Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފ.އަތޮޅު ވިއްކާލުން

ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން

ބޭރުމީހުންނަށް ބިން ގަނެވޭ ގޮތައް ގާނޫނު އަސާސީ އިސްލާހު ކުރީ ސައުދީއަށް ފ. އަތޮޅުގެ ބިން ވިއްކަން

ރާއްޖެ އެމްވީ | 16 މާރިޗު 2017 | ބުރާސްފަތި 23:27
ސަލްމާން ރަސްގެފާނާއި ރައީސް ޔާމީން - ފ. އަތޮޅުގެ ސިއްރު ޑީލުގެ ކަންބޮޑުވުންތައް ދަނީ އިތުރު ވަމުން

ސަލްމާން ރަސްގެފާނާއި ރައީސް ޔާމީން - ފ. އަތޮޅުގެ ސިއްރު ޑީލުގެ ކަންބޮޑުވުންތައް ދަނީ އިތުރު ވަމުން

ފ. އަތޮޅުން ބިން ގަންނަނީ ސައުދީ ޝާހީ އާއިލާއިން ކަމަށާއި އަދި އެކަން ސިއްރު ކުރަން އެ އާއިލާއިން ބޭނުންވާކަން ދޭހަވަ ގޮތައް ވިލިމާލެ ދާއިރާގެ މެމްބަރު ނިހާނު ދައްކަވާފައިވާ ވާހަކަ ތަކެއްގެ އޯޑިއޯ އެއް ލީކުވެއްޖެއެވެ.

ފ. އަތޮޅަށް ވާން އުޅޭ ގޮތެއް ނޭގިގެން ފ.އަތޮޅުގެ ރައްޔިތުންނާއި އަދި ރާއްޖޭގެ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައި ލީކުވެފައިވާ މި އޯޑިއޯގައި، ނިހާނު ބަޔަކަށް ކިޔައިދެއްވަމުން ގެންދެވީ، ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތައް ގާނޫނު އަސާސީއަށް ގެނައި އިސްލާހާ ބެހޭ ގޮތުންނާއި، ފ. އަތޮޅުގެ މަޝްރޫއާ ބެހޭ ގޮތުންނެވެ.

Advertisement - newsAdvertisement

ނިހާނުގެ ވާހަކައިން ދޭހަވާ ގޮތުގައި ފ. އަތޮޅުގެ ވާހަކަތައް ސައުދީ ޝާހީ އާއިލާއާ ދެކެވިފައިވަނީ ވަރަށް ސިއްރިއްޔާތުގައެވެ. ނިހާނު ވިދާޅުވަނީ ޝާހީ އާއިލާއިން އެމީހުން މިކަމުގައި ޝާމިލުވާކަން އެނގެން ބޭނުން ނުވާ ކަމަށެވެ. އޭގެ އިތުރުން ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ސީދާ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ބިން މިލްކު ކުރެވޭ ގޮތް ހެދުމަށް ފާސްކުރި އިސްލާހެއް ކަމަށް ނިހާނުގެ ވާހަކަ ތަކުން ދޭހަވެއެވެ.

މިގޮތުން ނިހާނު ފާހަގަ ކުރައްވާފައިވަނީ، އެހެން މީހުންވެސް ބިން ގަންނަން ތިބި ކަމަށެވެ. ސީދާ ޝާހީ އާއިލާއަށް ފ.އަތޮޅު ނުވަތަ އަތޮޅުން ބައެއް ވިއްކުމަށް އަމާޒުކޮށްފައިވާކަން ދޭހަ ކޮށްދިނުމުގެ ގޮތުން ނިހާނު މިސާލު ޖައްސަވަމުން ވިދާޅުވީ، ކިތަންމެ ބަޔަކުވެސް ގަންނަން އެބަތިބި ކަމަށާއި އެހެން ނަމަވެސް އެމީހުންނަށް ވިއްކެން ނެތް ކަމަށެވެ.

ބަޔަކު އެބަތިއްބޭ ކިތަންމެ ބަޔަކުވެސް އެބަތިއްބޭ...އެކަމަކު އަހަރެމެންނަކަށް ނެތޭ އެމީސްމީހުންނަށް ދެވޭކަށް --- ރަޝިޔަން ބިލިއަނަރ މައިޓް ވޯންޓް އިޓް ހަމަ އިމީޑިއަޓްލީ– ނިހާނު ފާހަގަ ކުރެއްވިއެވެ.

ނިހާނުގެ ވާހަކައިން ފ،އަތޮޅުގައި އިންވެސްޓް ކުރަނީ ރަނގަޅު ގޮތުގައި ހޯދާފައިވާ ފައިސާތޯ ނުވަތަ ނޫންތޯވެސް ސުވާލު އުފެދެއެވެ.

ނިހާނު ފާހަގަ ކޮށްފައިވަނީ ރަޝިއާ މީހުންގެ އަތުގައި މިއަށްވުރެ މާ ނުބައި ޑާޓީ ފައިސާ ހުންނާނެ ކަމަށެވެ.

މިއަށްވުރެ މާނުބައި ހަޑި ޑާޓީ ފައިސާ ހުންނާނެ އެމީހުންގެ އަތުގަ...އެކަމަކު އަހަރެމެންނެއް ނުދޭނެއްނޫންހޭ އެމީހުންނަކަށް

ނިހާނު ކިޔައިދެއްވި ގޮތުގައި ޝާހީ އައިލާއިން އެއްގޮތަކަށްވެސް އެމީހުން މިކަމުގައި ޝާމިލުވާކަށް އަދި އެނގޭކަށް ބޭނުމެއް ނުވެއެވެ.

މިމީހުން ބޭނުމެއް ނުވޭ...މި ވާހަކަ ދައްކަމުންދާ ފެމިލީ މީހުން ބޭނުމެއް ނުވޭ ކުއްލި ގޮތަކަށް އެމީހުންގެ ނަން މި ގޮތައް އަންނާކަށް.. އެހެން ނަމަ އަހަރެމެން ޖަހާނީ މީ މިވެނި މީހަކަށޭ.

އޯޑިއޯގައި ނިހާނު މިވާހަކަތައް ކިޔައިދެއްވަނުން ގެންދެވީ ކޮން ބަޔަކަށްކަން ސާފުނުވި ނަމަވެސް، ސައުދީ ޝާހީ އާއިލާއިން މިކަމުގައި ބައިވެރިވާކަން ހާމަ ނުކުރުމަށް އެދިވަޑައިގަނެފައިވެއެވެ.

އެކަމަކު އެހެން ޖެހޭކަށް ނޯންނާނެތާ...އޭނަވެސް ބޭނުމެއް ނުވާނެތާ މިވަރުގެ ހެއްވާ ކަމެއް ކުރާކަށް ... މީ ގައުމެއްގެ ގާނޫނު އަސާސީ ސައުދީ ރޯޔަލް ފެމިލީތޯ ނުވަތަ ނޫންތޯ އަދި ތިމީހުން ހާމަކޮށް ނުދެއްޗޭ. ނިހާން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ

ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު

ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު

20 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި

ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު