Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލްގައިދާ

ޤުދުސްގައި އެމްބަސީ ހުޅުވާތީ އެމެރިކާއާ ދެކޮޅަށް ޖިހާދަށް ނިކުންނަން ޖެހޭ: އަލްގައިދާގެ ލީޑަރު

14 މެއި 2018 | ހޯމަ 10:22

އެމެރިކާގެ އެމްބަސީ ހޯމަ ދުވަހު ޤުދުސްގައި ހުޅުވާނެ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 14 މެއި 2018 | ހޯމަ 10:22
އަލްގައިދާގެ ލީޑަރު އައިމަން އަލްޒަވާހިރީ

އަލްގައިދާގެ ލީޑަރު އައިމަން އަލްޒަވާހިރީ

އިސްރާއީލުގައި ހުންނަ އެމެރިކާ އެމްބަސީ ޤުދުސްއަށް ބަދަލު ކުރާ ކުރުމާމެދު މުސްލިމުން އެމެރިކާ އާ ދެކޮޅަށް ޖިހާދު ކުރުމަށް އަލްގައިދާގެ ލީޑަރު އައިމަން އަލް-ޒަވާހިރީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އެމްބަސީ ހޯމަ ދުވަހު ޤުދުސްގައި ހުޅުވާއިރު މިކަމާ ބެހޭގޮތުން ޒަވާހިރީ "ޓެލްއަވީވް އަކީވެސް މުސްލިމުންގެ ބިމެއް،" މިނަމުގައި ނެރުއްވި ވިޑިއޯ މެސެޖެއްގައި ވިދާޅުވީ އެމެރިކާ އިން އިސްރާއީލުގައި ހުންނަ އެގައުމުގެ އެމްބަސީ ޤުދުސްއަށް ބަދަލުކުރަން ނިންމައި، އެކަން ކުރުމުން އަންގައިދެނީ ފަލަސްތީނުގެ މައްސަލާގައި ކުރެވޭ މަޝްވަރާތަކުން ފަލަސްތީނު ފެއިލްވުން ކަމަށެވެ.

ޒަވާހިރީ އިތުރަށް ވިދާޅުވީ އެމެރިކާ އަކީ "މުސްލިމުންގެ އެންމެ ބޮޑު ދުޝްމަން ކަން" އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން ހާމަކުރައްވާފައިވާ ކަމަށެވެ. ޒަވާހިރީ ވިދާޅުވީ އދ ގެ މެމްބަރު ގައުމުތަކުގެ ގޮތުގައި މުސްލިމު ގައުމުތަކުން ތިބެ މުސްލިމުންގެ މަސްލަހަތު އިސްލާމީ ގައުމުތަކަށް ހިމާޔަތް ނުކުރެވޭނެ ކަަމަށެވެ.

އެމެރިކާގެ އެމްބަސީ ހޯމަ ދުވަހު ޤުދުސްގައި ހާއްސަ ހަފްލާއެއް ބާއްވާ ހުޅުވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވޮޝިންޓަން ގައި ހުންނަވާ ހާއްސަ ވިޑިއޯ މެސެޖެއް ދެއްވާނެއެވެ. އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތަށް އެމެރިކާ ސަރުކާރުގެ ބޮޑު ވަފުދެއް އާދީއްތަ ދުވަހު ވަނީ އިސްރާއީލަށް ވަޑައިގެންފައެވެ. އޭގެ ތެރޭގައި ވައިޓްހައުސްގެ އިސް މުޝީރުންގެ ގޮތުގައި މަސައްކަތް ކުރައްވާ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕާއި، އެކަމަނާގެ ފިރިކަލުން ޖެރާޑް ކުޝްނަރ ހިމެނިވަޑައިގަންނަވައެވެ.

އިސްރާއީލުގެ ވެރިރަށަކީ ފަލަސްތީނުގެ ގުދުސް ކަމަށް ނިންމައި، އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމާއި އެއްގޮތަށް، ހޯމަ ދުވަހު ގުދުސްގައި އެމެރިކާގެ އެމްބަސީގެ އައު އޮފީސް ހުޅުވާއިރު، މި ހަފްލާ ރާވާފައި މިވަނީ ވަކި ދައުލަތެއްގެ ގޮތުގައި އިސްރާއީލު ގާއިމުކުރިތާ 70 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެންނެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް