Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ އަރަބިއާ

އީރާނާ ގުޅުން އޮތް ކަމަށް ބުނެ ސައުދީގައި ހަތަރު މީހަކު މަރަން ޙުކުމްކޮށްފި

ހަތަރު މީހުން ތަމްރީނުކުރީ އީރާނުގައި ކަމަށް ތުޙުމަތުކުރޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 8 ޖޫން 2018 | ހުކުރު 09:32
ސައުދީ އަރަބިއާގެ ކްރިމިނަލް ކޯޓު ކޮމްޕްލެކްސް

ސައުދީ އަރަބިއާގެ ކްރިމިނަލް ކޯޓު ކޮމްޕްލެކްސް

ސައުދީ އަރަބީއާގެ އެންމެ ބޮޑު ހަތުރު ކަމަށްވާ އީރާނާ ގުޅުން އޮންނަ ކަމަށް ބުނެ، ސައުދީގެ ހަތަރު މީހަކު މެރުމަށް ސައުދީގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

ސައުދީ ސަރުކާރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހު މި ހަތަރު މީހުންގެ މައްޗަށް މަރުގެ ޙުކުމް ކޮށްފައި ވަނީ ސައުދީގައި ޓެރަރިސްޓް 'ސްލީޕަރ ސެލް' އެއް ޤާއިމުކޮށް، ސައުދީގެ އިސް ބައެއް ފަރާތްތަކަށް ހަމާލާދީ އެމީހުން މެރުމަށް މި ހަތަރު މީހުން ރާވަމުންދާ ކަމަށް ކޯޓަށް ސާބިތުވުމުންނެވެ.

ސައުދީ އަރަބިއާ އިން ތުހުމަތުކޮށްފައިވާ ގޮތުގައި މި ހަތަރު މީހުން ތަމްރީނުކޮށްފައި ވަނީ އީރާނުގެ އަސްކަރީ ކޭމްޕެއްގައި، އެ ޤައުމުގެ ރިވޮލޫޝަނަރީ ގާޑުގެ ސިފައިންނެވެ. މި މީހުން އީރާނަށް ދަތުރުކޮށްފައި ވަނީ ފަތުރުވެރިންގެ ގޮތުގައި، ޓްރެވަލް އޭޖެންޓެއް މެދުވެރިކޮށް ކަމަށް ވެސް ސައުދީން ވަނީ ތުހުމަތުކޮށްފައެވެ.

ސައުދީ އަރަބިއާއަކީ އެކި ކުށްތަކާ ގުޅިގެން އެންމެ ގިނައިން މަރުގެ ޙުކުމް ތަންފީޒުކުރާ އެއް ޤައުމެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ޤައުމުގައި 600 އަށްވުރެ ގިނަ މީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކޮށްފައި ވެއެވެ.

އީރާނާ ގުޅުން އޮތް ކަމަށް ސައުދީން ތުޙުމަތުކުރާ ހަތަރު މީހަކު މަރަން ޙުކުމް ކޮށްފައިވާއިރު، ފަހުގެ ތާރީޚުގައި ސައުދީ އާއި އީރާނުގެ ގުޅުން ހީނަރުވެ ދެ ޤައުމުގެ ދެމެދުގައި ބޮޑެތި މައްސަލަތަކެއް ޖެހެން ދިމާވީ ސައުދީ އިން ޓެރަރިޒަމްގެ ތުޙުމަތުކޮށް، ޝީޢީ ލީޑަރެއް ކަމަށްވާ ނިމްރް އަލް ނިމްރްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރުމާ ގުޅިގެންނެވެ. ނިމްރް އަލް ނިމްރާ އެކު ސައުދީން 2016 ވަނަ އަހަރު ވަނީ އިތުރު 46 މީހެއްގެ މައްޗަށް ވެސް މަރުގެ ޙުކުމް ތަންފީޒުކޮށްފައެވެ.

ސައުދީ އިން ނިމްރް އަލް ނިމްރް މަރާލުމާ ގުޅިގެން ޝީޢީން ދިރިއުޅޭ އެކި ޤައުމުތަކުގައި ސައުދީއާ ދެކޮޅަށް މުޒާހަރާކޮށްފައިވާއިރު، އީރާނުގައި ކުރި މުޒާހަރާތަކުގެ ބައިވެރިން ވަނީ ތެހެރާނުގައި އޭރު ހުރި ސައުދީގެ އެމްބަސީއަށް ވަދެ އެތަނުގައި އަލިފާން ރޯކޮށްފައެވެ. އަދި އޭގެ ފަހުން ސައުދީން ވަނީ އީރާނާއި ގުޅުން ކަނޑާލައި، ސައުދީގެ ނުފޫޒު ހިނގާ ޤައުމުތައް ލައްވައި އީރާނާއި ގުޅުން ކަނޑުވައި، އީރާނަށް އެކި ކަހަލަ ފިއްތުންތައް ކުރިމަތިކުރަން ފަށާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

11 މާރިޗު 2017
ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި

ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި

10 މާރިޗު 2017
މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި

މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި

04 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު