Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިންގަނޑަށް ގުޑުމެއް އައުން

ލ އަތޮޅުގެ ރަށްތަކަށް ލޮޅުމެއް އަތުވެއްޖެ

13 ޖޫން 2018 | ބުދަ 07:27

30 ސިކުންތައް ގުޑުން ދެމިގެންދިޔަ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 ޖޫން 2018 | ބުދަ 07:27
ލ ގަމު ބަނދަރު: އެއަތޮޅަށް ވަނީ ލޮޅުމެއް އައިސްފައި

ލ ގަމު ބަނދަރު: އެއަތޮޅަށް ވަނީ ލޮޅުމެއް އައިސްފައި

ލ އަތޮޅު ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އަތުވެއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ލ ގަމު ކައުންސިލްގެ ރައީސް މުހައްމަދު ސިޔާމް ވިދާޅުވީ މި ލޮޅުން އައިސްފައި ވަނީ ބުދަ ދުވަހު ހެނދުނު 11:35 ހާއިރު ކަމަށާއި ގާތްގަނޑަކަށް 30 ހަކަށް ސިކުންތައް އެލޮޅުން ދެމިގެން ދިޔަ ކަމަށެވެ.

Advertisement - newsAdvertisement

ސިޔާމް ވިދާޅުވީ ގަމުގެ ހުރިހާ އަވަށަކަށް ވެސް އެލޮޅުމުގެ އަސަރު ކޮށްގެން ރައްޔިތުން ރިޕޯޓް ކޮށްފައިވާ ކަމަށާއި އެމީހުންނަށް ޤަބޫލު ކުރެވެނީ ބިންހެލުމެއް ކަމަށެވެ. އަދި އެލޮޅުމުގެ 10 ވަރަކަށް މިނިޓް ކުރިން ވެސް ކުޑަކުޑަ ލޮޅުމެއް އައިކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ގަމުގެ އަވަށްތަކުގެ އިތުރުން އެއަތޮޅު އެހެން ރަށްރަށަށްވެސް އެލޮޅުމުގެ އަސަރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ލ ގަމަށް ލޮޅުމެއް އައިކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އެއީ ބިންހެލުމެއް ކަމަށް އަދި ނުބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ބިންހެލުމެއް ކަމަށް ކަނޑައެޅޭނީ ވަކިކަންކަން ފުރިހަމަވުމުން ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެއީ ލޯކަލް ލޮޅުމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި ބިންހެލުމެއް ކަމަށް ޑިކްލެއަރ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް އިތުރަށް ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ގަމު ކައުންސިލްގެ ރައީސް ސިޔާމް ވިދާޅުވީ ލޮޅުމުގެ ރިޕޯޓް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށްވެސް ކޮށްފައިވާނޭ ކަމަށެވެ.

ސިޔާމް ވިދާޅުވީ ލ އަތޮޅު ސަރަހައްދުގައި ބިންގަޑަށް ލޮޅުމެއް އައިސްދާނެ ފަދަ މަސައްކަތެއް މިވަގުތު އެއަތޮޅުގައި ކުރެވެމުން ނުދާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 މާރިޗު 2017

ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން

16 މާރިޗު 2017
ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން
16 މާރިޗު 2017

ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!

16 މާރިޗު 2017
ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!
12 މާރިޗު 2017

ފ. އަތޮޅުގެ ނަން "ސައުދީ އަތޮޅަށް" ބަދަލުކޮށްފި!؟

12 މާރިޗު 2017
ފ. އަތޮޅުގެ ނަން "ސައުދީ އަތޮޅަށް" ބަދަލުކޮށްފި!؟
28 ފެބުރުއަރީ 2017

ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

28 ފެބުރުއަރީ 2017
ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި
11 ފެބުރުއަރީ 2017

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް