Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޒީރާ ރައީސް ކެމްޕެއިން

ދުނިޔޭގެ ލީޑަރެއް މިހާ ވަރުގަދަ ކެމްޕޭނެއް ހިންގެވި ތަނެއް ނުދެކެން: އިންތި

30 މެއި 2018 | ބުދަ 03:37

ރައީސް ނަޝީދުގެ ހިތްވަރާއި އަޒުމަށް ވަނީ ތައުރީފް ކޮށްފައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 30 މެއި 2018 | ބުދަ 03:37
ައްޔިތުން މަޖްލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވާހަކަ ފުޅު ދައްކަވަނީ

ައްޔިތުން މަޖްލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވާހަކަ ފުޅު ދައްކަވަނީ

"ޖަޒީރާ ރައީސް"ގެ ކެމްޕޭނު ވަރުގެ ކެމްޕެއިނެއް، ދުނިޔޭގެ އެހެން އެއްވެސް ލީޑަރަކު ގައުމުން ބޭރުގައި ހުންނަވައިގެން ހިންގެވި ތަނެއް ދެވަޑައިނުގަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ނިންމުމުގެ ގޮތުން އަންގާރަ ދުވަހު ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި އިންތި ވަނީ ރައީސް ނަޝީދުގެ ހިތްވަރަށާއި އަޒުމްފުޅަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދާއި މިސަރުކާރުގެ މީހުންނާ އަޅުވާވެސް ނުކިޔޭނެ ކަމަށާއި އަޅައިކިޔަން ޖެހުނަސް މާ ބޮޑެތި ސިއްރުތަކެއް ދައްކާކަށް ނުޖެހޭ ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ ހަމަ ކުޑަކުޑަ ވާހަކައަކުން ހަގީގަތް އެނގިގެން ދާނެކަމަށެވެ. އެ ގޮތުން މިސަރުކާރުގެ ބޭފުޅުންނާއި ތަފާތުވާ ބައެއް ސިއްރުތަކުތެރޭގައި ވައްކަން ނުކުރުމާއި އަނިޔާވެރި ނުވުމާއި ހިތްވަރު ހުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސިއްރު މިގޮތަށް އޮތް އިރު، އެންމެނަށްވެސް އެނގޭ ހަގީގަތަކީ މިރާއްޖޭގެ މުސްތަގްބަލާއި ގުޅިފައިވާ ސިޔާސީ ލީޑަރަކީ އަދި މި ރާއްޖެ ސަލާމަތް ކުރެވޭނެ ސިޔާސީ ލީޑަރަކީ މި ޕާޓީގެ ފަޚުރުވެރި ޖަޒީރާގެ ރައީސް މުހައްދު ނަޝީދު ކަމަށް ވެސް އިންތި ވަނީ ވިދާޅުވެފައެވެ.

ހަރާމެއް ހަލާލެއް ބެލުމެއްނެތި އެމީހަކަށް ކެވުނު އެއްޗެއް ކެއުން އެއީ ބައެއް މީހުންގެ ބިނާވެގެންވާ ފަލްސަފާކަން ފާހަގަ ކުރައްވައި އިންތި ވިދާޅުވި ގޮތުގައި އެ ބޭފުޅަކު ވަނީ ވަރަށް ސާފުކޮށް ދިވެހިރާއްޖޭގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ އެ ވާހަކަ ވިދާޅުވެފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ފަލްސަފާއަކީ ތިމާގެ ހަލާލު މަސައްކަތުން ކޮޅަށް ތެދުވެވޭ ވަރު ހުންނަ މީހަކަށް ވުން ކަމަށެވެ.

މި ދެ ފަލްސަފާ މިގޮތަށް ހުރިއިރު ކުރިން މިދެންނެވި ފަލްސަފާތަކުގެ މައްޗަށް ބިނާވެގެންވާ މީހާ، އަމިއްލައަށް ކަންކަން ގެތެމުން، ވިނެމުން، އެމުނެމުންގޮސް، އަމިއްލަ ގެކޮޅަށް ފައިސާ ދަބަސްތައް ވަދެގެން ދިޔަކަމާއި އަމިއްލަ އެކައުންޓައް މިލިއަން ޑޮލަރު ވަދެގެން ދިޔަ ކަމަށް، އިއުތިރާފް ވެވަޑައިގެންފައިވާ ކަމަށްވެސް އިންތި ވަނީ ވިދާޅުވެފައެވެ. އެއީ ހަލާލެއް ހަރާމެއް ބެލުމެއް ނެތި އެމީހަކަށް ކެވުނު ގޮތަކަށް ކާން ބިނާވެގެންވާ ފަލްސަފާއެއް ކަމަށްވެސް ވިދާޅުވިއެވެ.

ވެރިކަމަކަށް އެއްވެސް ގައުމެއްގައި މީހަކު އައުމުގެ ކުރިން އެ މީހަކާ ގުޅިފައިވާ ކަންކަމަކީ ވަގު ވިޔަފާރި އަދި ވައްކަން ކަމުގައި ވާނަމަ ޝައްކެތްވެސް ނެތް ގޮތުގައި ވެރިކަމަށް އައުމަށް ފަހުގައި އެމީހެއްގެ އެންމެ ބޮޑު ޕްރޮޖެކްޓަކަށް ވެގެން ދާނީ ހަމަ މިދެންނެވި ކަންތައްތައް ކަމަށް އިންތި ވިދާޅުވިއެވެ. އެއާ ޚިލާފަށް ވެރިކަމަށް އައުމުގެ ކުރިން އެމީހެއްގެ ނަމާއި ގުޅިގެން އަންނަ ބަސްތަކަކީ ސިޔާސީ ސުލްހަވެރި ހަރަކާތް، އިންސާނީ ހައްގުތައް، ފަރުދީ މިނިވަންކަން އަދި ޑިމޮކްރެސީ ކަމުގައި ވާނަމަ ވެރިކަމަށް އައުމަށްފަހުގައި އެމީހެއްގެ އެންމެ ބޮޑު ޕްރޮޖެކްޓަކަށް ވެގެންދާނީ މި ކަންތައްތައް ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ތަފާތު މިހާރުވެސް ރާއްޖެއިން ފެންނަމުން ދާ ކަމަށް ވަނީ ވިދާޅުފައެވެ.

ވެރިކަމުގައި ޖަޒީރާ ރައީސް ހުންނެވީރުވެސް އަދި ނެތް އިރުވެސް އަބަދުވެސް ދިފާއު ކުރައްވާ ކަންކަމަކީ ސަރުކާރެއް ޖަވާބު ދާރީކުރުމުގެ ނިޒާމް، ސިޔާސީ ސުލްހަވެރި ހަރަކާތް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އަދި އެއްވެ އުޅުމުގެ މިނިވަންކަން ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ. ޖަޒީރާ ރައީސް ވަނީ ވެރިކަމުގައި ހުންނެވިއިރު އާއި ނެތް އިރުވެސް އަމަލީ ގޮތުން މިކަން ކުރެއްވުމުގެ ނަމޫނާ ދައްކަވާފައި ކަމަށް އިންތި ވިދާޅުވިއެވެ.

މިހާރު ދައުލަތު ހިގަމުންދާ ގޮތް ވަރަށް ސާފުކޮށް އެނގޭ ކަމަށާއި ދައުލަތުގެ ހުރިހާ ދިމާލަކުން އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހަރަކާތް ހިންގުވުން ހުއްޓުވާ، ސިޔާސީ ސުލްހަވެރި ހަރަކާތްތައް މަނާކޮށް ޖާގަ ކުޑަކުރަމުން ދާތަން ފެންނަ ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ. މިހެން ކުޑަ ކުރަމުން، ކުޑަ ކުރަމުން ގޮސް އެއްމެ ފަހުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ދިދަ މާމައްޗަށް އުފުލައިފި ކަމުގައި ވަނީނަމަ، މީހުން ފޮނުވައިގެން ވަގުތުން ދިދަ ނަގައި ހޫރާލާ ކަމަށް ވެސް ވިދާޅުވިއެވެ.

މިހެން މިކަންތައް ދަނިކޮށް ދެން ފެނުނީ ދިވެހިރާއްޖޭގެ ގައުމީ ދިދަ، މާ ކަނޑެއްގެ ތެރޭގައި ނޯތް ކޮރެއާ އެކުގައި ވަގު މުއާމަލާތް ކުރަމުން ދާތަން ކަމަށެވެ. ސަރުކާރު ފެއިލްވެ، ދައުލަތް ވެއްޓިފައި މިވާ ދަރަޖައިގެ ސަބަބުން ކަންބޮޑުވުން އިންތި ވަނީ ފާޅު ކުރައްވާފައެވެ.

އިންތި ވިދާޅުވީ ކޮންމެ ފަދަ ހާލެއް އެމްޑީޕީއަށް ޖެއްސި ކަމުގައި ވީނަމަވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަޒުމެއް ނުގުޑާނެ ކަމަށެވެ. މި ޕާޓީގެ އެއްވެސް މެމްބަރެއްގެ އަޒުމެއްވެސް ނުގުޑާނެ ކަމަށެވެ. ހަމައެއާއެކު ޖަޒީރާ ރައީސްގެ އަޒުމެއް ނުގުޑާނެ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް