Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެނުއެލް މެކްރޮން

އެކުވެރިކަމުގެ ދުވަހަކަށްފަހު މެކްރޮން ޓްރަމްޕަށް ވަރުގަދަ ބަހުގެ ޙަމަލާތަކެއް ދެއްވައިފި

ޓްރަމްޕްގެ ސިޔާސަތުތަކަށް ފާޑުވިދާޅުވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 26 އެޕްރީލު 2018 | ބުރާސްފަތި 03:38
މެކްރޮން އެމެރިކާގެ ކޮންގްރެސް އާއި މުޚާޠަބުކުރެއްވުމުގެ ކުރިން ކޮންގްރެސް މެމްބަރުންނަށް އަތުން އިޝާރާތްކޮށްލައްވަނީ

މެކްރޮން އެމެރިކާގެ ކޮންގްރެސް އާއި މުޚާޠަބުކުރެއްވުމުގެ ކުރިން ކޮންގްރެސް މެމްބަރުންނަށް އަތުން އިޝާރާތްކޮށްލައްވަނީ

ވަރަށް އެކުވެރިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އެކު އަންގާރަ ދުވަހުގެ ވަގުތުތައް ހޭދަކުރެއްވުމަށްފަހު، ޓްރަމްޕްގެ ސިޔާސަތުތަކަށް ފަރަންސޭސީ ރައީސް އެމަނުއެލް މެކްރޮން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ދެގެ ކަމަށްވާ ހައުސް އޮފް ކޮމަންސް އަދި ސެނެޓްގެ މެމްބަރުންނާއި މުޚާޠަބުކުރައްވައި ވާހަކަ ދައްކަވަމުން މެކްރޮން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ވަކިވެގަތުމާއި އެކަހެރިވެގަތުމުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ. މީގެ އިތުރުން ދުނިޔޭގެ ހުރިހާ ޤައުމަކުން އެއްބަސްވި ތިމާވެއްޓާބެހޭ މުޢާހަދާ، ޕެރިސް އެގްރިމެންޓުން ބޭރުވާން އެމެރިކާއިން ނިންމި ނިންމުމަށް ފާޑުވިދާޅުވެ، އަލުން އެ އެއްބަސްވުމުގައި ބައިވެރިވުމަށް މެކްރޮން ވަނީ އެމެރިކާއަށް ގޮވާލައްވާފައެވެ.

މެކްރޮން ވިދާޅުވީ މިއީ 21 ވަނަ ޤަރުނުކަމަށާއި، މިޤަރުނުގައި ދިމާވާ މައްސަލަތައް ހައްލުކުރެވޭނީ ދޭދޭ ޤައުމުތައް ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. އަދި ދޭދޭ ޤައުމުތަކުގެ ގުޅުން މިޒަމާނުގެ ޒާތުގައި ތަޢާރަފްކުރީ އެމެރިކާއިން ކަމަށާއި، އެ ގުޅުންތައް ދަމަހައްޓަން އެމެރިކާގެ އެހީތެރިކަން ބޭނުންވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މެކްރޮން ވަނީ ވަކިވެގަތުމާއި ހައްދުފަހަނައަޅާފައިވާ މިންވަރަށް ވަޠަނީވުމުގެ ރޫޙު ދޫކޮށް، ބައިނަލްއަޤްވާމީ ބައިވެރިވުން އިތުރުކުރުމަށް އެމެރިކާއަށް ގޮވާލައްވާފައެވެ.

އީރާނުގެ ނިއުކްލިއަރ މައްސަލައިގައި ބައިނަލްއަޤްވާމީ މުޖްތަމައުއާއި އީރާނާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ މައްޗަށްވެސް މެކްރޮންގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެ އެއްބަސްވުމަކީ "ރަނގަޅު ޑީލެއް ނޫން"ކަމަށް ވިދާޅުވެ، އެ އެއްބަސްވުމުންވެސް ބޭރުވާން ޓްރަމްޕް ވަނީ ނިންމަވާފައެވެ. އެހެން ނަމަވެސް އެއެއްބަސްވުމުން ފަރަންސޭސީވިލާތް ބޭރު ނުވާނެކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން މެކްރޮން ވިދާޅުވީ މިހާރު އޮތް އެއްބަސްވުމަށްވުރެ ރަނގަޅު ގޮތެއް ނުހޯދާ އެއްބަސްވުމުން ބޭރުވުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި، އެކަމުގެ ސަބަބުން ނިކުންނަ ނަތީޖާގެ ޒިންމާ އެމެރިކާ އާއި އެމެރިކާގެ ރައީސް އަމިއްލައަށް ނަގަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޕެރިސް އެގްރިމެންޓާބެހޭ ގޮތުން ކޮންގްރެސް އާއި މުޚާޠަބުކުރައްވަމުން މެކްރޮން ވިދާޅުވީ ޕްލެނެޓް ބީ އެއް ނެތްކަމަށާއި، އެހެންކަމުން އަދި ކޮންމެވެސް ދުވަހަކުން އެމެރިކާ އެނބުރި އައިސް ޕެރިސް އެގްރިމެންޓާއި ގުޅޭނެކަމަށެވެ.

ފަރަންސޭސީ ވިލާތުގެ ރައީސް އެމަނުއެލް މެކްރޮން އަކީ ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންގެ ތެރެއިން ޓްރަމްޕްއާއި އެންމެ ގާތްގުޅުމެއް އޮންނަ އެއް ލީޑަރެވެ. ޚާއްސަކޮށް ޓްރަމްޕްގެ ސިޔާސަތުގެ ސަބަބުން ޔޫރަޕްގެ ގިނަ ލީޑަރުންނާއި ޓްރަމްޕްއާއި ދެމެދު ގިނަ މައްސަލަތަކެއް ޖެހިފައިވީނަމަވެސް، މެކްރޮން އާއި ޓްރަމްޕްގެ ގުޅުން ރަނގަޅުވުމުގެ ސަބަބުން، މެކްރޮން އަކީ ޓްރަމްޕްއާއި ޔޫރަޕް ގުޅުވައިދޭ ފާލަންކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

ފަރަންސޭސީ ރައީސް އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށްފަހު ޖަރުމަންވިލާރުގެ ޗާންސެލަރ އެންގެލަރ މާކެލްވެސް ހުކުރު ދުވަހު ވޮޝިންޓަނަށް ވަޑައިގަންނަވާނެއެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!

13 މެއި 2017
ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު