Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އުތުރު ކޮރެއާ - އެމެރިކާ

ޓްރަމްޕް އާއި ކިމްގެ ބައްދަލުވުމުގެ ކުރިން އެނގުން މުހިންމު ނުކުތާ ތަކެއް

ދެ ގައުމަކީ ސިޔާސީ ގުޅުން އޮތް ދެ ގައުމެއް ނޫން

ރާއްޖެ އެމްވީ | 10 ޖޫން 2018 | އާދީއްތަ 21:29
އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮން އުން ސަމިޓަށް ސިންގަޕޫރަށް ވަޑައިގަތީ އާދިއްތަ ދުވަހު

އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮން އުން ސަމިޓަށް ސިންގަޕޫރަށް ވަޑައިގަތީ އާދިއްތަ ދުވަހު

މުޅި ދުނިޔެ އިންތިޒާރު ކުރަމުންދާ އެމެރިކާގެ ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާ ލީޑަރު ކިމް ޖޮން އުން ގެ ތާރީޚީ ސަމިޓް ޖޫން 12 ވާ ހޯމަ ދުވަހު ސިންގަޕޫރުގައި އޮންނާނެއެވެ. ބައްދަލުވުމަށް ދެ ގައުމުގެ ވެރިން މިހާރު ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ.

ދެ ގައުމުގެ ވެރިން ބައްދަލު ކުރައްވާ އިރު އެމެރިކާ އާއި އުތުރު ކޮރެއާ އަކީ ސިޔާސީ ގުޅުން ގާއިމް ކޮށްފައިވާ ދެ ގައުމެއް ނޫނެވެ. އެމެރިކާއިން ދެކެނީ އުތުރު ކޮރެއާ އާ އެމެރިކާ އަކީ ހަނގުރާމައިގެ ތެރޭގައި ތިބި ދެ ގައުމު ކަމަށެވެ. ދާދި މިދާކަށް ދުވަހާ ޖެހެން ދެންވެސް އެންމެ މަތީ ފެންވަރުގައިވެސް ފެންނަމުން ދިޔައީ އެއް ގައުމުން އަނެއް ގައުމަށް އެއްޗެހި ގޮވަމުން ދިޔަތަނެވެ. ބަހުގެ ހޫނު ހަމަލާތައް ފޮނުވަމުން ދިޔަ މަންޒަރެވެ.

މިއީ މަގާމުގައި ހުންނެވި އެމެރިކާގެ ރައީސަކު އުތުރު ކޮރެއާގެ އެންމެ މަތީ ވެރިޔާ އާއެކު ބާއްވަވާ ފުރަތަމަ ބައްދަލުވުމެވެ.

ސަމިޓް އޮންނަނީ ކޮންތާކު؟

މި ތާރީޚީ ބައްދަލުވުން އޮންނާނީ ސިންގަޕޫރުގެ ސެންތޯސާ އައިލެންޑްގެ މަތީފެންވަރުގެ ހޮޓަލެއް ކަމަށްވާ ކަޕެއްލާ ހޮޓަލުގައެވެ. ފުރަތަމަ ބައްދަލުވުން އެޖެންޑާ ކުރެވިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި ފަށާ ގޮތަށެވެ.

2011 ވަނަ އަހަރު އުތުރު ކޮރެއާގެ ޒައާމަތާ ހަވާލުވެ ވަޑައިގެންނެވި ކިމް ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅަކީ ގައުމުން ބޭރަށް އެމަނިކުފާނު ކުރެއްވި އެންމެ ދިގު ދަތުރުފުޅެވެ.

ކިމް އާއި ޓްރަމްޕްގެ ބައްދަލުވުން ބާއްވާ ކަޕެއްލާ ހޮޓާ

ސަމިޓްގައި ބައިވެރިވާނީ ކޮން ބައެއް؟

ދެ ގައުމުގެ އެންމެ މަތީ ވެރިންގެ އިތުރުން ވެރިންގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް މި ބައްދަލުވުމަށް ސިންގަޕޫރަށް ވަނީ ވަޑައިގެންފައެވެ. ޓްރަމްޕްގެ އަރިހުގައި، މިއަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އުތުރު ކޮރެއާ އަށް ވަޑަޢިގެންނެވި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ އާއި، ޗީފް އޮފް ސްޓާފް ޖޯން ކެލީ އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޯން ބޯލްޓަންގެ އިތުރުން ވައިޓް ހައުސްގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ސަމިޓަށް ފަސްޓްލޭޑީ މެލީނިއާ ޓްރަމްޕް، ރައީސް ޓްރަމްޕްގެ އަރިހުގައި ވަޑައިގެންފައެއް ނުވެއެވެ. އެކަމަނާ ދާދި ފަހުން ކުރެއްވި ކިޑްނީގެ އޮފަރޭޝަނެއްގެ ސަބަބުން ދަތުރު ކުރައްވަން ޑޮކްޓަރުންގެ ރުހުން ލިބިވަޑައި ނުގެންނެވީ ކަމަށްވެއެވެ. އަނެއް ކޮޅުން ނައިބް ރައީސް މައިކް ޕެންސް އަދި ދިފާއީ ވަޒީރު ޖޭމްސް މެޓިސް ވެސް ޑެލިގޭޝަންގައި ހިމަނުއްވާފައެއް ނުވެއެވެ. ޖޭމްސް މެޓިސް ވަނީ ބައްދަލުވުން އިންތިޒާމް ކުރެވެމުން ދަނިކޮށް ސިންގަޕޫރަށް ދަތުރުފުޅެއް ކުރައްވާފައިކަން ފާހަގަ ކުރެވެއެވެ.

ކިމްގެ އަރިހުގައި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަކީ ކޮބައިކަން އަދި މުޅިން ހާމަވެފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި ކިމްގެ ޚާރިޖީ ވަޒީރު ރީ ޔޮންގ ހޯ ވަފުދުގައި ހިމެނިވަޑައިގަންނަވާނެއެވެ. އޭގެ އިތުރުން ކިމްގެ އަރިސް ބައެއް ބޭފުޅުން ބައްދަލުވުމުގައި ބައިވެރި ކުރައްވާނެ ކަމަށް ބެލެވެއެވެ.

ބައްދަލުވުމުގެ އިންތިޒާމްތައް ދިޔައީ އޮމާންކޮށްތަ؟

ތާރީޚީ މި ސަމިޓުގެ އިންތިޒާމްތައް ދިޔައީ މާ އޮމާންކޮށް ނޫން ކަމަށް އެމެރިކާގެ ބައެއް އިސް އޮފިޝަލުން ދެކެވަޑައިގަންނަވައެވެ. އެމެރިކާގެ ދިފާއީ ވަޒީރު ވިދާޅުވީ އިންތިޒާމްތައް ދިޔައީ އަޑިގަނޑުތަކާއި އުސްގަނޑުތަކުގެ ތެރެއިންނެވެ.

އުތުރު ކޮރެއާގެ ރައީސް އާ އެކު ބައްދަލު ކުރައްވާނެ ކަން ރައީސް ޓްރަމްޕް ފުރަތަމަ ފަހަރަށް އިއުލާން ކުރެއްވީ ވަރަށް ކުއްލި ގޮތަކަށް ޓްވިޓަރ މެދުވެރިކުރައްވައެވެ. މެއި މަހުގެ 10 ވަނަ ދުވަހު ޓްރަމްޕްގެ ޓްވީޓްގައި ވިދާޅުވީ ބައްދަލުވުން ޖޫން 12 ގައި އޮންނާނެ ކަމަށެވެ. އޭގެ 2 ހަފްތާ ފަހުން މުޅިން މަންޒަރު ބަދަލުވެ، ސަމިޓް ކެންސަލް ވިކަން ޓްރަމްޕް އިއުލާން ކުރެއްވިއެވެ. ބައްދަލުވުން ކެންސަލް ކުރެއްވި ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ކިމް އަށް މެއި 24 ގައި ސިޓީފުޅެއް ފޮނުއްވާފައެވެ.

ިމްގެ އަރިސް ބޭފުޅެއް ކަމަށްވާ ކިމް ޔޮންގ ޗޮލް އެމެރިކާ އަށް ދަތުރުފުޅެއް ކުރައްވާ ކިމްގެ ޚާއްސަ ސިޓީފުޅެއް ރައީސް ޓްރަމްޕަށް އެރުއްވި

ކެންސަލްވި ކަމަށް އިއުލާން ކުރެވިގެން ދިޔަތާ ހަފްތާއެއްހާ ދުވަސް ފަހުން ސަމިޓް އޮތީ މަގައް އެޅިފައި ކަމަށް ވިދާޅުވެ އަނެއްކާ ވެސް ޓްރަމްޕް އިއުލާން ކުރެއްވިއެވެ. އެއާއެކު ކިމްގެ އަރިސް ބޭފުޅެއް ކަމަށްވާ ކިމް ޔޮންގ ޗޮލް އެމެރިކާ އަށް ދަތުރުފުޅެއް ކުރައްވާ ކިމްގެ ޚާއްސަ ސިޓީފުޅެއް ރައީސް ޓްރަމްޕަށް އެރުއްވިއެވެ.

ދެ ބޭފުޅުން މަޝްވަރާ ކުރައްވާނީ ކޮންކަމަކަށް؟

މި ސަމިޓްގެ އެޖެންޑާއެއްވެސް އަދި ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަ ޖެހިފައިވާ ރޮނގުތަކެއްވެސް ރަސްމީ ސިފައެއްގައި އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ހަތުރުވެރި ދެ ގައުމުގެ ގޮތުގައި އޮތް ދެ ގައުމަށް އެމެރިކާ އާއި އުތުރު ކޮރެއާ ވުމާއެކު، މި ބައްދަލުވަމަކީ ޓްރަމްޕް އާއި ކިމް އެއްބޭފުޅަކު އަނެއް ބޭފުޅަކާ ސީދާސީދާ ބައްދަލު ކޮށްލައްވާ ތައާރުފްވެ ވަޑައިގަތުމާއެކު ރަހްމަތްތެރިކަން ބަދަހި ކޮށްލައްވާ ބައްދަލު ވުމަކަށް ވުމީވެސް އެކަށީގެންވާ ކަމެކެވެ. ބައްދަލުވުން ފެށޭ އިރުވެސް އެމެރިކާ އަކީ އުތުރު ކޮރެއާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމެކެވެ. ހަމަ އެއާއެކު އދ. އިން އުތުރު ކޮރެއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައްވެސް އޮތީ ހަމަ އެގޮތުގައެވެ.

ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި ފުރަތަމަ ބައްދަލުވުމުން މާ ބޮޑު ނަތީޖާއެއް ނުކުމެދާނެ ކަމަށް ބެލުމީ ބުއްދިވެރި ކަމެއް ނޫނެވެ. އުފެދިފައިވާ މައިގަނޑު މައްސަލައަކީ އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރުގެ މައްސަލައެވެ. އެމެރިކާ އިން ބޭނުންވަނީ އުތުރު ކޮރެއާ އަށް ލިބިފައިވާ ނިއުކްލިއަރ ހުރިހާ ގާބިލް ކަމެއް ވަގުތުން މުޅިން ނައްތާލުމަށެވެ. ތަޖްރިބާކާރުންގެ ނަޒަރުގައި އުތުރު ކޮރެއާއިން އަދި އެހާ ފަސޭހައިން އެކަމަށް އެއްބަހެއް ނުވާނެއެވެ. އެކަމަކު އުތުރު ކޮރެއާގެ މަގްސަދު ރަނގަޅު ކަމުގެ ސިގްނަލްތައް މިހާރުވެސް ވަނީ ލިބިފައެވެ. ސިންގަޕޫރު ސަމިޓް ކާމިޔާބު ކަމަށް ޓްރަމްޕަށް ފެނިވަޑައިގެންފި ނަމަ އިތުރ މަޝްވަރާ ތަކަށް ވައިޓް ހައުސް އަށް ވަޑައިގަތުމަށް ކިމް އަށް ދައުވަތު ދެއްވާނެ ކަމަށް ބެލެވެއެވެ.

އެމެރިކާ އިން ކުރިން ބުނެފައިވަނީ އުތުރު ކޮރެއާގެ ނިއުކްލިއަރ ގާބިލްކަން މުޅިން ފުހެލުމުން ނޫނީ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައެއް ނުލެވޭނެއެވެ. އަދި އެ ގާބިލްކަން ނައްތާލަން ޖެހޭނީ އަލުން އަނބުރާ އިއާދަވެސް ނުކުރެވޭ މިންވަރަށް ކަމަށް ވެސް އެމެރިކާ އިން ބުނެފައިވެއެވެ.

އުތުރު ކޮރެއާ އިން ބޮޑަށް ބޭނުންވަނީ ހުރިހާ ނިއުކްލިއަރ ބާރެއް އެއްފަހަރާ ދޫކޮށްލުމުގެ ބަދަލުގައި ހަރުފަތްތަކަކުން ގޮސް އެކަން ފުރިހަމަ ކުރުމަށެވެ.

އިތުބާރުގެ މައްސަލަ ކޮންމެވެސް ވަރަކަށް އޮތް ނަމަވެސް، ސަމިޓްގެ ކުރިން އުތުރު ކޮރެއާގެ ލީޑަރުގެ ބައެއް އަމަލުފުޅުތަކުން އެމަނިކުފާނު ސުލްޙައަށް ބޭނުންފުޅުވާ ކަން ފާހަގަވެގެން ދިޔަކަން ތަޖުރިބާކާރުން ފާހަގަ ކުރެއެވެ. އަދި ބައްދަލުވުމަކީ ރަނގަޅު ފެށުމެއް ކަމަށް ބަލާ، ރަނގަޅު ޑީލެއް ހެދުމުގެ ބޭނުން އުތުރު ކޮރެއާ އަށް އޮތްކަން ވެސް ފާހަގަ ކުރެވެއެވެ. އެތައް އަހަރެއްގެ އެކަރިކުރުމާއި، ދަތި ކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން ހީނަރުވެފައިވާ އެ ގައުމުގެ އިގްތިސާދާއި އާއްމުވެފައިވާ ފަގީރުކަން ބަދަލު ކޮށް ހަމަ މަގަށް އެޅުވުމަށް ކިމް އަށް މިއީ ލިބިވަޑައިގަންނަވާ ރަނގަޅު ފުރުސަތެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

ކޮންމެ އަކަސް ސަމިޓްގެ ނިމިގެންދަނީ ކިހިނަކުންތޯ ބެލުމުގެ ޝައުގުގައި މުޅި ދުނިޔޭގެ ނަޒަރު އޮތީ ސިންގަޕޫރާ ދިމާލަށް އަމާޒު ހިފާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު