Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮޑުންގެ ޝަރީއަތް

ރައީސް މައުމޫނާ ދެ ފަނޑިޔާރުނަށް ކުރާ ދައުވާ: ދިފާއީ އެއްވެސް ހެއްކެތް ބަލައި ނުގަނެ، މައްސަލަ ނިމުމަކާ ހަމައަށް

10 ޖޫން 2018 | އާދީއްތަ 20:15

އަބްދުﷲ ސައީދާއި އަލީ ހަމީދު ދިފާއީ ހެކިން ހުށައެޅުއްވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 10 ޖޫން 2018 | އާދީއްތަ 20:15
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ދައުވާއިން ދިފާއުވުމަށް ހުށަހެޅި އެއްވެސް މީހެއްގެ ހެއްކެތްގެ ހެކިބަސް ނުނެގުމަށް ގާޒީ ނިންމައިފި އެވެ.

ރައީސް މައުމޫނާއި އަބްދުﷲ ސައީދާއި އަލީ ހަމީދާ ދެކޮޅަށް ކުރާ މި ދައުވާ ސާބިތު ކުރުމަށް ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގާ ނިމުނީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި އަޑުއެހުމުގަ އެވެ. ދައުލަތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގާ ނިމުމުން މި މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބު ވިދާޅުވީ މި މައްސަލައިގައި ދައުވާ ލިބޭ އަބްދުﷲ ސައީދާއި އަލީ ހަމީދު ހުށަހެޅުއްވި ހެކިންގެ ހެކިބަސް ނުނެގުމަށް ނިންމަވާ ކަމަށެވެ. އެގޮތައް ނިންމެވީ ދައުލަތުން ހުށަހެޅި ކަންކަމަށް ބެލުމަށްފަހު ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި މައުމޫނުގެ ފަރާތުން ދިފާއީ އެއްވެސް ހެއްކެތް ހުށައަޅުއްވާފައި ނުވެ އެވެ. މި މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ހެކީގެ ގޮތުގައި ހުށަހެޅުވީ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި ކުރިން ހުންނެވި ހަސަން ސައީދު ހެސެއިނާއި، ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިޕާޓްމަންޓްގެ އެންމެ އިސް މުވައްޒަފަކަށް ހުންނެވި އާތިކާ އިބްރާހިމެވެ. އަދި އަލީ ހަމީދުގެ ދިފާއުގައި ހުށަހެޅުއްވީ އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ އާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި ކުރިން ހުންނެވި ހަސަން ސައީދު ހެސެއިން ގެ އިތުރުން ހަޝްމާ ހަސަން ކިޔާ މީހެކެވެ. ނަމަވެސް އަލީ ހަމީދު ވަނީ އެމަނިކުފާނުގެ އަނބިކަނބަލުންގެ ނަން އަނބުރާ ފަހުން ގެންދަވާފަ އެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި އަޑުއެހުމުގައި އަބްދުﷲ ސައީދާއި ދެކޮޅަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅުއްވި ދެ ފުލުހުންނާއި މައުމޫނާ ދެކޮޅަށް ހެކީގެ ގޮތުގައި ހުށަހެޅި ދެ ފުލުހުންގެ އިތުރުން އަލީ ހަމީދާ ދެކޮޅަށް ސިއްރުން ހެކިބަސް ދިން މީހެއްގެ ހެކިބަސް ނަގާފަވެ އެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރު ކުރުމުގައި އުޅުނު ފުލުހުންގެ ތެރޭގައި ހިމެނޭ އިސްމާއިލް ވިލްދާނާއި މުހައްމަދު ސާމިހާއި ހެކިބަސް ދެމުން ބުނީ އަބްދުﷲ ސައީދާއި އަލީ ހަމީދު ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރީ ސުޕްރީމް ކޯޓުގެ ދެ ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގެ ތެރޭގައި ތިއްބަވަނިކޮށް ކަމަށެވެ. އަދި އެ ދެ ބޭފުޅުންގެ މައްޗަށް ކުރެވުނު ތުހްމަތުތަކާ ގުޅިގެން ފޯނު ދޭން އެދުމުން ފޯނު ނުދެއްވި ކަމަށާއި ސުޕްރީމް ކޯޓުގެ ހުރިހާ ތަނެއް ހޯދައި ބަލާ ފާސްކޮށްގެން ވެސް ފޯނު ނުފެނުން ކަމަށް އެ ދެ ފުލުހުން ބުންޏެވެ. ހައްޔަރު ކުރުމުގެ ކުރިން ކުރެވުނު ތުހްމަތުތައް އަންގާފައިވާނެ ކަމަށާއި އަދި ފޯނު ދޭން އެދުމުން ފޯނު ނެތް ކަމަށް އެ ބޭފުޅުން ވެސް އެ ވަގުތު ވިދާޅުވި ކަމަށް ދެ މީހުން ވެސް ބުންޏެވެ.

ރައީސް މައުމޫނު ހައްޔަރުކުރަން އެންދެރިމާގެއަށް ދިޔަ ފުލުންގެ ތެރޭގައި ހިމެނޭ މުހައްމަދު ލަތީފް ހެކިބަސް ދެމުން ބުނީ މައުމޫނުގެ މައްޗަށް ކުރެވުނު ތުހްމަތުތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ފޯނު ދޭން އެދުމުން ފޯނު އަތުގައި ނެތް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ގާތު ފޯނު އޮތް ތޯ ޗެކް ކޮށްލަން އެދުނު ކަމަށެވެ. އެހެން ނަމަވެސް ދުންޔާ ވެސް އަދި ރައީސް މައުމޫނުގެ އަނބިކަނބަލުން ވެސް ރައީސް މައުމޫނުގެ ފޯނު ނެތް ކަމަށް ވެސް ވިދާޅުވި ކަމަށް ހެކިބަސް ދިން އެމީހާ ބުންޏެވެ.

ދެން ހެކިބަސްދިން ފުލުހެއް ކަމަށްވާ ހުސެއިން އަޒްމީލް ވެސް ބުނީ މައުމޫނުގެ މައްޗަށް ކުރެވުނު ތުހްމަތުތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ފޯނު ދޭން އެދުމުން ފޯނު އަތުގައި ނެތް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ދަރިކަނބަލަކާއި އެމަނިކުފާނުގެ އަނބިކަނބަލުން ގާތު ފޯނު އޮތް ތޯ ޗެކްކޮށްލަން އެދުނު ކަމަށެވެ. އެހެން ނަމަވެސް އެމަނިކިފާނުގެ ދަރިކަނބަލުންވެސް އަދި ރައީސް މައުމޫނުގެ އަނބިކަނބަލުން ވެސް ރައީސް މައުމޫނުގެ ފޯނު ނެތް ކަމަށް ވެސް ވިދާޅުވި ކަމަށް ހެކިބަސް ދިން އެމީހާ ބުންޏެވެ. ދެ މީހުންވެސް ބުނީ އެންދެރިމާގޭގައި މައުމޫނާ ގުޅުންހުރި ހުރިހާ ތަނެއް ބަލާ ފާސްކުރި ކަމަށާއި އެހެން ނަމަވެސް ފޯނު ނުފެނުން ކަމަށެވެ.

މި އަޑުއެހުމުގައި ސިއްރުން ހެކިބަސް ދިން މީހާ ބުނީ އަލީ ހަމީދާ ވަރަށް ގިނަ ފަހަރު ފޯނުންނާއި އަދި ބައްދަލުވެ ވާހަކަ ދެކެވިފައި އެބަ ހުރި ކަމަށާއި އެހެން ނަމަވެސް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ ގުޅުންހުރި އެއްވެސް އެއްޗެއް އޭނާއާ ހަވާލު ނުކުރާ ކަމަށެވެ. ނަމަވެސް އޭނާއާ އަލީ ހަމީދު ހަވާލުކުރި އެއްޗަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހެކިވެރިޔާ ބުނީ އޭގެ ޖަވާބުދީފި ނަމަ އޭނާއަކީ ކާކުކަން އެނގޭނެ ކަމަށެވެ. އެހެން ކަމުން މި މައްސަލައިގައި އޭނާ ދީފައިވާ ބަޔާނަކީ ރަނގަޅު ބަޔާނެއް ތޯ ސާފު ކުރުމަށްފަހު އިތުރު ސުވާލެއް ނުކުރެ އެވެ.

މި އަޑުއެހުން ކުރިއަށްދިޔަ އިރު ހެކިންނާ ސުވާލު ކުރަން ބޭނުންފުޅުވާނަމަ ސުވާލުކުރުމަށް އެންގެވުމުން ރައީސް މައުމޫނާއި އަބްދުﷲ ސައީދާއި އަލީ ހަމީދު ކޮންމެ ފަހަރަކު ވިދާޅުވީ ބޭނުންފުޅުވަނީ ދިފާއީ ވަކީލުންނާއެކު ހެކިންނާ ސުވާލު ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ގާޒީ ވިދާޅުވީ ވަކީލުންގެ ހައްގު ހަނި ނުކުރާ ކަމަށާއި ވަކީލުން ހަމަ ޖައްސެވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ޝަރީއަތް އޮންނާނެ ކަން އަންގާތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޝަރީއަތް ފެށުމުން ތައްޔާރު ނުވުމަކީ އޭގެ ޒިންމާ ޝަރީއަތުން ނަގަން ޖެހޭނެ ކަމެއް ނޫން ކަމަށް މީގެ ކުރިން މަތީ ކޯޓުން ނިންމާފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މި މައްސަލަގައި ސިއްރުން ހެކިބަސް ނަގާތީ ރައީސް މައުމޫނު ވަނީ މިއަޑުއެހުމުގައި ވެސް އެކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން އިސްލާމް ދީނުގައި ސިއްރުން ހެކިބަސް ނެގުން ހުއްދަ ނުކުރާ ކަމަށް ވިދާޅުވެ ސިއްރު ހެކިބަސް ނެގިދާނެ ކަމުގެ ދަލީލެއް ދައްކަދޭން ޕްރޮސެކިއުޓާ ޖެނަރަލްގެ ވަކީލުން ކިބައިން ރައީސް މައުމޫނު އެދިވަޑައިގެންނެވި އެވެ.

ކީރިތި ގުރުއާނުން ނުވަތަ ރަސޫލާގެ ހަދީސަކުން ނުވަތަ އަދި އިލްމްވެރިއެއްގެ ބަހަކުވެސް ސިއްރު ހެކިބަސް ނެގުން ހުއްދަ ކުރޭތޯ ސުވާލު ކުރުމުން ޕީޖީ އޮފީހުގެ ވަކީލާ ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާ ހިލާފަށް އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު ޖިނާޢީ އިޖްރާއަތުގެ ގާނޫނުގައި ސިއްރުން ހެކިބަސް ނެގޭނެ ވާހަކަ އޮންނަ ކަމަށެވެ. އެހެން ކަމުން ސިއްރު ހެކިބަސް ނެގުން ހުއްދަ ނުވާނަމަ ގާނޫނުގައި އެހެން ނޯންނާނެ ކަމަށް ވަކީލާ ވިދާޅުވި އެވެ. އެއަށްފަހު ރައީސް މައުމޫނަށް އިތުރު ވާހަކައެއް ދެއްކުމަށް ޝަރީއަތުން ފުރުސަތެއް ދީފައެއްނުވެ އެވެ.

ގާޒީ ވިދާޅުވި ދެން އޮންނާނީ މި މައްސަލައިގައި ހުލާސާ ބަޔާން ކަމަށެވެ. ހުކުމުގެ ކުރިން ބާއްވާ މި އަޑުއެހުން އޮންނާނީ އަންނަ އަންގާރާ ދުވަހުގެ 11.00 ގައި ކަމަށް ވެސް ގާޒީ އިއުލާން ކުރެއްވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް