Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އައިއެސްގެ ހަނގުރާމަ

އެމެރިކާ އިން ވައްޓާލި ބޮމުން 36 މީހުން މަރުވެއްޖެ

ޖީބީޔޫ 43 ބީ ބޮން ވައްޓާލާފައިވަނީ ބުރާސްފަތި ދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 14 އެޕްރީލު 2017 | ހުކުރު 08:26
ޖީބީޔޫ 43 ބީ ،މެސިވް އޯޑަނަންސް އެއާ ބްލާސްޓް ބޮމެއް އަސްކަރީ މަރުކަޒުގެ ބޭރުގައި

ޖީބީޔޫ 43 ބީ ،މެސިވް އޯޑަނަންސް އެއާ ބްލާސްޓް ބޮމެއް އަސްކަރީ މަރުކަޒުގެ ބޭރުގައި

"މަދަރ އޮފް އޯލް ބޮމްބްސް" (އެމްއޯއޭބީ) ބޭނުންކޮށްގެން އެމެރިކާގެ އަސްކަރިއްޔާއިން އަފްޣާނިސްތާނުގައި ދިން ހަމަލާގައި އައިއެސް ހަނގުރާމަވެރިންގެ 36 މީހުންމަރާލެވި އެ ޖަމާއަތުގެ ބޭސްއެއް ސުންނާފަތިކޮށްލެވިފައިވާ ކަމަށް އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

އަފްޣާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރްޒާއީ ވަނީ މި ހަމަލާ ކުށްވެރިކުރައްވައި މި ހަމަލާއަކީ" އެ ގައުމުގައި ދެވުނު އެންމެ އިންސާނިއްޔަތުކަން ކުޑަ އަދި އަނިޔާވެރި ހަމަލާ"ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ޑިފެންސް ވީޑިއޯ އިމޭޖަރީ ޑިސްޓްރިބިއުޝަން ސިސްޓަމް އިން އާއްމުކޮށްފައިވާ ވީޑިއޯއިން އައިއެސްގެ އަމާޒުތަކަށް ހަމަލާދޭ މަންޒަރު ފެނެއެވެ.

ޕެންޓަގަންއިން ބުނީ އެ ބޮން ވައްޓާލީ ނަންގަހާރް ޕްރޮވިންސްގައި އޮތް އެމެރިކާގެ މަތިންދާބޯޓަކުން ކަމަށެވެ.

އަފްޣާނިސްތާނުގެ ޗީފް އެގްޒެކްޓިވް އަބްދުﷲ އަބްދުﷲ ވަނީ ހަމަލާދީފައި ވަނީ އެ ގައުމުގެ ސަރުކާރާ ވާހަކަދެކެވިގެން އާއްމުންނަށް ފުރިހަމަ ރައްކާތެރިކަން ދެވިގެންކަން ކަށަވަރުކޮށްދެއްވާފައެވެ.

ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފްޣާނިސްތާނުގައި ހުންނަވާ އެމެރިކާގެ ކޮމާންޑަރ ޖެނެރަލް ޖޯން ނިކޯލްސަން ވިދާޅުވީ އެމެރިކާގެ ސިފައިން ވެސް ސައިޓްގައި ތިބޭނެ ކަމަށާއި އާއްމުންގެ އެއްވެސް މީހަކަށް ހާނީކައެއްވީކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށާއި އަދި އެފަދަ ރިޕޯޓެއް ވެސް ލިބިފައި ނުވާ ކަމަށެވެ.

އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީއިން ބުނީ ބޮން ވައްޓާލީ މޯމަންޑް ވެލީގެ ވިލެޖް ސަރަހައްދަކަށް ކަމަށް ކަމަށާއި އެއީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ހަނގުރާމަވެރިން ބޭނުންކުރާ 300 މީޓަރު ދިގު ގުޅިފައިވާ ހޮހޮޅައެއް ކަމަށެވެ.

ޖީބީޔޫ 43 ބީ ،މެސިވް އޯޑަނަންސް އެއާ ބްލާސްޓް ބޮން ނުވަތަ އާއްމުކޮށް ކިޔާނަމުން ނަމަ "ހުރިހާ ބޮމެއްގެ މަންމަ ބޮން"އަކީ އެމެރިކާއިން ހަނގުރާމަތަކުގައި ބޭނުންކުރާ ނިއުކްލިއަރ ނޫން އެންމެ ބޮޑު ބޮމެވެ.

ރައީސްގެ ތަރުޖަމާނު ޝާހު ހުސެއިން މުރުތަޒާވީ ބީބީސީގައި ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި އައިއެސްގެ ކޮމާންޑަރެއް ކަމަށްވާ ސިއްދީގް ޔާރް ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ ޓަނަލުގައި އުޅޭ އައިއެސްގެ ހަނގުރާމަވެރިން އައިސްފައި ވަނީ ޕާކިސްތާނުން ކަމަށާއި އެމީހުން އާއްމުން އުޅޭ ސަރަހައްދުތަކަށް ގޮސް އަދަބުދީ ހަދާ ކަމަށެވެ.

ނުވަ މީޓަރު (30 ފޫޓް) ދިގު، 9،800 ކިލޯގެ މި ބޮން ފުރަތަމަ ޓެސްޓް ކުރެވިފައި ވަނީ 2003 ވަނަ އަހަރު ނަމަވެސް ހަނގުރާމައެއްގައި އަދި ބޭނުންކޮށްފައެއް ނުވެއެވެ.

މި ޚަބަރު އައިސްފައި މިވަނީ އެމެރިކާއިން ސީރިޔާގައި ވައިގެ މަގުން ދިން ހަމަލާތަކުގައި އޮޅުމަކުން އަސަދުގެ ސަރުކާ ދެކޮޅު ހަނގުރާމަވެރިންގެ 18 މީހަކު މަރާލެވުނުކަމަށް ޕެންޓަގަންއިން އެއްބަސްވިތާ ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ޕެންޓަގަންއިން ބުނީ ބައިވެރިންނަށް އައިއެސްގެ އަމާޒުތަކެއް ކަމަށް ދެއްކުނީ ނުބައި ތަނެއް ކަމަށާއި އޭޕްރީލް 11 ވަނަ ދުވަހު މަރާލެވުނީ ވޮޝިންގޓަނުން މަދަދުދޭ ސީރިއަން ޑިމޮކްރެޓިކް ފޯސަސްގެ ހަނގުރާމަވެރިން ކަމަށެވެ.

އެމެރިކާއިން އަފްޣާނިސްތަނަށް އެންމެ ބޮޑު ބޮމުގެ ހަމަލާއެއް ދީފައި މިވަނީ އެމެރިކާގެ ސިފައިންގެ މީހަކު މިދިޔަ ހަފްތާގައި އެ ގައުމުގައި މަރާލާފައި ވަނިކޮށެވެ.

ޖީބީޔޫ 43 ބީ ބޮން ވައްޓާލާފައިވަނީ ބުރާސްފަތި ދުވަހު ހަވީރު އަޗިން ޑިސްޓްރިކްޓަށް ކަމަށް ޕެންޓަގަންއިން ބުނެއެވެ.

އައިއެސް އަށް އެހެން ނަމަކުން އިޝާރާތްކުރައްވައި ވައިޓްހައުސްގެ ތަރުޖަމާނު ޝޯން ސްޕައިސަރ ވިދާޅުވީ "އެ ބޮން އަމާޒުކުރީ އައިއެސް ހަނގުރާމަވެރިން، އެމެރިކާގެ އަސްކަރިއްޔާގެ އެޑްވައިޒަރުންނަށް އަދި އެ ސަރަހައްދުގައި މަސައްކަތްކުރާ އަފްޣާނިސްތާނުގެ ފައުޖުތަކަށް އަމާޒުކޮށް ހަމަލާދިނުމަށް މިނިވަންކަމާ އެކު ހަރަކާތްތެރިވެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޓަނަލާއި ހޮހޮޅައަށް"ކަމަށެވެ.

"އާއްމުންނަށް އަނިޔާއެއް ވެދާނެތީއާ މުދަލަށް ގެއްލުންވެދާނެތީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް" އެޅުއްވި ކަމަށް ސްޕައިސަރ ވިދާޅުވިއެވެ.

ބޮންވައްޓާލި ސަރަހައްދަކީ މީހުން މަދު ފަރުބަދަ މަތީ ސަރަހައްދެއް ކަމަށް ބީބީސީގެ ކަރެސްޕޮންޑެންޓް ބުނެއެވެ.

އެ ގައުމުގެ ރައްޔިތުން ބުނާ ގޮތުގައި ގޮވުމުގެ އަޑު ގަދަކަމުން ޖެހިގެން އޮތް ދެ ޑިސްޓްރިކްޓަށް ވެސް އިވިގެން ދިއައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އަނެއްކާ ވެސް ކަމިޔާބީއެއް ހޯއްދެވިއްޖެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު