Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ދަރަނި

ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެގެން ދާތީ ސަރުކާރާއި، ރައްޔިތުން ވިސްނަންޖެހޭ: އަނާރާ

މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބޭރުގެ ދަރަނި ވަނީ 1.1 ބިލިއަން ޑޮލަރަށް އަރައި، 26 ޕަސެންޓް އިތުރުވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 22 މެއި 2018 | އަންގާރަ 06:15
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް...

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް...

ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެގެން ދާތީ ދިވެހި ސަރުކާރާއި، ރައްޔިތުން ފުންކޮށް ވިސްނާ ރައްކާތެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ގޮވާލައްވައިފިއެވެ.

ސްރީލަންކާގެ ބޭރުގެ ދަރަނިތައް ބޮޑުވެ ގައުމު ބަނގުރޫޓުވުމުގެ ކާރިސާއަކާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް އެގައުމުގެ މާލީ ވުޒާރާއިން އިންޒާރު ދިނުމާއި ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވާ އަނާރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭ ދަރަނިވެރިވަމުންދާއިރު މިކަމާ މެދު ސަރުކާރާއި ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. އަދި ރާއްޖޭ މިހާރު އޮތީ ނުރައްކާތެރި ފަށްތަރެއްގައި ކަމަށެވެ.

ލަންކާ ބަނގުރޫޓްވުމުގެ ކާރިސާއަކާ ދިމާއަށް ގައުމު ދަތުރުކުރަމުންދަނީ، ކުރީގެ ސަރުކާރުން އަގުބޮޑު މަޝްރޫއުތައް ހިންގުމަށްޓަކައި، އަނބުރާ ބޮޑު އަދަދެއް ދައްކާގޮތަށް ނަގާފައިވާ ލޯނުތަކުގެ ސަބަބުން ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ. ހަމަ އެގޮތަށް ރާއްޖޭގެ ތަރައްގީ ގިނަ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން އަންނަނީ ނުއަގުގައި ގިނަ ލޯންތައް ނަގަމުންނެވެ.

ރައީސް ޔާމިންގެ ސަރުކާރުން ގިނަ އަދަދެއްގެ ލޯނު ނަގަމުންދާތީ ސިޔާސީ އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. ގައުމު ދަރުވައިގެން ގެންނަ ތަރައްގީ ދިވެހިން ބޭނުން ނުވާ ކަމަށާއި، މިގޮތަށް ލޯނު ނަގާ ނަމަ ސްރީލަންކާގެ އިގްތިސާދު 87 ބިލިއަން އެމެރިކާ ޑޮލަރުން ދަރަނިވެރިވެފައިވާ ގޮތައް ރާއްޖެ ވެސް ދަރަނިވެރިވެ ލަންކާ އަށް ޖެހިފައިވާ ހާލަތު ޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ދައްކާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބޭރުގެ ދަރަނި މިވަނީ 1.1 ބިލިއަން ޑޮލަރަށް އަރައި، 26 ޕަސެންޓް އިތުރުވެފަ އެވެ. އެއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަހާލާނަމަ ބޮލަކަށް ގާތްގަނޑަކަށް 30،000ރ. ގެ ދަރަނި މިހާރު ޖެހޭނެ އެވެ.

މީގެ އިތުރަށް ވާރލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މިދިޔަ އަހަރު ވަނީ ރާއްޖޭގެ ދަރަނި ބޮޑުވަމުންދާތީ ކަންބޮޑުވުންފާޅު ކޮށްފައެވެ. ދަރަނި މެނޭޖު ކުރަން އިސްކަން ދިނުމަށް ވެސް ވަނީ ގޮވާލާފައެވެ. ނަމަވެސް ރައީސް ޔާމިންގެ ސަރުކާރުން މިކަމަށް އެއްވެސް ފަރުވާލެއްދޭ މަންޒަރެއް މިހާތަނަކަށް ނުފެންނަ ކަމުގައި އިދިކޮޅު ފަރާތްތަކުން ބުނަމުން ދެއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު