Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ ޖަމީލްގެ ޓްވީޓް

ރިޝްވަތު ދިންކަމަށް އިއުތިރާފްވި މެމްބަރުގެ މައްސަލަ ނުބެލޭ، ޤާސިމްގެ ތަހުގީގަކީ ސިޔާސީ ކަމެއް:ޑރ ޖަމީލް

މެމްބަރުންނަށް ފައިސާ ބެއްސެވި ކަމަށް އިއުތިރާފުވި މެމްބަރަކީ މުހައްމަދު އިސްމާއީލް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 1 އެޕްރީލު 2017 | ހޮނިހިރު 19:55
ޑރ ޖަމީލް: މަޤާމުން ބޭރުކުރެއްވީ މަޖިލީހުން

ޑރ ޖަމީލް: މަޤާމުން ބޭރުކުރެއްވީ މަޖިލީހުން

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ރިޝްވަތު ދިންކަމަށް އިއުތިރާފްވި ނަމަވެސް އެ މައްސަލަ ނުބެލޭ ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތަހުގީގަކީ ސިޔާސީ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޔޫއޯގެ ލީޑަރކަންވެސް ކުރައްވާ ޑރ ޖަމީލް ހޮނިހިރު ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ރިޝްވަތު ދިންކަމަށް މެންބަރުން އިއުތިރާފްވި. ނުބެލޭ. އޮނަރަބްލް ޤާސިމްގެ ތަހުގީގަކީ ސިޔާސީ ކަމެއް ކަމެއް،" ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުންގެ އިދާރާ ޓެގް ކުރައްވާ، ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލް ކުރައްވާފައިވާ މި ޓްވީޓް ކުރައްވާފައި މިވަނީ ރިޝްވަތު ދިނުމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޤާސިމް އިބްރާހީމް ވިދާޅުވެފައި ވަނީ ފުލުސް އޮފީހަށް ހާޒިރު ކުރަމުން ދަނީ ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ހަރުގޭގައި އޮތް ޖަލްސާއެއްގައި ޤާސިމް ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީންނާއި އެމްޑީޕީން ވަކިވެގެންގޮސް ޕީޕީއެމާއި ގުޅިފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަލުން އަނބުރާ އެޕާޓީތަކާއި ގުޅުމުން ހުރިހާކަމެއް ހަމަޖެހުނީ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ދިޔަ މެންބަރުން އަނބުރާ އެޕާޓީއަށް އަތުވެއްޖެނަމަ ދެވަނަ ދައުރަކަށް ހޮވައިދިނުމަށް އެހީތެރިވެދެއްވާނެ ކަމަށެވެ.

ޤާސިމް މިވާހަކަތައް ދެއްކެވީ މުޅި ރާއްޖެއަށް ފެންނަ ގޮތައް ލައިވް ކުރަމުންދިޔަ ޖަލްސާއެއްގައެވެ.

ޑރ ޖަމީލް އިޝާރާތް ކުރައްވާފައިވާ ފަދައިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެފައިވަނީ ރިޝްވަތުގެ ވާހަކަ މެންބަރުންނަށް ނުދެއްކެވޭނެ ކަމަށާއި އެފައިސާ ގޯނިގޯންޏަށް އަޅައިގެން މެންބަރުންގެ ގާތަށް ވަޑައިގެންނެވީ އެމެންބަރު ކަމަށެވެ.

މެންބަރު މުހައްމަދު އިސްމާއީލްވެސް އެވާހަކަ މަޖިލީހުގައި ދެއްކެވި ޖަލްސާއަކީ މުޅި ދުނިޔެއަށް ފެންނަ ގޮތަށް ލައިވް ކުރަމުންދިޔަ ޖަލްސާއެކެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު