Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޤުދުސްގެ މައްސަލަ

ޤުދުސްގައި އެމެރިކާ އެމްބަސީ ހުޅުވާ ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭފުޅުން އިއުލާންކޮށްފި

ރަސްމިއްޔާތު އޮންނާނީ މެއި 14 ގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 8 މެއި 2018 | އަންގާރަ 06:29
އެމެރިކާ އެމްބަސީ ހުޅުވުމުގެ ކުރިން އެމްބަސީ ހުންނަ ސަރަހައްދު އަންގައިދޭ ނިޝާން ބޯޑުތައް ވަނީ ހަރުކޮށްފައި

އެމެރިކާ އެމްބަސީ ހުޅުވުމުގެ ކުރިން އެމްބަސީ ހުންނަ ސަރަހައްދު އަންގައިދޭ ނިޝާން ބޯޑުތައް ވަނީ ހަރުކޮށްފައި

އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ޤުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވުމަށް ބާއްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާ އެމެރިކާގެ އިސް ބޭފުޅުންގެ ލިސްޓު ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން އާއްމު ކޮށްފިއެވެ.

އިސްރާއީލުގެ ވެރިރަށް ތެލްއަވީވުގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލުކުރުމަށް ނިންމާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ތެލް އަވީވުން ޤުދުސްއަށް އެމްބަސީ ބަދަލު ކުރުމަށް ނިންމީ ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން މިދިޔަ ޑިސެމްބަރު މަހު ބަލައިގަތުމާއި ގުޅިގެންނެވެ. އެ ނިންމުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ވައުދުފުޅެކެވެ.

އެމެރިކާއިން މިރަސްމިއްޔާތަށް ވަޑައިގަންނަވާ 5 ބޭފުޅުންގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ދަރިކަނބަލުން އިވާންކާ ޓްރަމްޕްއާއި، އިވާންކާގެ ފިރިކަލުން ޖެރަޑް ކުޝްނާގެ އިތުރުން، ޓްރެޝަރީ ސެކްރެޓަރީ ސްޓީވް މަނޫޗިން، އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ފްރިޑްމަން އަދި ޓްރަމްޕްގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބު ޖޭސަން ގްރީންބްލެޓް އެވެ. މި ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިވެވެވަޑައެއް ނުގަންނަވާނެއެވެ.

އެމްބަސީ ހުޅުވާ ރަސްމިއްޔާތަށް ވަޑައިގަންނަވާނެ ބޭފުޅުން ވައިޓް ހައުސްއިން އިއުލާންކުރިއިރު، އެމްބަސީއަށް ދާން އޮންނަ މަގު އަންގައިދޭ ނިޝާން ބޯޑު ޤުދުސްގެ މަގުތަކުގައި ހޯމަ ދުވަހު ވަނީ ހަރުކޮށްފައެވެ. މި ބޯޑުގައި ޢަރަބި، ޢިބްރީ އަދި އިނގިރޭސި ބަހުން 'ޔޫ.އެސް އެމްބަސީ' ޖަހާފައި ހުރެއެވެ.

ޤުދުސްއަކީ އިސްރާއީލުން ވެރިރަށުގެ ގޮތުގައި ބެލިނަމަވެސް، އެބިމަކީ 1967ވަނަ އަހަރުގެ ހަނގުރާމައިގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އިސްރާއީލުން ހިފާފައިވާ ބިމަކަށް ވާތީ، އެމެރިކާއާއި ބައިނަލްއަޤްވާމީ މުޖްތަމައުން މީގެ ކުރިން އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލަމުން އައީ ތެލްއަވީވް އެވެ. އަދި ހުރިހާ ޤައުމެއްގެ އެމްބަސީތައް ވެސް ހުރީ ތެލްއަވީވް ގައެވެ. އެހެން ނަމަވެސް މީގެ ކުރިން އަމަލުކުރަމުން އައި އުޞޫލުން ފެޔަށް ޖެހިވަޑައިގެން ޓްރަމްޕް ވަނީ މެދުއިރުމަތީގައި ސުލްހަ ޤާއިމްކުރެވޭނީ އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގެންކަމަށް ވިދާޅުވެ، އެމެރިކާގެ އެމްބަސީ ބަދަލުކުރާނެކަން ހާމަކުރައްވާފައެވެ.

އެމެރިކާގެ އެމްބަސީ މިމަހުގެ 14ވަނަ ދުވަހު ޤުދުސްއަށް ބަދަލުކުރަން ނިންމިއިރު، ހޯމަ ދުވަހު އިސްރާއީލުގެ ޚާރިޖިއްޔާއިން ބުނީ މިމަހުގެ ފަހިކޮޅު ޕެރަގުއާއީގެ އެމްބަސީވެސް ޤުދުސްއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ގިނަ ޤައުމުތަކުން އަދިވެސް ބުނަމުން ދަނީ އެމްބަސީ ބަދަލު ނުކުރާނެ ކަމަށެވެ.

ޤުދުސްއަކީ ޔަހޫދީންގެ އިތުރުން ނަޞާރާއިންނާއި މުސްލިމުން ވެސް މުޤައްދަސްތަނެއްގެ ގޮތުގައި ބަލާ ރަށެކެވެ. އަދި ފަލަަސްތީނުން އެޤައުމުގެ މިނިވަން ދައުލަތެއްގެ ވެރިރަށެއްގެ ގޮތުގައި ބަލަނީވެސް އިރުމަތީ ޤުދުސްއެވެ. އެމެރިކާއިން ނިންމުމާއި ގުޅިގެން ފަލަސްތީނުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްސަކޮށް މުސްލިމް ޤައުމުތަކުގައި، ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ދިޔައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު