Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއައިބީ

އެމްއައިބީގެ އޭޓީއެމްއެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުޅުވައިފި

އޭޓީއެމް މެދުވެރިކޮށް ދުވާލަކު 20,000ރ. އާ ހަމައަށް ފައިސާ ނެގޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 މެއި 2018 | ހޯމަ 12:06
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުޅުވި އޭޓީއެމް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުޅުވި އޭޓީއެމް

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމްއެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހޯމަ ދުވަހު ހުޅުވައިފިއެވެ.

އެ އެޓީއެމް ހުޅުވައިދެއްވީ އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރ އާދިލް މޫސާ އަދި އެމްއައިބީގެ އެކްޓިން ސީއީއޯ އަހުމަދު ރިޒާއެވެ.

އަހުމަދު ރިޒާ ވިދާޅުވީ އޭޓީއެމް ހުޅުވުމުގެ މަޤްސަދަކީ އެއަރޕޯޓުގެ ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ފަސޭހައިން އެމްއައިބީގެ ހިދުމަތްތަށް ފޯރުކޮށްދިނުމަށް ކަމަށާއި ދުވާލަކު20,000 ރ. އާ ހަމައަށް ފައިސާ ނެގޭނެ ކަމަށެވެ.

މި އޭޓީއެމް ހުޅުވާފައި ވަނީ ހުޅުލޭ ޑޮމެސްޓިކް ޓާމިނަލާ މާ ދުރު ނޫން ހިސާބެއްގައެވެ.

އެމްއައިބީ އިން ވަނީ މިއަހަރުގެ މެއި 8 ވަނަ ދުވަހު ފައިސާ މޮބައިލްގެ ނަމުގައި މޮބައިލް ބޭންކިންގ އެޕްލިކޭޝަނެއް ވެސް ލޯންޗުކޮށްފައެވެ.

މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެކައުންޓް ބެލެންސް ބެލުމާއި ޓްރާންސެކްޝަންގެ ހިސްޓްރީ ބެލުމާއި އެހެން ބޭންކްތަކުގެ އެކައުންޓުތަކަށާއި އެމްއައިބީގެ އެކައުންޓުތަކަށް ފައިސާ ފޮނުވުމުގެ އިތުރުން ފައިނޭންސިންގ ފެސިލިޓީސްތަކުގެ ތަފްސީލާއި ޗެކް ފޮތުގެ ތަފްސީލް ބަލާލެވޭނެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހިދުމަތް ރާއްޖޭގައި ފަށާފައި ވަނީ 2011 ވަނަ އަހަރުގެ މާރޗް މަހުގައެވެ.

އިތުރަށް ކިޔާލަން

08 ޖުލައި 2018

ދިރާގުޕޭ އެން.އެފް.ސީ ޑެބިޓް ކާޑު ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ތައާރަފު ކޮށްފި

08 ޖުލައި 2018
ދިރާގުޕޭ އެން.އެފް.ސީ ޑެބިޓް ކާޑު ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ތައާރަފު ކޮށްފި
30 މެއި 2018

އެމްއައިބީގެ ފައިސާ ކާޑު ބޭނުންކޮށްގެން ޕައްޕަޑަމްސް އިން ޑިސްކައުންޓް!

30 މެއި 2018
އެމްއައިބީގެ ފައިސާ ކާޑު ބޭނުންކޮށްގެން ޕައްޕަޑަމްސް އިން ޑިސްކައުންޓް!
01 ފެބުރުއަރީ 2018

ވެލާނާ އެއާޕޯޓްގައި 12000 އަކަމީޓަރުގެ ކާގޯ ޓަރމިނަލެއް އެޅުމުގެ މަސައްކަތް ފަށައިފި

01 ފެބުރުއަރީ 2018
ވެލާނާ އެއާޕޯޓްގައި 12000 އަކަމީޓަރުގެ ކާގޯ ޓަރމިނަލެއް އެޅުމުގެ މަސައްކަތް ފަށައިފި
18 ސެޕްޓެމްބަރު 2017

ރިކޯޑް އަދަދެއްގެ ޝެފުންނާއެކު އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ފަށައިފި

18 ސެޕްޓެމްބަރު 2017
ރިކޯޑް އަދަދެއްގެ ޝެފުންނާއެކު އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ފަށައިފި
09 ޖުލައި 2017

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް "އިންޑިއަން އޯޝަންސް ބެސްޓް އެއާޕޯޓު" ލިބިއްޖެ

09 ޖުލައި 2017
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް "އިންޑިއަން އޯޝަންސް ބެސްޓް އެއާޕޯޓު" ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު