Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެކޮންގެ ކެބިނެޓު

މެކޮންގެ ކެބިނެޓުގެ ދެބައިކުޅަ އެއްބައިގައި ހިމެނެނީ އަންހެން ވަޒީރުން!

18 މެއި 2017 | ބުރާސްފަތި 12:18

އެގާރަ އަންހެން ވަޒީރުން ހިމެނޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 18 މެއި 2017 | ބުރާސްފަތި 12:18
ފްރާންސްގެ ރައީސް އިމެނުއަލް މެކޮން (ވ) އަދި އިންޓީރިއާ މިސްޓަރަކަށް ހަމަޖެއްސެވި ޖެރާޑް ކޮލަމްބް

ފްރާންސްގެ ރައީސް އިމެނުއަލް މެކޮން (ވ) އަދި އިންޓީރިއާ މިސްޓަރަކަށް ހަމަޖެއްސެވި ޖެރާޑް ކޮލަމްބް

ފްރާންސްގެ އާ ރައީސް އިމެނުއަލް މެކޮންގެ ސަރުކާރު ހިންގުމަށް އެކުލަވާލި އާ ވަޒީރުންގެ މަޖްލީހުގެ ދެބައިކުޅަ އެއްބަޔަށް އަންހެން ވަޒީރުން ހަމަޖައްސަވައިފިއެވެ.

ފްރާންސްގެ ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު މެކޮން އެކުލަވާލި ވަޒީރުންގެ މަޖްލީހުގެ ދެބައިކުޅަ އެއްބައިގެ ގޮތުގައި އަންހެން ވަޒީރުން ހަމަޖެއްސެވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ޖިންސުގެ ހަމަހަމަކަން ގާއިމްކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅު ފުރިހަމަ ކުރެއްވުމަށް ފެއްޓެވުމުގެ ގޮތުނެވެ.

މެކޮން އެކުލަވާލެއްވި އާ ވަޒީރުންގެ މަޖްލީހުގައި 22 ބޭފުޅަކު ހިމެނި ވަޑައިގަންނަވައެވެ. އޭގެ ތެރެއިން 11 މަޤާމަކަށް ހަމަޖައްސަވާފައި ވަނީ އަންހެން ބޭފުޅުންނެވެ.

އެގޮތުން ޑިފެންސް މިނިސްޓްރީއާ، ކުޅިވަރާއި ބެހޭ މިނިސްޓްރީއާ ލޭބަރ މިނިސްޓްރީ ފަދަ ތަންތަނަށް ހަމަޖައްސަވާފައިވަނީ އަންހެން ބޭފުޅުންނެވެ.

ސަރުކާރާއި ޙަވާލުވެވަޑައިގަތުމަށް ފަހެ މެކޮންވަނީ ކެބިނެޓު އިއުލާންކުރެއްވުން އެންމެ ފަހުވަގުތާ ޖެހެންދެންވެސް ފަސްކުރައްވާފައެވެ. އެގޮތަށް އަމަލު ކުރެއްވީ ކެބިނެޓު މަޤާމުތައް ހަވާލުކުރައްވާ ބޭފުޅުންގެ އެއްވެސް ކަހަލަ ޓެކްސެއްގެ މައްސަލައެއް ނުވަތަ އެނޫންވެސް މައްސަލައެއް އޮތްތޯ ސާފު ކުރެއްވުމަށެވެ.

ކެބިނެޓުގެ ދެބައިކުޅަ އެއްބަޔަށް އަންހެން ބޭފުޅުން ހަމަޖެއްސުމުގެ އިތުރުން ޖޫން މަހު އޮންނަ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ނެރެން މެކޮންގެ ޕާޓީން އިއުލާންކޮށްފައިވާ ކެންޑިޑޭޓުންގެވެސް ދެބައި ކުޅަ އެއްބަޔަކީ އަންހެނުންނެވެ.

މެކޮންގެ ޕާޓީގެ ފަރާތުން ގާނޫނު ހަދާ މަޖްލީހަށް ވާދަކުރެއްވުމަށް 400 ކެންޑިޑޭޓުން ނެރުއްވާއިރު، 200 ކެންޑީޓުންނަކީ އަންހެންނެވެ.

މެކޮންގެ ކުރިން ފްރާންސްގެ ރައީސްކަމުގައި ހުންނެވި ފްރާންސްވާ އޮލެންޑާ 2012 ވަނަ އަހަރު އިއުލާން ކުރެއްވި 34 މެންބަރުންގެ ކެބިނެޓުގައި 17 އަންހެން ބޭފުޅުން ހިމަނުއްވާފައިވެއެވެ.

ވަޒީރުންގެ ގޮތުގައި އަންހެނުން އެންމެ ގިނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި ފްރާންސް ހިމެނެ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

01 ޖޫން 2021

މެލޭޝިއާގެ ބޮޑުވަޒީރާއި ކެބިނެޓުގެ 3 މަހުގެ މުސާރަ ކޮވިޑްގެ ޚަރަދުތަކަށް

01 ޖޫން 2021
މެލޭޝިއާގެ ބޮޑުވަޒީރާއި ކެބިނެޓުގެ 3 މަހުގެ މުސާރަ ކޮވިޑްގެ ޚަރަދުތަކަށް
27 މާރިޗު 2021

އިސްރާއީލްގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ދެ ޑޯޒް ދީފި

27 މާރިޗު 2021
އިސްރާއީލްގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ދެ ޑޯޒް ދީފި
20 މާރިޗު 2021

ޔޫކޭގެ ބޮޑެތި މީހުންގެ އުމުރުފުރާގެ ދެބައިކުޅަ އެއްބައި މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި

20 މާރިޗު 2021
ޔޫކޭގެ ބޮޑެތި މީހުންގެ އުމުރުފުރާގެ ދެބައިކުޅަ އެއްބައި މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި
26 ފެބުރުއަރީ 2021

އާބާދީގެ ދެބައިކުޅަ އެއްބައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް އިސްރާއީލުން ބުނެފި

26 ފެބުރުއަރީ 2021
އާބާދީގެ ދެބައިކުޅަ އެއްބައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް އިސްރާއީލުން ބުނެފި
30 އޯގަސްޓު 2020

ލުބުނާނުގެ ދެބައިކުޅަ އެއްބައި ރައްޔިތުންނަށް ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިލާން ޖެހިދާނެ: އދ

30 އޯގަސްޓު 2020
ލުބުނާނުގެ ދެބައިކުޅަ އެއްބައި ރައްޔިތުންނަށް ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިލާން ޖެހިދާނެ: އދ
03 މާރިޗު 2020

ދުނިޔޭގެ ދެބައިކުޅައި އެއްބައި ގޮނޑުދޮއްތައް މި ގަރުނުގެ ތެރޭގައި ނެތި ހިނގައިދާނެ!

03 މާރިޗު 2020
ދުނިޔޭގެ ދެބައިކުޅައި އެއްބައި ގޮނޑުދޮއްތައް މި ގަރުނުގެ ތެރޭގައި ނެތި ހިނގައިދާނެ!
06 މެއި 2019

ދުނިޔޭގެ ފަރުތަކުގެ ދެބައިކުޅަ އެއްބައި ވަނީ މަރުވެފައި!

06 މެއި 2019
ދުނިޔޭގެ ފަރުތަކުގެ ދެބައިކުޅަ އެއްބައި ވަނީ މަރުވެފައި!
17 އޮކްޓޯބަރު 2018

އިތިއޯޕިއާގެ ކެބިނެޓްގެ ދެބައިކުޅަ އެއްބައި އަންހެނުންނަށް ދީފި

17 އޮކްޓޯބަރު 2018
އިތިއޯޕިއާގެ ކެބިނެޓްގެ ދެބައިކުޅަ އެއްބައި އަންހެނުންނަށް ދީފި
01 މާރިޗު 2018

ރަޝިއާގައި ފަގީރުކަން އޮތް މިންވަރު ދެބައިކުޅައެއްބަޔަށް ކުރިއަށް އޮތް ހަ އަހަރު ތެރޭ ދަށްކުރާނަން: ރައީސް ޕޫޓިން

01 މާރިޗު 2018
ރަޝިއާގައި ފަގީރުކަން އޮތް މިންވަރު ދެބައިކުޅައެއްބަޔަށް ކުރިއަށް އޮތް ހަ އަހަރު ތެރޭ ދަށްކުރާނަން: ރައީސް ޕޫޓިން
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް