Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގުދުސްގެ މައްސަލަ

އެމެރިކާގެ ނައިބު ރައީސް ޕެންސްގެ ދަތުރުފުޅާއި ދިމާކޮށް ގުދުސްގައި މުޒާހަރާ ކުރުމަށް ފަތަހް ޖަމާއަތުން ގޮވާލައިފި

16 ޑިސެމްބަރު 2017 | ހޮނިހިރު 22:45

ގުދުސް އަދި ގުދުސްގެ ގަދީމީ ސަހަރުގައި ބުދަ ދުވަހު މުޒާހަރާ ކުރުމަށް ފަތަހް ޖަމާއަތުން ވަނީ ގޮވާލާފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 16 ޑިސެމްބަރު 2017 | ހޮނިހިރު 22:45
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރާމަﷲގައި ހުރި އިޒްރޭލުގެ ޗެކްޕޮއިންޓެއް ކައިރީގައި އިޒްރޭލުގެ ފައުޖުތަކާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި މޫނު ނިވާކޮށްގެން ހުރި ފަލަސްތީނުގެ އާއްމުންގެ މީހަކު ހަރަ

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އަންނަ ހަފްތާގެ ތެރޭގައި ގުދުސްއަށް ކުރެއްވުމަށް ނިންމަވާފައިވާ ދަތުރުފުޅާއި ދިމާކޮށް، ގުދުސްގައި މުޒާހަރާތައް ބޭއްވުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ފަތަހް ޖަމާއަތުން ގޮވާލައިފިއެވެ.

ގުދުސް އަކީ އިޒްރޭލުގެ ވެރި ރަށުގެ ގޮތުގައި ބަލައިގަނެ، އިޒްރޭލުގެ ތެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ނިންމެވުމާއި ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މުސްލިމުން ދަނީ އިހްތިޖާޖް ކުރަމުންނެވެ.

ގިނަ ޒަމާންތަކެއް ވަންދެން ގުދުސް އާއިމެދު އެމެރިކާއިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށް، ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަތްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރެއްވީ މިމަހުގެ ހަވަނަ ދުވަހުއެވެ.

ޓްރަމްޕްގެ ނިންމެވުމަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އެކަމާއި ދެކޮޅަށް އިހްތިޖާޖް ކުރުމުގެ ގޮތުން އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނާއި ބައްދަލު ނުކުރެއްވުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ފަލަސްތީން-އިޒްރޭލް ޞުލްހައިގެ މަސައްކަތުން އެމެރިކާ އެކަހެރި ކުރާނެ ކަމުގެ އިންޒާރުވެސް ފަލަސްތީނުން ދީފައިވެއެވެ.

ފަތަހް ޖަމާއަތުން ހޮނިހިރު ދުވަހު އާއްމުކުރި ބަޔާނުގައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމެވުމާއި، ނައިބު ރައީސް ޕެންސްގެ ދަތުރުފުޅާއި ގުޅިގެން ގުދުސް އަދި ގުދުސްގެ ގަދީމީ ސަހަރުގައި ބުދަ ދުވަހަކީ އިހްތިޖާޖް ކުރުމުގެ ދުވަހެއްގެ ގޮތުގައި ނިންމައި، މުޒާހަރާ ކުރުމަށް ގޮވާލާފައެވެ. އެމެރިކާގެ ނައިބު ރައީސް ޕެންސް، ގުދުސްއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ.

ގުދުސްގެ މައްސަލައަކީ، ފަލަސްތީނާއި އިޒްރޭލާއި ދެމެދު ހުރި ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އެންމެ ނާޒުކު މައްސަލައެވެ.

އިޒްރޭލުން ގުދުސްގެ އިރުމަތީގެ ސަރަހައްދު ނުވަތަ އިރުމަތީ ގުދުސް ހިފާފައިވަނީ، 1967 ވަނަ އަހަރު ކުރި މެދުއިރުމަތީގެ ހަނގުރާމައިގެ ތެރޭގައެވެ. އަދި އިޒްރޭލުން ގަބޫލް ކުރަނީ އިރުމަތީ ގުދުސް ހިމެނޭ ގޮތަށް، ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައެވެ. އެހެންނަމަވެސް، ފަލަސްތީނުން ގަބޫލް ކުރަނީ އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ވެރިރަށުގެ ގޮތުގައެވެ.

ގުދުސް އާމެދު އެމެރިކާ އިން މީގެ ކުރިން ގެންގުޅުނު ސިޔާސަތު ބަދަލުކުރި މައްސަލާގައި ފަލަސްތީނާއި އިޒްރޭލުގެ މަޝްރަހް ހަލަބޮލިވެފައިވާއިރު، އިޒްރޭލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ފަލަސްތީނުގެ އާއްމުންނާއި އިޒްރޭލުގެ ފައުޖުތަކާއި ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ހިނގި މިކުރިމަތިލުންތަކުގައި މިހާތަނަށް ފަލަސްތީނުގެ ހަތަރު މީހަކު މަރުވެފައިވެއެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް