ފާހަގަ ކުރެއްވި ގޮތުގައި މައްސަލައިގައި ދިފާއީ ވަކީލުންގެ ހައްގު ދައުވާ ލިބޭ ފަރާތައް ވަނީ ދީފަ އެވެ. އަދި މައްސަލައިން ވަކީލުން ތަނާޒުލުވިފަހުން ވެސް ވަކީލުން އައްޔަން ކުރުމަށް ފުރުސަތު ހުޅުވާލާފައި އޮތުމަކީ ގާނޫނީ ވަކީލުންންގެ ހައްގު ދީފައި އޮތުންކަން 2016 ވަނަ އަަހަރު ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޒިއްޔާ އަކުން އެނގޭ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށް އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރަށް އެންގެވުމުން އެ ބޭފުޅުން ވިދާޅުވީ ހުލާސާ ބަޔާން އިއްވުމަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ގާޒީ ނިންމެވީ ހުލާސާ ބަޔާން އިއްވުމަށް އެންގެވުމުން ހުލާސާ ބަޔާން ހުށަނޭޅުއްވީ ކަމަށެވެ.

ރައީސް މައުމޫނު ވެސް ވިދާޅުވީ ހުލާސާ ބަޔާން ހުށައަޅުއްވަން ބޭނުންފުޅުވަނީ ގާނޫނީ ވަކީލަކާ އެކު ކަމަށެވެ. އެހެން ނަމަވެސް އެ އެމަނިކުފާނު ވަނީ ޝަރީއަތާ ގުޅޭ ގޮތުން ހުލާސާ ގޮތެއްގައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން މި މައްސަލައިގައި ސިއްރު ހެކިން ހުށަހަޅާފައިވާއިރު ސިއްރުން ހެކިބަސް ނެގުމަކީ އިސްލާމް ދީނުގައި ހުއްދަ ކުރާކަމެއް ނޫން ކަމަށާއި އިސްލާމީ ޝަރީއަތުގައި ހެކިބަސް ނެގުން ހުއްދަވާ ގޮތެއް ދައުލަތައް ބުނެ ނުދެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެމަނިކުފާނު ފޯނު ދިނުމަށް އިއުތިރާޒުކޮށްފައިވާކަން ހެކިންގެ ހެކިބަސް ނޭނގޭއިރު ފޯނު ދޭން މަސައްކަތް ކުރިކަން ހެކިބަހުން ސާބިތުވާ ކަމަށް ބުނެފައިވެ އެވެ.

އަދި އެހެންމެ އެމަނިކުފާނު ހައްޔަރު ކުރިވަގުތު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވީ ނަމަވެސް ފުލުހުންގެ ގާނޫނާއި އެ ގާނޫނު ދަށުން ހަދާފައިވާ ފުލުހުންގެ އާންމު ގަވައިދު ސަސްޕެންޑްކޮށްފައި ނުވާތީ ގޭގެއަށް ވަނުމަށް ކޯޓު އަމުރެއް ހޯދަން ޖެހޭނެކަން ފާހަގަ ކުރައްވައި، މައުމޫނު ވިދާޅުވީ އެރޭ ފުލުހުން އެމަނިކުފާނު ދިރިއުޅުވާ އެންދެރިމާގޭގެ ދޮރޮ ވައްޓާލާފައިވަނީވެސް ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ގާނޫނާ ހިލާފަށް އެގެއަށް ވަދެ ކޮށްފައިވާ ކޮންމެ އަމުރަކީ އަދި ހިންގާފައިވާ ކޮންމެ އަމަލަކީވެސް ގާނޫނާ ހިލާފު ކަންކަމަށްވާއިރު އެ ތަހްގީގުގެ އެންމެހާ ކަންކަން ބާތިލްވާނެ ކަމަށް ވެސް ހުލާސާ ގޮތެއްގައި އެމަނިކުފާނު ވިދާޅުވި އެވެ. ސިއްރު ހެކިވެރިޔާގެ ފޯނުން އެމަނިކުފާނަށް ގުޅާ ފަނޑިޔާރު އަލީ ހަމީދާ ގުޅި ކަމަށް ބުނެފައިވާއިރު އެކަން ސާބިތު ކުރުމަށް ސިއްރު ހެކިވެރިޔާގެ ފޯނު ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ނުވާ ކަމަށް ވެސް ރައީސް މައުމޫނު ފާހަގަ ކުރެއްވި އެވެ.

ހުކުމް އިއްވަމުން ގާޒީ ވަނީ ޝަރީއަތުގައި ލިބެން ޖެހޭ އެންމެހާ ހައްގުތައް ލިބިދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މި މައްސަލައިގައި ދިފާއީ ހެކިބަސް ނުނެގުމަށް ނިންމީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ސާބިތުވާ ކަންކަން ދެން އެހެން މީހެއްގެ ހެކިބަހުން ނަފީ ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށްވެސް ގާޒީ ހުކުމުގެ ކުރިން ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު