Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤާސިމްގެ އިސްތިއުނާފް

ޤާސިމްގެ އިސްތިއުނާފް މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި

މެމްބަރަކު ހައްޔަރުކުރުމަށް އަމުރެއް ނެރެދިނުމަށް އެދެވޭނީ ޕީޖީއަށް

ރާއްޖެ އެމްވީ | 9 އެޕްރީލު 2017 | އާދީއްތަ 18:12
ޤާސިމް: ބަންދުގެ މުއްދަތަށް 6 ދުވަސް ވަނީ ޖަހައި

ޤާސިމް: ބަންދުގެ މުއްދަތަށް 6 ދުވަސް ވަނީ ޖަހައި

ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައި ހުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

ގާސިމް އިބްރާހީމްގެ ގާނޫނީ ވަކީލުންގެ ޓީމުން އާދީއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހައްޔަރުކުރެވޭނީ ފުލުހުން އެކަމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލަށް ހުށަހެޅުމުން، އެފަދަ އަމުރެއް ނެރެދިނުމަށް އެދި ސުޕީރިއާ ކޯޓަކަށް ޕީޖީ ހުށަހެޅުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ގާނޫނުގައި މިގޮތަށް ބަޔާންކޮށްފައި ވަނިކޮށް، މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހައްޔަރުކުރުމުގެ އަމުރު 6 އޭޕްރީލް 2017 ގައި ކްރިމިނަލް ކޯޓުން ނެރެފައިވަނީ ފުލުހުންގެ މުއައްސަސާގެ އެދުމަކަށް ކަމަށް ވަކީލުންގެ ބަޔާނުގައި ވަނީ ބުނެފައެވެ. ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އެމަނިކުފާނު ހައްޔަރުކުރުމުގެ އަމުރަށް ކްރިމިނަލް ކޯޓުގައި އެދިފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް ނޫން ކަމަށެވެ. އެހެންކަމުން އެއަމުރަކީ ގާނޫނާ ޚިލާފު އަމުރަކަށް ވާތީ، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އެ އަމުރު އިސްތިއުނާފު ކުރުމަށްޓަކައި އާދީއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ އިސްތިއުނާފު ނުކުރެވޭނެ ކަަމަށްބުނެ ކްރިމިނަލް ކޯޓުގެ ކައުންޓަރުން އިސްތިއުނާފީ މައްސަލައިގެ ލިޔުންތައް ބަލައިގަންނަން އުޒުރުވެރިވެފައިވާ ކަމަށް ގާނޫނީ ޓީމުން ބުނެއެވެ. އެޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ކަނޑައެޅިގެން ޚިލާފަށް ކްރިމިނަލް ކޯޓުން ނެރުނު މިއަމުރުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން، އެ މައްސަލަ ބަލައިގަތުމަށް ކޯޓުން އިންކާރުކޮށްފައިވުމީ އޮނަރަބަލް ގާސިމް އިބްރާހީމް އިންސާފު ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅަށް ހުރަސްއެޅޭ އަދި އެކަމާމެދު އެމަނިކުފާނު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަންވާ މައްސަލައެއް ކަމަށެވެ

މީގެ އިތުރަށް ޝަރީއަތަށް މައްސަލައެއް ހުށަހެޅުމުގެ ކުރީގައި، މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށް ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނެ ހާލަތްތަކާއި ޝަރުތުތައް މުތާލިއާ ކުރުމާއި މުރާޖައާކުރަމުން ގެންދިއުމާއި، އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމަކީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ބ) ގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލް އަދާކުރައްވަންޖެހޭ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން ގާސިމް އިބްރާހީމް ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ މައްސަލަ ބައްލަވައި، އެކަމުގައި ގާނޫނީގޮތުން ފިޔަވަޅު އަޅުއްވައިދެއްވުން އެދި ޕީޖީއަށް މިހާރު ހުށަހަޅާފައިވާ ކަމަށްވެސް ގާނޫނީ ޓީމުން ވިދާޅުވިއެވެ.

މީގެ އިތުރަށް ގާސިމް އިބްރާހީމްގެ ބަންދަށް 6 ދުވަސް އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ މައްސަލަ ވެސް ގާނޫނީ ޓީމުން ވަނީ އިސްތިއުނާފަށް ހުށަހަޅާފައެވެ. އާދީއްތަ ދުވަހު މި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން އެމައްސަލައިގެ ލިޔުންތައް ކޯޓުން ވަނީ ބަލައިގެންފައެވެ. އެ މައްސަލަ ވީހާވެސް އަވަހަށް ބަލައިގަނެ، ގާނޫނީ ނިޒާމުގެ ތެރެއިން އިންސާފު ލިބިގެންދާނެ ކަމަށް ގާސިމް އިބްރާހީމް އުންމީދުކުރައްވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު