Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބަޣްދާދީ

ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި

މޫސަލްގެ އެއާޕޯޓު އަސްކަރިއްޔާގެ އަތް ދަށަށް ދާދިފަހުން ވަނީ ގެނެސްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 10 މާރިޗު 2017 | ހުކުރު 11:52
އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު އަލް ބަޣްދާދީ

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު އަލް ބަޣްދާދީ

އިރާގުގެ މޫސަލްގައި ހުރި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު އަލް ބަޣްދާދީ މޫސަލް އިން "ފިލައިފި" ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފިއެވެ.

އެމެރިކާގެ ޑިފެންސް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ބަޣްދާދީ "ފިލާފައިވާ" ކަމަށް ބެެލެވެނީ އޭނާގެ ބާރުތައް މޫސަލްގައި ތިބޭ އައިއެސް ކޮމާންޑަރުންނާ ހަވާލުކޮށްފައެވެ.

އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިންނާއި ގުޅިގެން މޫސަލް އަލުން ހިފުމަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި އިރާގުގައި ތިބޭ އެމެރިކާ ސިފައިންވެސް ބައިވެރިވާއިރު މޫސަލްގައި ތިބި ބައެއް މީހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، ބަޣްދާދީ މޫސަލް އިން "ފިލުމަކީ" އިރާގު ސިފައިންގެ އަތް މައްޗަށް މޫސަލް ދާ ކަމުގެ ނިޝާނެކެވެ. އިރާގު ސިފައިން މޫސަލްގެ ޓިގްރިސް ކޯރުމަތިން އަޅާފައިވާ އަލް ހުއްރިއްޔާ ބްރިޖްވެސް ދާދިފަހުން ވަނީ ހިފާފައެވެ. އައިއެސް ގެ އަތްދަށުން މޫސަލް އަތުލުމަށް އިރާގު ސިފައިން އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި، ހުއްރިއްޔާ ބްރިޖް އަސްކަރިއްޔާގެ ކޮންޓްރޯލްގެ އަތްދަށަށް ގެނައުމުން އައިއެސްގެ ކޮންޓްރޯލްގެ ދަށުގައިވާ ފަސް ބްރިޖްގެތެރެއިން ދެ ބްރިޖް އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށަށް އައީއެވެ.

އައިއެސް، އިރާގުގެ މޫސަލްގެ ހުޅަނގުން ފައްސާލުމަށްޓަކައި އިރާގު އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނުގައި މޫސަލްގެ އެއާޕޯޓު އަސްކަރިއްޔާގެ އަތް ދަށަށް ދާދިފަހުން ވަނީ ގެނެސްފައެވެ. މޫސަލް އަކީ އައިއެސްގެ ކޮންޓްރޯލް އަޮތް އެންމެ ފަހު އިރާގުގެ ސަރަހައްދެވެ.

އެމެރިކާ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނަނީ ބަޣްދާދީ މޫސަލްއިން ފިލާފައިވަނީ އިރާގު ސިފައިން މިމަހުގެ ކުރީކޮޅު މޫސަލްގެ މައި މަގު ހިފުމުގެ ކުރިންނެވެ. ސީރިޔާގެ ބިންތަކާއި، އިރާގުގެ ބިންތައް ހިމެނޭގޮތުން އިސްލާމިކް ސްޓޭޓްގެ ނަމުގައި "ޚިލާފަތެއް" އުފެއްދިކަން ބަޣްދާދީ އިއުލާން ކުރީ 2014 ވަނަ އަހަރު މޫސަލްގެ މިސްކިތެއްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި

މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި

04 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު