Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގުދުސްގެ މައްސަލަ

އާޖެންޓިނާއިން ގުދުސްގައި މެޗް ނުކުޅުމުން ފަލަސްތީނުން މަރުހަބާ ކިޔައިފި

ޓެޑީ ސްޓޭޑިއަމް އަކީ ޔަހޫދީން ފޭރިގަތް އަވަށެއްގައި ހަދާފައިވާ ސްޓޭޑިއަމެއް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 6 ޖޫން 2018 | ބުދަ 17:24
ޓީމުގެ އިތުރުން ކެޕްޓަން ލިއޮނެލް މެސީއަށްވެސް މެޗާއިގުޅިގެން ފާޑުކިއުން ކުރިމަތިވި

ޓީމުގެ އިތުރުން ކެޕްޓަން ލިއޮނެލް މެސީއަށްވެސް މެޗާއިގުޅިގެން ފާޑުކިއުން ކުރިމަތިވި

އާޖެންޓީނާގެ ގައުމީ ޓީމުން އިސްރާއީލާއިއެކު ގުދުސްގައި ކުޅުމަށް ހަމަޖެއްސި އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ކެންސަލްކުރުމުން ފަލަސްތީނުން އާޖެންޓީނާއަށް މަރުހަބާ ކިޔައިފިއެވެ.

ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ވެރިޔާ ޖިބްރިލް ޖަރްއޫބް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މި ނިންމުމަކީ" ރަނގަޅު މަގަށް" ނިންމި ނިންމުމެއްކަމަށެވެ.

އިސްރާއީލުން އުޅުނީ މެސީއާއި އެހެނިހެން ތަރިން ބޭނުންކޮށްލަން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ރަޖްއޫބު ވިދާޅުވީ ފީފާގެ އަސާސްތަކާއި ގަވައިދުގެ ދަށުން އެ ޖަމްއިއްޔާގެ މިނިންމުމަކީ ރަނގަޅު އުސޫލުތަކާއި ގޮތްތައް ކުރިއަރުވައި ސިޔާސީ ކުޅިގަނޑުތަކުގެ ބަދަލުގައި ގައުމުތަކުގެ މެދުގައި ގުޅުން އުފެއްދުންކަމަށް އޮންނަ އޮތުމުގެ އުސޫލުގެ މަތިން ނިންމާފައިވާ ނިންމުމެއްކަމަށް ދެކޭކަމަށެވެ.

ޖޫން 9 ވަނަ ދުވަހު މެޗް ކުޅެން ހަމަޖެއްސި ޓެޑީ ސްޓޭޑިއަމް އަކީ 1948 ވަނަ އަހަރު އިސްރާއީލް އުފައްދަން ޔަހޫދީން ފޭރިގަތް ފަލަސްތީނުގެ އަވަށެއްގައި ހަދާފައިވާ ސްޓޭޑިއަމެކެވެ.

އާޖެންޓީނާގެ ސްޓްރައިކަރ އަދި އިޓަލީގެ ޔުވެންޓަސްގެ ތަރި ގޮންޒާލޯ ހިގުއެއިން އީއެސްޕީއެންގައި ބުނެފައިވަނީ އާޖެންޓީނާގެ ފުޓްބޯޅަ ޓީމުން އެންމެ ފަހުން " ރަނގަޅު ނިންމުމެއް އިޚްތިޔާރުކޮށްފި" ކަމަށެވެ. އާޖެންޓީގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ނައިބް ރައީސް ހޫގޯ މޮޔާނޯވެސް ވަނީ ހިގުއެންގެ ބަސް ތަކުރާރުކޮށްފައެވެ.

އާޖެންޓީގެ ކުޅިވަރު ވެބްސައިޓެއްކަމަށްވާ މިނުޓޫނޯއިން އަންގާރަދުވަހު ބުނީ ހޮނިހިރު ދުވަހު ގުދުސްގައި ކުޅުމަށް ހަމަޖެހިފައި އޮތް މެޗް ކެންސަލްކުރީ ހަމަނުޖެހުންތަކެއް އުފެދިދާނެކަމުގެ ބިރާއި ކެޕްޓަން ލިއޮނެލް މެސީއަށް އަމާޒުވި ފާޑުކިއުންތަކާއިއެކު ކަމަށެވެ.

މި އަހަރުގެ ވާރލްޑް ކަޕްގެ އެންމެ ވާދަވެރިވާނެ އެއް ޓީމް ކަމަށްވާ އާޖެންޓީނާއިން 1986 ވަަނަ އަހަރުން ފެށިގެން ވާރލްޑްކަޕްގެ ކުރިން ހަތަރު ފަހަރަކު އެކުވެރިކަމުގެ މެޗް ކުޅެފައިވެއެވެ.

އާޖެންޓީނާއިން މެޗް ކެންސަލް ކުރުމުގެ ކުރިން އެގައުމުގެ ޓީމަށްވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2019

ރެފިއުޖީންނާއި ބެހޭ އިދާރާއިން އިރުމަތީ ގުދުސްގައި ހިންގާ ސްކޫލެއް އިސްރާއީލުން ބަންްދުކުރަނީ

20 ޖެނުއަރީ 2019
ރެފިއުޖީންނާއި ބެހޭ އިދާރާއިން އިރުމަތީ ގުދުސްގައި ހިންގާ ސްކޫލެއް އިސްރާއީލުން ބަންްދުކުރަނީ
17 ޑިސެމްބަރު 2018

އެމެރިކާގެ އެހީ ކަނޑާލުމުން އދ އާއި ފަލަސްތީނުން އެހީއަށް އެދެފި

17 ޑިސެމްބަރު 2018
އެމެރިކާގެ އެހީ ކަނޑާލުމުން އދ އާއި ފަލަސްތީނުން އެހީއަށް އެދެފި
05 ޖޫން 2018

އިސްރާއީލާއިއެކު ކުޅެން ހަމަޖެއްސި ރަހުމަތްތެރިކަމުގެ މެޗް އާޖެންޓީނާއިން ކެންސަލްކޮށްފި

05 ޖޫން 2018
އިސްރާއީލާއިއެކު ކުޅެން ހަމަޖެއްސި ރަހުމަތްތެރިކަމުގެ މެޗް އާޖެންޓީނާއިން ކެންސަލްކޮށްފި
29 މެއި 2018

ޤުދުސްގައި ކުޅޭ އެކުވެރިކަމުގެ މެޗް ކެންސަލްކުރަން ފަލަސްތީނުން އާޖެންޓީނާގެ ކިބައިން އެދިއްޖެ

29 މެއި 2018
ޤުދުސްގައި ކުޅޭ އެކުވެރިކަމުގެ މެޗް ކެންސަލްކުރަން ފަލަސްތީނުން އާޖެންޓީނާގެ ކިބައިން އެދިއްޖެ
13 މެއި 2018

ގުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވުމަށް އިވަންކާ އާއި ޖެރާޑް އިސްރާއީލަށް ވަޑައިގެންފި

13 މެއި 2018
ގުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވުމަށް އިވަންކާ އާއި ޖެރާޑް އިސްރާއީލަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު