Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޒީރާ ރައީސްގެ ކެމްޕެއިން

ރައީސް ނަޝީދުގެ އަޑެއް މި ރާއްޖެއަކުން ކަނޑުވައެއް ނުލެވޭނެ: އަސްލަމް

29 މެއި 2018 | އަންގާރަ 21:25

ރާއްޖޭގައި މީހުން ދިރިއުޅޭ 138 ރަށެއްގައި ވަނީ ކެމްޕެއިން ހިންގާފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 29 މެއި 2018 | އަންގާރަ 21:25
ކެމްޕެއިން ނިންމުމުގެ ޖަލްސާގައި އަސްލަމް ވާހަަކަ ދައްކަވަނީ

ކެމްޕެއިން ނިންމުމުގެ ޖަލްސާގައި އަސްލަމް ވާހަަކަ ދައްކަވަނީ

ކިތައްމެ ވަރަކަށް ހުރަސްތައް ކުރިމަތި ކުރުވި ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ އަޑެއް މި ރާއްޖެއަކުން ކަނޑުވައެއް ނުލެވޭނެ ކަމަށް އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓް ނަޝީދުގެ "ޖަޒީރާ ރައީސް"ގެ ކެމްޕެއިން ނިންމުމުގެ ގޮތުން އެމްޑީޕީ ހަރުގޭގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރާއްޖޭގައި މީހުން ދިރިއުޅޭ 138 ރަށެއްގައި ވަނީ ކެމްޕެއިން ހިންގާފައި ކަމަށާއި 79 ރަށަކަށް ޓީމުތައް ދަތުރުކުރެވިފައިވާ ކަމަށެވެ. އަދި ސްކައިޕް މެދުވެރިކޮށް 115 ރަށެއްގައި ރައީސް ނަޝީދު ރައްޔިތުންނާ ބައްދަލުކޮށްފައިވާ ކަމަށާއި 9 ރަށެއްގައި ބޮޑު ޖަލްސާ ބޭއްވި ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޒުވާނުންނަށް އަމާޒުކޮށްގެން ކޮފީވިތް ޖަޒީރާ ރައީސްގެ ނަމުގައި ހަރަކާތްތައް ބޭއްވުނު ކަމަށާއި ޒުވާނުންގެ ހުނަރު ދައްކާލުމުގެ ގޮތުން ހުނަރު ހާމަގެ ނަމުގައިވެސް ހަރަކާތްތަކެއް ބޭއްވިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ދޮރުން ދޮރަށް ރައީސް ނަޝީދާއެކު ގޭތަކަށް ސްކައިޕް މެދުވެރިކޮށް ހިނގުމުގެ ހަރަކާތްތަކެއް ހިންގިފައިވާ ކަމަށާއި ރަށުފެންވަރުގައާއި ޖަމާއަތުގެ ފެންވަރުގައިވެސް ވަރަށްގިނަ ހަރަކާތް ހިންގިފައިވާ ކަމަށެވެ.

ކެމްޕެއިންގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން އަސްލަމް ވިދާޅުވީ މިހުރިހާ ހަރަކާތްތަކެއްވެސް ހިންގީ އެކަމަށް ވަރަށްގިނަ ހުރަސްތަކާއި ގޮންޖެހުންތައް ކުރިމަތި ކުރުވާފައި ވަނިކޮށް ކަމަށެވެ. އޭގެތެރޭގައި ސަރުކާރާއި ވަކިވަކި ވުޒާރާތަކުންވެސް އެފަދަ ކަންކަން ކޮށްފައިވާ ކަމަށާއި އަންގާރަ ދުވަހުގެ ރޭ ބޭއްވި ބޮޑު ޖަލްސާވެސް ބާއްވަން ބޭނުންވީ އަލިމަސް ކާނިވާ ސަރަހައްދުގައި ކަމަށެވެ. ނަމަވެސް އެތަންވެސް ނުލިބުނީ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެކިއެކި ގޮންޖެހުންތައް މިދަނީ ކުރިމަތި ކުރުވަމުން. އަޅުގަނޑުމެންނަކީ މުއާސަލާތީ ގޮތުން މިއަށްވުރެ މާ ދަށްކޮށް އޮތް ޒަމާނެއްގައިވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވިއޭ އިނގިރޭސވިލާތުން މިނިވަން ރޭޑިއޯވެސް ފޮނުއްވައިދެއްވި ބޭފުޅުން. އަޅުގަނޑުމެން އެމްޑީޕީގެ މެންބަރުންނަކީ ޖަލްސާތައް ސީޑީގައި ރެކޯޑްކޮށްގެންވެސް ރަށްރަށުގެ ހޮޅުއަށިތަކަށް ފޯރުކޮށްދިން މީހުންތިބި ޕާޓީއޭ. ރައީސް ނަޝީދުގެ އަޑެއް މިރާއްޖެއަކުން ކަނޑުވައެއް ނުލެވޭނެޔޭ،" އެ މަނިކުފާނުގެ އިންޓަވިއުތައް ބްރޯޑްކާސްޓްކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާއިރު، އެކަމަށް އިޝާރަތް ކުރައްވައި އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިކެމްޕޭނުން ލިބިގެން ދިޔައީ އިތުރު ހިތްވަރަކާއި ޖޯޝެއް ކަމަށާއި ރައީސް ނަޝީދާއެކު ކުރެވުނު މަސައްކަތުގެ ސަބަބުން އެމަނިކުފާނު އެކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ މިސްރާބު ހިއްޕަވަންވީ ދިމާ އިތުރަށް ސާފުވެވަޑައިގެން އެމަނިކުފާނު އެކުރައްވާ މަސައްކަތްޕުޅުތަކަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ.

"މިލާ ވޯޓަކީ ރައީސް ވަހީދާއި ރައީސް ޔާމީންގެ ފެއިލްވެފައިވާ ސިޔާސަތުގެ ސަބަބުން ފުނޑުފުނޑުވެފައިވާ މި ޖަޒީރާ ރާއްޖެ އަލުން އަނބުރާ އާރާސްތުކުރުމަށް ލިބިގެންދާ ފަހި ފުރުސަތެކޭ." އަސްލަމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް