Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިޔާނާ ސައީދު

ނަޝީދާއި ޤާސިމްގެ އިންޓަރވިއުތައް ޓީވީން ގެނައުމުގެ ޤާނޫނީ ހުރަހެއް ނެތް:ދިޔާނާ

30 މެއި 2018 | ބުދަ 03:24

ނަޝީދާއި ޤާސިމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުން ސިޔާސީ ޙިމާޔަތް ލިބިވަޑައިގެންފައިވާ ބޭފުޅުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 30 މެއި 2018 | ބުދަ 03:24
ދިޔާނާ ސައީދު: ހޯމް މިނިސްޓްރީއާޢި ބްރޯޑްކޮމްއިން އުޅެނީ އޮޅުވާލުމަށް

ދިޔާނާ ސައީދު: ހޯމް މިނިސްޓްރީއާޢި ބްރޯޑްކޮމްއިން އުޅެނީ އޮޅުވާލުމަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހީމްގެ އިންޓަރވިއުތަކާއި ބަޔާންތައް ރާއްޖޭގެ މީޑިއާތަކުން ގެނެސް ދެވޭނެ ކަމަށާއި އެކަމުގައި ޤާނޫނީ ހުރަހެއް ނެތްކަމަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންގެ އިންޓަވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓް ކުރާ މީޑިއާތަކާއި މެދު ފިޔަވަޅު އަޅާނެކަމުގައި ހޯމް މިނިސްޓްރީންނާއި ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ދިޔާނާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދާއި ޤާސިމް އިބުރާހީމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުން ސިޔާސީ ޙިމާޔަތް ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށާއި، އެބޭފުޅުންނަކީ އަމިއްލަފުޅަށް އަރުވާލެވިގެން ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި އެބޭފުޅުން ތިއްބެވީ ދައުލަތުގެ ބަންދެއްގައި ނޫންކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން އެ ދެބޭފުޅުންގެ އިންޓަރވިއުތަކާއި ބަޔާންތައް މީޑިއާތަކުން ގެނެސްދިނުމަކީ ޤާނޫނާއި ޚިލާފު ކަމެއް ނޫންކަމުގައި ވިދާޅުވެ، ދިޔާނާ ވިދާޅުވީ ހޯމްމިނިސްޓްރީންނާއި ބްރޯޑްކާސްޓިންގ ކޮމިޝަނުން އެމީހުންގެ ޚިޔާލުތައް ޤާނޫނާއި މަސްހުނިކޮށް އޮޅުވާ ނުލެއްވުމަށެވެ.

ހޯމްމިނިސްޓްރީން ނެރުނު ބަޔާނެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންގެ އިންޓަވިއުތަކާއި ބަޔާންތައް ގެނެސްދިނުމަކީ މަނާކަމެއް ކަމުގައި ބުނެފައި ވާއިރު، އޭގެ ފަހުން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެފަދަ ފަރާތްތަކުގެ އިންޓަރވިއުތަކާއި ބަޔާންތައް ގެނެސްދޭ މީޑިއާތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

ރާއްޖެ ޓީވީން ވަނީ އެއީ ޤާނޫނީ އެއްވެސް ބުރަދަނެއް ނެތް ނިންމުމެއްކަމަށް ބުނެ އެނިންމުން ބާތިލް ކުރުމަށް ކޯޓަށް ހުށަހެޅުމަށް ނިންމާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ޤާސިމްގެ އިސްތިއުނާފް މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި

09 އެޕްރީލު 2017
ޤާސިމްގެ އިސްތިއުނާފް މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި
06 އެޕްރީލު 2017

ބްރޯޑްކޮމް އިން ކުރި ދެލައްކަ ރުފިޔާގެ ޖޫރިމަނާ ރާއްޖެ ޓީވީން ދައްކައިފި

06 އެޕްރީލު 2017
ބްރޯޑްކޮމް އިން ކުރި ދެލައްކަ ރުފިޔާގެ ޖޫރިމަނާ ރާއްޖެ ޓީވީން ދައްކައިފި
01 އެޕްރީލު 2017

ރިޝްވަތު ދިންކަމަށް އިއުތިރާފްވި މެމްބަރުގެ މައްސަލަ ނުބެލޭ، ޤާސިމްގެ ތަހުގީގަކީ ސިޔާސީ ކަމެއް:ޑރ ޖަމީލް

01 އެޕްރީލު 2017
ރިޝްވަތު ދިންކަމަށް އިއުތިރާފްވި މެމްބަރުގެ މައްސަލަ ނުބެލޭ، ޤާސިމްގެ ތަހުގީގަކީ ސިޔާސީ ކަމެއް:ޑރ ޖަމީލް
30 މާރިޗު 2017

ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!

30 މާރިޗު 2017
ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!
25 މާރިޗު 2017

ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!

25 މާރިޗު 2017
ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!
13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
10 މާރިޗު 2017

ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި

10 މާރިޗު 2017
ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި
08 މާރިޗު 2017

ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ

08 މާރިޗު 2017
ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް