Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮޑުންގެ ޝަރީއަތް

ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަދި އަލީ ހަމީދުގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު

12 ޖޫން 2018 | އަންގާރަ 03:41

މިއަދުގެ އަޑުއެހުން އޮތީ 11:00 ގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ޖޫން 2018 | އަންގާރަ 03:41
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލްކޮށްފި އެވެ.

މި އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ އަންގާރަ ދުވަހުގެ 11:00 އަށެވެ.

Advertisement - newsAdvertisement

އެންމެފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މިދިއަ އާދިއްތަ ދުވަހުގެ ރެ އެވެ.

އެ ތިން ބޭފުޅުންގެ މައްޗަށް ކުރާ އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާއިން ދިފާއުވުމަށް ހުށަހެޅި ހެކީންގެ ހެކިބަސް ނުނެގުމަށް ގާޒީ ވަނީ އެންމެފަހުން ބޭއްވި އަޑުއެހުމުގައި ނިންމާފަ އެވެ.

ރައީސް މައުމޫނާއި އަބްދުﷲ ސައީދާއި އަލީ ހަމީދާ ދެކޮޅަށް ކުރާ މި ދައުވާ ސާބިތު ކުރުމަށް ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގާ ނިމުނީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި އަޑުއެހުމުގަ އެވެ. ދައުލަތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގާ ނިމުމުން މި މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބު ވިދާޅުވީ މި މައްސަލައިގައި ދައުވާ ލިބޭ އަބްދުﷲ ސައީދާއި އަލީ ހަމީދު ހުށަހެޅުއްވި ހެކިންގެ ހެކިބަސް ނުނެގުމަށް ނިންމަވާ ކަމަށެވެ. އެގޮތައް ނިންމެވީ ދައުލަތުން ހުށަހެޅި ކަންކަމަށް ބެލުމަށްފަހު ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

މި މައްސަލައިގައި މައުމޫނުގެ ފަރާތުން ދިފާއީ އެއްވެސް ހެއްކެތް ހުށައަޅުއްވާފައި ނުވެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި އަޑުއެހުމުގައި އަބްދުﷲ ސައީދާއި ދެކޮޅަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅުއްވި ދެ ފުލުހުންނާއި މައުމޫނާ ދެކޮޅަށް ހެކީގެ ގޮތުގައި ހުށަހެޅި ދެ ފުލުހުންގެ އިތުރުން އަލީ ހަމީދާ ދެކޮޅަށް ސިއްރުން ހެކިބަސް ދިން މީހެއްގެ ހެކިބަސް ނަގާފަވެ އެވެ.

މި އަޑުއެހުން ކުރިއަށްދިޔަ އިރު ހެކިންނާ ސުވާލު ކުރަން ބޭނުންފުޅުވާނަމަ ސުވާލުކުރުމަށް އެންގެވުމުން ރައީސް މައުމޫނާއި އަބްދުﷲ ސައީދާއި އަލީ ހަމީދު ކޮންމެ ފަހަރަކު ވިދާޅުވީ ބޭނުންފުޅުވަނީ ދިފާއީ ވަކީލުންނާއެކު ހެކިންނާ ސުވާލު ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ގާޒީ ވިދާޅުވީ ވަކީލުންގެ ހައްގު ހަނި ނުކުރާ ކަމަށާއި ވަކީލުން ހަމަ ޖައްސެވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ޝަރީއަތް އޮންނާނެ ކަން އަންގާތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޝަރީއަތް ފެށުމުން ތައްޔާރު ނުވުމަކީ އޭގެ ޒިންމާ ޝަރީއަތުން ނަގަން ޖެހޭނެ ކަމެއް ނޫން ކަމަށް މީގެ ކުރިން މަތީ ކޯޓުން ނިންމާފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މި މައްސަލަގައި ސިއްރުން ހެކިބަސް ނަގާތީ ރައީސް މައުމޫނު ވަނީ މިއަޑުއެހުމުގައި ވެސް އެކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން އިސްލާމް ދީނުގައި ސިއްރުން ހެކިބަސް ނެގުން ހުއްދަ ނުކުރާ ކަމަށް ވިދާޅުވެ ސިއްރު ހެކިބަސް ނެގިދާނެ ކަމުގެ ދަލީލެއް ދައްކަދޭން ޕްރޮސެކިއުޓާ ޖެނަރަލްގެ ވަކީލުން ކިބައިން ރައީސް މައުމޫނު އެދިވަޑައިގެންނެވި އެވެ.

ކީރިތި ގުރުއާނުން ނުވަތަ ރަސޫލާގެ ހަދީސަކުން ނުވަތަ އަދި އިލްމްވެރިއެއްގެ ބަހަކުވެސް ސިއްރު ހެކިބަސް ނެގުން ހުއްދަ ކުރޭތޯ ސުވާލު ކުރުމުން ޕީޖީ އޮފީހުގެ ވަކީލާ ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާ ހިލާފަށް އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު ޖިނާޢީ އިޖްރާއަތުގެ ގާނޫނުގައި ސިއްރުން ހެކިބަސް ނެގޭނެ ވާހަކަ އޮންނަ ކަމަށެވެ. އެހެން ކަމުން ސިއްރު ހެކިބަސް ނެގުން ހުއްދަ ނުވާނަމަ ގާނޫނުގައި އެހެން ނޯންނާނެ ކަމަށް ވަކީލާ ވިދާޅުވި އެވެ. އެއަށްފަހު ރައީސް މައުމޫނަށް އިތުރު ވާހަކައެއް ދެއްކުމަށް ޝަރީއަތުން ފުރުސަތެއް ދީފައެއްނުވެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި އަޑުއެހުން ނިންމާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނާނީ މި މައްސަލައިގައި ހުލާސާ ބަޔާން ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް