Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީގެ ޝާޙީ އާއިލާ

ސައުދީގެ އަސްކަރިއްޔާއިން އެގައުމުގެ ރިޔާސީ ގަނޑުވަރު ކައިރިން ކުޅޭކުޅޭ ޑްރޯންއެއް ވައްޓާލައިފި

ހާދިސާ ހިނގީ ސައުދީގެ ގަޑިން ރޭގަނޑު 7:50 ހާއިރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 22 އެޕްރީލު 2018 | އާދީއްތަ 04:54
ޑްރޯން އަރުވާކަން ފާހަގަވީ  ޚުޒަމާ ގެ ޗެކްޕޮއިންޓަކާއި ހަމައިން

ޑްރޯން އަރުވާކަން ފާހަގަވީ ޚުޒަމާ ގެ ޗެކްޕޮއިންޓަކާއި ހަމައިން

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ އެ ގައުމުގެ ރިޔާސީ ގަނޑުވަރުގެ ކައިރިން ކުޅޭކުޅޭ ޑްރޯން އެއް އެ ގައުމުގެ ސަލާމަތީ ބާރު ތަކުން ވައްޓާލައިފިއެވެ.

އަލް ޖަޒީރާ ރިޕޯޓް ކޮށްފައިވާ ގޮތުގައި އޮންލައިންގައި ޕޯސްޓް ކޮށްފައިވާ ވީޑިއޯއަކީ އެތަނުގައި ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދެވިފައިވާކަން ދެއްކުމަށް ޕޯސްޓްކޮށްފައިވާ ވީޑިއޯއެކެވެ.

ރިޔާޟްގެ ފުލުހުންގެ ރަސްމީ ތަރުޖަމާނާ ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާ އެސްޕީއޭއިން ހޮނިހިރު ދުވަހު ބުނީ ޚުޒަމާ ގެ ޗެކްޕޮއިންޓަކާއި ހަމައިން ހުއްދަ ނެތި ކުޅޭކުޅޭ ކުޑަ ޑްރޯން އެއް އަރުވަނިކޮށް ފެނިގެން ސަލާމަތީ ބާރުތަކުން އޭތި ވައްޓާލާފައިވާ ކަމަށެވެ.

ސައުދީގެ ގަޑިން ރޭގަނޑު 7:50 ހާއިރު ހިނގި މި ހާދިސާގެ ތަހުގީގު ކުރިޔަށްދާކަމަށް ސައުދީ ޕްރެސް އޭޖެންސީން ރިޕޯޓް ކޮށްފައިވެއެވެ.

އެއްވެސް މީހަކު ޒަޚަމްވިކަމެއް ނުވަތަ އެއްވެސް ތަނަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަކަށް މިހާތަނަށް ރިޕޯޓް ކޮށްފައެއްނުވެއެވެ.

ސޯޝަލް މީޑިއާގައި ޝެއަރކޮށްފައިވާ ވީޑިއޯއިންވަނީ 30 އަށް ސިކުންތަށް ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދެވިފަވާ ކަމަށް ދައްކުވާފައެވެ. އެއާއިއެކު ވަނީ ސިޔާސީ ބޮޑު ކޯޅުންގަނޑެއް ހިނގާކަމުގެ ޚަބަރުތަކެއް ފެތުރިފައެވެ.

އަލްޖަޒީރާއިން ބުނެފައިވަނީ އެ ވީޑިއޯގެ ސައްހަކަން އެ އެޖެންސީއަށް ކަށަވަރު ނުކުރެވޭ ކަމަށް ބުނެފައެވެ.

ނަން ހާމަ ނުކޮށް ސައުދީގެ އޮފިޝަލަކު ރޮއިޓަރސްގައި ބުނެފައިވަނީ އެ ހާދިސާ ހިނގިވަގުތު ރަސްގެފާނު ސަލްމާނު ގަނޑުވަރުގައި ނޫޅުއްވާ ކަމަށެވެ.

އޭނާ ބުނީ ރަސްގެފާނު އެވަގުތު ވަޑައިގެން އުޅުއްވީ ދީރިޔާގައި އޮންނަ އެމަނިކުފާނުގެ ދަނޑު ބިމުގައި ކަމަށެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
20 މެއި 2017

ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

20 މެއި 2017
ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
06 މާރިޗު 2017

އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި

06 މާރިޗު 2017
އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
03 މާރިޗު 2017

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

03 މާރިޗު 2017
ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު