Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް - އެމެރިކާ

ގުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވުމަށް އިވަންކާ އާއި ޖެރާޑް އިސްރާއީލަށް ވަޑައިގެންފި

ހޯމަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވަނީ އެމްބަސީގެ ވަގުތީ އޮފީހެއް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 13 މެއި 2018 | އާދީއްތަ 14:36
އިވަންކާ އާއި ޖެރާޑަށް އިސްރާއީލުން މަރުހަބާ ކިޔަނީ

އިވަންކާ އާއި ޖެރާޑަށް އިސްރާއީލުން މަރުހަބާ ކިޔަނީ

އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީގެ އައު އޮފީސް ހުޅުވައިދެއްވުމަށް، ވައިޓްހައުސްގެ އިސް މުޝީރުންގެ ގޮތުގައި މަސައްކަތް ކުރައްވާ، ރައީސް ޑޮނާލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕާއި، އެކަމަނާގެ ފިރިކަލުން ޖެރާޑް ކުޝްނަރ އިސްރާއީލަށް ވަޑައިގެންފިއެވެ.

އިސްރާއީލުގެ ވެރިރަށަކީ ފަލަސްޠީނުގެ ގުދުސް ކަމަށް ނިންމައި، އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރަން ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމެވި ނިންމެވުމާއި އެއްގޮތަށް، ހޯމަ ދުވަހު ގުދުސްގައި އެމެރިކާގެ އެމްބަސީގެ އައު އޮފީސް ހުޅުވާއިރު، މި ހަފްލާ ރާވާފައި މިވަނީ ވަކި ދައުލަތެއްގެ ގޮތުގައި އިސްރާއީލު ޤާއިމްކުރިތާ 70 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެންނެވެ.

އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރަން ރައީސް ޓްރަމްޕް ނިންމެވި ނިންމެވުމަކީ ޒަމާނުއްސުރެ މި މައްސަލައިގައި އެމެރިކާއިން ބޭރުފުށުން ދައްކަމުން ދިޔަ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތަށް ނިމުން ގެނުވި ނިންމެވުމެކެވެ. އަދި މި ނިންމެވުމާއި ގުޅިގެން ބައިނަލްއަޤުވާމީ ދުނިޔޭގައި އެމެރިކާ އާއި ރައީސް ޓްރަމްޕަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ.

އެމެރިކާގެ މި ނިންމުމަކީ ފާހަގަކުރަންޖެހޭ ވަރުގެ އުފާވެރި ނިންމުމެއް ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވާއިރު، ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ވަނީ މިއީ މި ޤަރުނުގައިވެސް ފަލަސްޠީނުގެ މޫނުމަތީޖައި ޖެހި އެންމެ ބޮޑު ތަފާލުގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހޯމަ ދުވަހު އެމްބަސީގެ އޮފީސް ހުޅުވުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ގުދުސްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް އިމާރާތުގެ ތެރޭގައެވެ. ނަމަވެސް ފަހުން، އެމްބަސީއަށް ވަކި ބިމެއް ޚާއްސަކޮށް، އައު އިމާރާތެއްގައި އެމްބަސީ ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ މިހާރު ހުންނަނީ ތެލްއަވީވުގައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު