Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަޒީރުގެ ޕާސްޕޯޓް ހިފެހެއްޓުން

ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓާފައި ބޭއްވުމަށް ކޯޓުން އަނެއްކާ ވެސް އަމުރެއް ނެރެފި

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޖޫން މަހުގެ 21 ވަނަ ދުވަހާއި ހަމައަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 މެއި 2018 | ހޮނިހިރު 02:56
އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުޤައްރިރު އަލީ ނަޒީރު

އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުޤައްރިރު އަލީ ނަޒީރު

ފުލުހުން އެދުމުން އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުޤައްރިރު އަލީ ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓުމުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓުން އަނެއްކާ ވެސް ކޯޓު އަމުރެއް ނެރެފިއެވެ.

ނަޒީރުގެ ޕާސްޕޯޓް ފުރަތަމަ ހިފަހެއްޓީ މާޗް 21 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ނަޒީރު ހޮނިހިރު ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ތިން ވަނަ އަމުރު ނެރެފައިވާ ކަމަށާއި ތަހުގީގުގައި އިތުރު ކަމެއް ނެތް ކަމަށް ފުލުހުން ބުނިތާ ދެ މަސް ދުވަސް ވެފައިވާ ކަމަށެވެ. އަދި އެ ޒާތުގެ ކަންކަމުން ޔަޤީންވެ ކަށަވަރުވާ ކަމަކީ ދިވެހި ފުލުހުންގެ ޕްރޮފެޝަނަލް ނޫންކަމާއި ސިޔާސީ ނުފޫޒު ވެދެފައިވާ މިންވަރާއި ޤާނޫނު ނެގެހެއްޓުމުގައި ފެއިލް ވެފައި އޮތް މިންވަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަޒީރު ވަނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރު ޓުވީޓްގައި ހާމަ ކުރައްވާފައެވެ.

އެ ކޯޓު އަމުރުގައިވަނީ ފެބްރުއަރީ 5 ވަނަ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނިކޮށް، އެ ޤަރާރުން އެއްވެ އުޅުމުގެ ޤާނޫނު ސަސްޕެންޑް ކުރެވިފައިވަނިކޮށް މާރޗް 16 ވަނަ ދުވަހު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ރަށްތަކުން މަގުތަކަށް މީހުން ނިކުތުމަށާއި ސަރުކާރާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާ ކުރުމަށް ހިތްވަރުދީ، ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްދާނެ ކަމަށް ފެންނާތީ އާއި އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފިނަމަ މައްސަލަ ތަހުގީގު ކުރަން ހުރަސް އެޅިދާނެ ކަމަށެވެ.

ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓާ މުއްދަތަކީ މި މެއި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ގޮސް ޖޫން މަހުގެ 21 ވަނަ ދުވަހާއި ހަމައަށެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު