Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤުދުސްގެ މައްސަލަ

ޤުދުސްގައި ކުޅޭ އެކުވެރިކަމުގެ މެޗް ކެންސަލްކުރަން ފަލަސްތީނުން އާޖެންޓީނާގެ ކިބައިން އެދިއްޖެ

މިމެޗް އޮންނާނީ ޖޫން 9 ގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 29 މެއި 2018 | އަންގާރަ 03:24
އާޖެންޓީނާގެ ބައިނަލްއަޤްވާމީ ފޯވާޑް ލަޔޮނެލް މެސީ

އާޖެންޓީނާގެ ބައިނަލްއަޤްވާމީ ފޯވާޑް ލަޔޮނެލް މެސީ

އެމެރިކާގެ ވާގިވެރިކަމާއިއެކު އިސްރާއީލުން ޤުދުސްއަށް ވެރިވެގެންފައިވާ މައްސަލައިގައި ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން އިހްތިޖާޖްކުރަމުންދަނިކޮށް އިސްރާއީލާއި ދެކޮޅަށް އާޖެންޓީނާއިން ކުޅޭ އެކުވެރިކަމުގެ ފުޓުބޯޅަ މެޗް ޤުދުސްގައި ނުކުޅުމަށް ފަލަސްތީނުގެ އެފްއޭ އިން އެދިއްޖެއެވެ.

ފަލަސްތީނުގެ ފުޓުބޯޅައިގެ މައި އިދާރާގެ ވެރިޔާ ޖިބްރީލް ރަޖްޢޫބް ވިދާޅުވީ ޖޫން 9 ވަނަ ދުވަހު މި މެޗް ޤުދުސްގައި ކުޅެން ނިންމައި، އިސްރާއީލުން މެޗް ސިޔާސީ ކޮށްފައިވާކަމަށެވެ. މިމެޗް ކުޅެން ހަމަޖެހިފައިވާ ޓެޑީ ސްޓޭޑިއަމް އަކީ 1948 ވަނަ އަހަރު އިސްރާއީލް އުފައްދަން ޔަހޫދީން ފޭރިގަތް ފަލަސްތީނުގެ އަވަށެއްގައި ހަދާފައިވާ ސްޓޭޑިއަމެކެވެ. ރަޖްޢޫބް ވިދާޅުވީ މި މެޗް ކުޅެން އިސްރާއީލުން އުޅެނީ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ކުޅިވަރުގެ އަސާސްތަކާއި ކުޅިވަރުގެ ރޫޙާއި ޚިލާފަށް ކަމަށެވެ. މި މެޗް ޤުދުސްގައި ކުޅެފިނަމަ އާޖެންޓީނާގެ އަގު ދުނިޔޭގެ ކުރިމަތީގައި ވެއްޓޭނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އިސްރާއީލުން މަސައްކަތްކުރަނީ ޤުދުސްއަކީ އިސްރާއީލުގެ ބިމެއްގެ ގޮތުގައި އާޖެންޓީނާގެ ރައްޔިތުންނަށް އޮޅުވާލައިގެން ދައްކަން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ރަަޖްޢޫބުގެ ކަންބޮޑުވުންތައް ހިއްސާކޮށް ފޮނުވި ސިޓީ އާޖެންޓީނާގެ ފުޓުބޯޅައި އިދާރާގެ އިތުރުން ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ އިދާރާތަކުގެ ޖަމްއިއްޔާ އާއި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއަށްވެސް ވަނީ ފޮނުވާފައެވެ.

ޖޫން 9 ވަނަ ދުވަހު ޤުދުސްގެ ޓެޑީ ސްޓޭޑިއަމްގައި އާޖެންޓީނާ އާއި އިސްރާއީލް ރަހުމަތްތެރިކަމުގެ މެޗެއް ކުޅެން ނިންމާފައިވާއިރު، މިމެޗްގެ ޓިކެޓް ހޯދަން 6 ލައްކަ ސަޕޯޓަރުން ބޭނުންވިކަމަށް މެޗް އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ. އެހެން ނަމަވެސް ޓެޑީ ސްޓޭޑިއަމްގައި ހުންނަނީ 31733 މީހުންގެ ޖާގައެވެ.

މިމެޗަކީ ވޯލްޑް ކަޕަށް ތައްޔާރުވުމަށް އާޖެންޓީނާއިން ކުޅޭ ރަހުމަތްތެރިކަމުގެ މެޗެކެވެ. ޖޫން 14 ވަނަ ދުވަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިވި ނަމަވެސް، އިސްރާއީލުން ވޯލްޑް ކަޕަށް ކޮލިފައިވެފައެއް ނުވެއެވެ.

އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ މިމަހުގެ ކުރީކޮޅު ޤުދުސްއަށް ބަދަލުކޮށްފައިވާއިރު، އެމެރިކާގެ ނިންމުމާއި އަދި އިސްރާއީލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން ތިބޭ ތިބުމާއި ދެކޮޅަށް ޣައްޒާގައި މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަނީ ވަރުގަދަ އިހްތިޖާޖްތަކެއް ކުރަމުންނެވެ. މި އިހްތިޖާޖްތަކުގެ ބައިވެރިންނާއި އިސްރާއީލް ސިފައިން ވަރުގަދަޔަށް ކުރިމަތިލާފައިވާއިރު، އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި ފަލަސްތީނުގެ 123 މީހަކު މިހާތަނަށް ވަނީ ޝަހީދުވެފައެވެ. އަދި 13 ހާހަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފަލަސްތީނުގެ ސިއްހަތާއި ބެހޭ އޮފިޝަލުން ހާމަކުރެއެވެ.

އިތުރަށް ކިޔާލަން

05 މެއި 2020

ޖަރުމަނުގައި ހުރިހާ ފިހާރަތަކެއް ހުޅުވާ ފުޓްބޯޅަ މެޗްތައް ފެށުމުގެ ހުއްދަދޭން ނިންމަނީ

05 މެއި 2020
ޖަރުމަނުގައި ހުރިހާ ފިހާރަތަކެއް ހުޅުވާ ފުޓްބޯޅަ މެޗްތައް ފެށުމުގެ ހުއްދަދޭން ނިންމަނީ
24 ޖުލައި 2018

ސިންގާގެ ނަގުލާ ނުކުޅޭތި: ރޫހާނީ

24 ޖުލައި 2018
ސިންގާގެ ނަގުލާ ނުކުޅޭތި: ރޫހާނީ
06 ޖޫން 2018

އާޖެންޓިނާއިން ގުދުސްގައި މެޗް ނުކުޅުމުން ފަލަސްތީނުން މަރުހަބާ ކިޔައިފި

06 ޖޫން 2018
އާޖެންޓިނާއިން ގުދުސްގައި މެޗް ނުކުޅުމުން ފަލަސްތީނުން މަރުހަބާ ކިޔައިފި
05 ޖޫން 2018

އިސްރާއީލާއިއެކު ކުޅެން ހަމަޖެއްސި ރަހުމަތްތެރިކަމުގެ މެޗް އާޖެންޓީނާއިން ކެންސަލްކޮށްފި

05 ޖޫން 2018
އިސްރާއީލާއިއެކު ކުޅެން ހަމަޖެއްސި ރަހުމަތްތެރިކަމުގެ މެޗް އާޖެންޓީނާއިން ކެންސަލްކޮށްފި
14 މެއި 2018

ޤުދުސްގައި އެމްބަސީ ހުޅުވާތީ އެމެރިކާއާ ދެކޮޅަށް ޖިހާދަށް ނިކުންނަން ޖެހޭ: އަލްގައިދާގެ ލީޑަރު

14 މެއި 2018
ޤުދުސްގައި އެމްބަސީ ހުޅުވާތީ އެމެރިކާއާ ދެކޮޅަށް ޖިހާދަށް ނިކުންނަން ޖެހޭ: އަލްގައިދާގެ ލީޑަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު