Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޤުދުސްގެ މައްސަލަ

އިރުމަތީ ޤުދުސްގައި އިސްރާއީލުން އަނެއްކާ ވެސް 3 ލައްކަ ގެ އަޅަނީ

ފަލަސްތީނުން ވަނީ އެކަން ކުށްވެރިކޮށްފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2017 | ހޯމަ 12:06
ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ހައުސިން ޔުނިޓްތަކެއް އަޅަނީ

ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ހައުސިން ޔުނިޓްތަކެއް އަޅަނީ

އިރުމަތީ ޤުދުސްގައި އިސްރާއީލުން އަނެއްކާ ވެސް 3 ލައްކަ ހައުސިންގ ޔުނިޓް އެޅުމަށް ކުރަމުންދާ މަސައްކަތް ފަލަސްތީނުން ކުށްވެރި ކޮށްފިއެވެ.

ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން އެވުޒާރާގެ ފޭސްބުކް ޕޭޖްގައި އާއްމު ކޮށްފައިވާ ބަޔާނެއްގައި ބުނީ ހިފާފައިވާ އިރުމަތީ ޤުދުސްގައި ޔަހުދީ އާބާދީއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތް ކުށްވެރި ކުރާ ކަމަށެވެ. އަދި އިސްރާއީލުގެ އިސްތިއުމާރީ ބޮޑާކަން ބޮޑުވެފައިވަނީ އިރުމަތީ ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތުމާއި ގުޅިގެން ކަމަށް ބުނެ، ފަލަސްތީނުގެ ޚާރިޖިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ފަލަސްތީނުން ބުނީ އިސްތިއުމާރީ ބާރު، އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގެ ޒިންމާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނަގަން ޖެހޭ ކަމަށެވެ.

އިސްރާއީލުގެ މީޑިއާއިން ބުނާ ގޮތުގައި އެޤައުމުގެ ހައުސިންގ މިނިސްޓަރ ޔޮއާވް ގަލަންތު މަސައްކަތް ކުރައްވަނީ ހުޅަނގު އައްސޭރީގެ ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ބިނާކޮށްފައިވާ އާބާދީތަކަކީ އިރުމަތީ ޤުދުސްގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށެވެ. 'ގްރޭޓަރ ޖެރޫސަލަމް ބިލް'ގެ ނަމުގައި އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލިސް، ނެސެޓަށް މިކަމާއި ބެހޭ ބިލެއް މިދިޔަ އޮކްޓޯބަރު މަހު ހުށަހެޅުމަށް ތައްޔާރުވި ނަމަވެސް، އަދި އެބިލް ނެސެޓަށް ހުށަހަޅާފައެއް ނުވެއެވެ.

މި ޤާނޫނު ފާސްވެއްޖެނަމަ އަނެއްކާ ވެސް ބައިނަލްއަޤްވާމީ ޤާނޫންތަކާއި ޚިލާފަށް އިސްރާއީލުން ފަލަސްތީނުގެ އިތުރު ސަރަހައްދަކަށް ވެރިވެގަތީއެވެ. މިސަރަހައްދުގައި މިހާރުވެސް 140،000 ޔަހޫދީން ދިރިއުޅެއެވެ.

އިސްރާއީލުން ޤުދުސްއަށް އަތްގަދަ ކުރުމަށް ކުރާ މަސައްކަތުގައި މިހާރު މަސައްކަތް ކުރަމުން ދަނީ 3 ދީނުގެ މީހުން ދިރިއުޅެމުންދާ އެރަށުގައި ޔަހޫދީންގެ އާބާދީ އިތުރު ކުރުމަށެވެ. ޔަހޫދީންގެ އާބާދީ ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތުގައި އިރުމަތީ ޤުދުސްގައި ދިރިއުޅެމުންދާ މުސްލިމުން ވަރަށް ބޮޑަށް ދަނީ އެކަހެރި ކުރަމުންނެވެ.

1967ވަނަ އަހަރު އިސްރާއީލުން އިރުމަތީ ޤުދުސްއަށް ބައިނަލްއަޤްވާމީ ޤާނޫނުތަކައި ޚިލާފަށް ވެރިވެގަތްފަހުން މިހާރު އެރަށުގެ 86 އިންސައްތަ ކޮންޓްރޯލްކުރަނީ ޔަހޫދީންނެވެ.

ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަތުމާއި ދެކޮޅަށް ދުނިޔޭގެ ޤައުމުތަކުން އަޑުއުފުލަމުންދާއިރު، އިސްރާއީލާއި ދެކޮޅަށް ފަލަސްތީނުގައިވެސް ބޮޑެތި މުޒާހަރާތައް ކުރަމުންދެއެވެ. އަދި މުޒާހަރާކުރާ މީހުންނާއި ޔަހޫދީ ސިފައިން ކުރަމަތިލަމުންދާއިރު، ޔަހޫދީ ސިފައިން ވަނީ ފަލަސްތީނުގެ 15 މީހަކު މިކުރިމަތިލުންތަކުގައި ޝަހީދު ކޮށްލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

05 މާރިޗު 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު