Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިޕާ ވައިރަސް

ނިޕާ ޖެހިގެން ކެރެލާއިން 13 މީހަކު މަރުވެއްޖެ

ނިޕާ ވައިރަސް ޖެހިގެން 13 ވަަނަ މީހާ މަރުވީ އިއްޔެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 28 މެއި 2018 | ހޯމަ 08:07
ވާ ތަކެއް. ނިޕާ ވައިރަސް އެންމެ ބޮޑަށް ފެތުރެނީ ވާލުން

ވާ ތަކެއް. ނިޕާ ވައިރަސް އެންމެ ބޮޑަށް ފެތުރެނީ ވާލުން

އިންޑިއާގެ ކެރެލާގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ނިޕާ ވައިރަސް ޖެހިގެން 13 މީހަކު މަރުވެއްޖެއެވެ.

ނިޕާ ޖެހިގެން އެންމެ ފަހުން އާދީއްތަ ދުވަހު މަރުވީ އުމުރުން 26 އަހަރުގެ އަބިން ނަމަކަކަށް ކިޔާ އޮޓޯ ޑްރައިވަރެކެވެ. ޚަބަރުތައް ބުނާ ގޮތުގައި އޭނާއަށް ނިޕާ ޖެހިފައިވަނީ އެ ބަލި ޖެހިފައިވާ ބަޔަކު ދިރިއުޅުނު އޭނާގެ އާއިލީ ގެއަކަށް ގޮސްއުޅުމުގެ ތެރޭގައެވެ.

އިންޑިއާގެ ޑައިރެކްޓަރ އޮފް ހެލްތު ސާވިސަސް ޑރ.އާރު އެކް ސަރީތާ ވިދާޅުވީ ނިޕާ ވައިރަސްކަމަށް ޝައްކު ކުރެވޭ 22 މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެތެރެއިން އެކަކު ނިޕާއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

އާދީއްތަ ދުވަހު ނިޕާއަށް ޝައްކުވެގެން 12 މީހަކަށް ފަރުވާ ދީފައިވާ ކަމަށާއި އޭގެ ތެރެއިން 6 މީހަކަށް އަދިވެސް ފަރުވާ ދެމުންދާކަމަށް ސަރީތާ ވިދާޅުވިއެވެ.

ޖަނަވާރުތަކުގެ ހަށިގަނޑުން ފެންނަ ނިޕާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1999 ވަނަ އަހަރު އޫރުގެ ހަށިގަނޑުންނެވެ.

އާންމުކޮށް ނިޕާ ވައިރަސް ޖެހެނީ ވާލުގެ ޒަރިއްޔާއިން ކަމަށްވެއެވެ. ގައިންގަޔަށް އަރާ މިބަލި އިންޑިއާގައި މިފަހަރު ފުރަތަމައަށް ޖެހުނު މީހުންނަކީ ވާ ދަތް ޖަހާފައިވާ އަނބާއި އެހެނިހެން މޭވާ ކެއުމުގެ ސަބަބުން ވައިރަހުގެ އަސަރު ކުރި މީހުން ކަމަށް ވަނީ ލަފާކޮށްފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު