Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޮޑުންގެ ޝަރީއަތް

ރައީސް މައުމޫންގެ ދިފާއުގައި ހުށައެޅި ހެކިތައް ބަލައެއްނުގަތް!

ރައީސް މައުމޫންގެ ދިފާއީ ހެކީގެ ގޮތުގައި 108 މީހަަކާއި، ދިފާއީ ހެކީގެ ގޮތުގައި 36 ލިޔުމެއް ހުށައެޅި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 4 ޖޫން 2018 | ހޯމަ 03:52
ރައީސް މައުމޫން އަބްދުލްޤައްޔޫމް ފުލުހުންގެ ލޯންޗަކުން ފައިބައިވަޑައިގަންނަވަނީ - އެމަނިކުފާނާއި ދެކޮޅަށް ދައުލަތުން 33 ހެއްކެއް ހުށައެޅި

ރައީސް މައުމޫން އަބްދުލްޤައްޔޫމް ފުލުހުންގެ ލޯންޗަކުން ފައިބައިވަޑައިގަންނަވަނީ - އެމަނިކުފާނާއި ދެކޮޅަށް ދައުލަތުން 33 ހެއްކެއް ހުށައެޅި

ހެކީގެ ގޮތުގައި ހުށަހެޅި މީހުންނާއި ލިޔުންތަކުގެ ލިސްޓް ޕްރިންޓް ކޮށްފައި އޮތް ގޮތުގެ ސަބަބުން ކަމަށް ބުނެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ދިފާއުގައި ހުށައެޅި ހެކިތައް ބަލައިނުގެން އަނބުރާ ފޮނުވާލައިފި އެވެ.

ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން އަންނަ ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫންގެ ދިފާއީ ހެކީގެ ގޮތުގައި 108 މީހަަކާއި، ދިފާއީ ހެކީގެ ގޮތުގައި 36 ލިޔުމަކާއި ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުމުގެ ގޮތުގައި 29 ހުށަހެޅުމެއް ކްރިމިނަލް ކޯޓަށް ހުށައެޅުއްވި ކަމަށެވެ. ނަމަވެސް ދިފާއުގައި ހުށައެޅި މީހުންނާއި، ލިޔުންތައް އަނބުރާ ކްރިމިނަލް ކޯޓުން ފޮނުވާލާފައިވަނީ ލިސްޓް ޕްރިންޓްކުރި އިރު ބޯޑަރ ލައިންތައް އަރާފައި ނުވާކަމަށް ބުނެކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް މައުމޫނާ ދެކޮޅަށް ޓެރަރިޒަމުގެ ދައުވާ ކުރަނީ 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުންނަށް ރިޝްވަތުދީގެން ހުކުމްތައް ވަކިގޮތަކަށް ނެރުމަށް ރައީސް މައުމޫން މަޖުރޫބުކޮށްފައިވާ ކަމަށް ބުނެއެވެ. ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ރިޝްވަތު ދިނުމުގެ އިތުރުން 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި ރައީސް މައުމޫން ނުފޫޒު ފޯރުވާފައިވާ ކަމަށްވެސ ދައުވާގައި ބުނެފައިވެއެވެ.

ދައުލަތުން ވަނީ ރައީސް މައުމޫނާ ދެކޮޅަށް 33 ހެކި، ގަރީނާ ހުށަހަޅައިފައެވެ.

ރައީސް މައުމޫންގެ ދިފާއުގައި ހުށައެޅި ހެކިތައް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލާފައިވާއިރު މި މައްސަލާގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދިފާއީ ހެކި ހުށައެޅުމުގެ ފުރުސަތުދީފައިވަނީ ޖޫން މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު