Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުހައްމަދު ސަލާހު

ސަލާހުގެ އަނިޔާ ގޯހެއް ނޫން، ވޯލްޑް ކަޕަށް ފިޓުވާނެ ކަމުގެ އުއްމީދު ބޮޑު

27 މެއި 2018 | އާދީއްތަ 16:34

ސަލާހުއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 27 މެއި 2018 | އާދީއްތަ 16:34
ފައިނަލްގައި ލިބުނު އަނިޔާގެ ސަބަބުން އޭނާ ދަނޑުން ވެސް ބޭލި

ފައިނަލްގައި ލިބުނު އަނިޔާގެ ސަބަބުން އޭނާ ދަނޑުން ވެސް ބޭލި

މިސްރުގެ ފޯވާޑް މުހައްމަދު ސަލާހަށް ލިބުނު އަނިޔާ އެހާ ބޮޑު ނޫން ކަމަށާއި އަންނަ މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕަށް އޭނާ ފިޓުވާނެ ކަމަށް މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.

ސަލާހަށް އަނިޔާވީ 3-1 ގެ ނަތީޖާއަކުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ލިވަޕޫލް ބަލިވި މެޗުގައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ސާޖިއޯ ރާމޯސްއާ އެކު ބޯޅަ ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް ސަލާހު ވެއްޓުނު ވަގުތު އޭނާގެ އަތަށާއި ކޮނޑުހުޅަށް އަނިޔާވެފައިވެއެވެ. މި އަނިޔާގެ ސަބަބުން އޭނާއަށް މެޗުގައި އިތުރަށް ނުކުޅެވުނު އިރު އޭނާ ވަނީ ދަނޑުން ބާލާފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ސަލާހުގެ އަނިޔާއަކީ ބެލެވޭ ގޮތުގައި ވަރަށް ސީރިއަސް އަނިޔާއެއް ކަމަށާއި އިތުރު މައުލޫމާތު ދެވޭނީ ޓެސްޓުތަކަށް ފަހު ކަމަށެވެ.

އެހެން ނަމަވެސް މިއަދު މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ ލިވަޕޫލްގެ އޮފިޝަލުންނާއި ވާހަކަ ދެކެވިފައިވާ ކަމަށާއި އޭނާގެ ކޮނޑުހުޅަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ. އަދި އެކްސްރޭތަކުން ފެންނަ ގޮތުގައި އޭނާގެ ކޮނޑުހުޅު ނެއްޓިފައި ނުވާ ކަމަށާއި ވޯލްޑް ކަޕަށް އޭނާ ފިޓުވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެސް މިސްރުގެ އެފްއޭއިން ބުނެފައިވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވީ ވެސް ކޮލިފައިންގެ އެންމެ ފަހު މެޗުގެ އެންމެ ފަހު މިނެޓުގައި ސަލާހު ޖެހި ޕެނަލްޓީއެއްގެ ސަބަބުންނެއެވެ. އޭނާއަކީ އެ ޓީމުގެ ކެޕްޓަނަށް ވާއިރު އޭނާއަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެކެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި މިސްރު ހިމެނިފައި ވަނީ އުރުގުއޭ އަދި ރަޝިއާގެ އިތުރުން ސައުދީ އަރަބިއްޔާއާ އެކު ގްރޫޕް އޭގައެވެ. ގްރޫޕް ފިޔަވަހީގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 15 ވަނަ ދުވަހު އުރުގުއޭއާ ދެކޮޅަށް މިސްރު ނުކުންނައިރު ދެވަނަ މެޗުގައި އޭގެ ހަތަރު ދުވަސް ފަހުން މިސްރު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕްގެ އެންމެ ފަހު މެޗުގައި ޖޫން 25 ވަނަ ދުވަހު މިސްރު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.

ވޯލްޑް ކަޕްގެ ކުރިން މިސްރުގެ ގައުމީ ޓީމު ކޭމްޕް ކުރާނީ އިޓަލީގައެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގެ ކުރިން ކޮލޮމްބިއާ އަދި ބެލްޖިއަމްއާ ދެކޮޅަށް އެގައުމު ރަހުމަތްތެރިކަމުގެ މެޗުތަކެއް ވެސް ކުޅޭނެއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް