Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިއްދޫ ކައުންސިލް ރައީސް

ދިއްދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި!

22 މެއި 2018 | އަންގާރަ 23:03

ހައްޔަރުކުރީ ސައްހަ ނޫން ލިޔެކިޔުންތަކެއް ގެންގުޅޭކަމަށް ބުނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 22 މެއި 2018 | އަންގާރަ 23:03
އަލީ ހާޝިމް

އަލީ ހާޝިމް

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާޝިމް ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ މެންދަމު އޭނާ ދިރިއުޅުއްވާ ގެ، ހއ. ދިއްދޫ ބުރުނީ ވިލާ ބަލައި ފާސްކުރުމަށް ފަހުއެވެ. ހާޝިމް ދިރިއުޅުއްވާ ގެ ބަލާ ފާސްކުރުމަށް ފުލުހުން ގެންދިޔަ ކޯޓު އަމުރުގައިވަނީ ގެ ބަލާ ފާސްކުރަނީ ސައްހަ ނޫން ލިޔެކިޔުންތަކެއް ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.

Advertisement - newsAdvertisement

ހާޝިމް ހައްޔަރުކުރުމަށް ވަކި އަމުރެއް ފުލުހުން ހޯދާފައިވާއިރު، އެއަމުރުގައި ހާޝިމް ހައްޔަރުކުރާ ސަބަބެއް ކަމަށް ބުނެފައިވަނީ މިދިޔަ މާޗް މަހުގެ 1 ވަނަ ދުވަހު ދިއްދޫ ކައުންސިލް އިދާރާއިން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވި ލިޔެކިޔުންތަކުގެ ތެރޭގައި ސައްހަނޫން ލިޔެކިޔުންތަކެއް ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސައްހަ ނޫން ލިޔުންތައް އުފެއްދުމުގައި ހާޝިމްގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތުކުރެވޭތީ އާއި، އެމައްސަލައިގައި ހެކިބަސް ދޭން ތިބި ބަޔަކަށް ނުފޫޒު ފޯރުވައި، ހެކި ނައްތާލަފާނެކަމަށް ބެލެވޭތީކަމަށެވެ. އަދި މީގެ އިތުރުން މައްސަލައިގެ ތަހުޤީޤަށް ނުފޫޒު ފޯރުވައި، ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސް އަޅަމުންދާކަމަށް ތުހުމަތުކުރެވޭތީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ހާޝިމް ހައްޔަރުކުރަން ކޯޓު އަމުރުގައިވެއެވެ.

ފުލުހުން ހާޝިމްގެ ގެ ބަލާ ފާސްކުރަނީ

މިމައްސަލައިގައިވެސް ފުލުހުންނަށް ލިބިފައިވާ ހެއްކެއްގެ ގޮތުގައި ވަނީ ފުލުހުންނަށް ލިބިފައިވާ ސިއްރު މައުލޫމާތެވެ.

ހާޝިމް ހައްޔަރުކުރުމުގެ ކޯޓު އަމުރާއި، އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރުމުގެ އަމުރުވެސް ނެރެފައިވަނީ ހއ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ލިބޭ މީހުންގެ ލިސްޓެއް ހައުސިން މިނިސްޓްރީން ތައްޔާރުކޮށް އިއުލާނުކޮށްފައި ވަނިކޮށް، އެ ލިސްޓާ ޚިލާފަށް، އައު ލިސްޓެއް ތައްޔާރުކޮށް ނެރޭނެ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ރައްޔިތުންނަށް ސިޓީ ފޮނުވާފައިވާކަމަށް ބުނެ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އޭނާ ސަސްޕެންޑްވެސްކޮށްފައިވެއެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ހާޝިމް އަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ، ހއ ގައި އެމްޑީޕީގެ ޙަރަކާތްތަކުގައި އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. ދިއްދޫ ކައުންސިލްގައި ތިއްބަވާ 5 މެމްބަރުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނެވެ.

ތުހްމަތުތަކެއްކޮށް ހާޝިމް ހައްޔަރުކުރިއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ހއ. އަތޮޅުން ވެސް ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް