Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

ރައީސް މައުމޫނާއި ސިނާންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ

21 މެއި 2018 | ހޯމަ 12:57

މައުމޫނުގެ މައްސަލައިގެ އަޑުއެހުން އޮތީ 11.00 ގައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 21 މެއި 2018 | ހޯމަ 12:57
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު:- އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ އޮންނާނެ

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު:- އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ އޮންނާނެ

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމު ކުރަން ހުރަސްއެޅުމުގެ ދައުވާ އާއި ގުޅިގެން ހޯމަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

މި ދައުވާ އަކީ ރައީސް މައުމޫނުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އެއްކޮށް ކޮށްފައިވާ ދައުވާ އެކެވެ. އެހެން ނަމަވެސް މި މައްސަލައިގައި މާދަމާ ބާއްވާނީ ރައީސް މައުމޫނުގެ އަޑުއެހުން އެކަންޏެވެ. ސަބަބަކީ ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅުދެރަވެ، އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ހާޒިޒު ނުކުރެވުމުން އެމަނިކުފާނު ނުހިމަނައި އަލީ ހަމިދާއި އަބްދުﷲ ސައީދު ބައި އެދުވަހު ކުރިއަށް ގެންގޮސްފައިވާތީ އެވެ.

Advertisement - newsAdvertisement

މާދަމާ އޮންނާނީ ރައީސް މައުމޫނުގެ ފަރާތްޕުޅުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށެހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމާއި ގޮތެއް ނިންމެވުމެވެ. މާދަމާ މިއަޑުއެހުން ބާއްވަން ތާވަލުކޮށްފައިވަނީ ހެނދުނު 11.00ގައި އެވެ. މި ދައުވާ ރައީސް މައުމޫނުގެ މައްޗަށް އުފުލާފައިވަނީ އެމަނިކުފާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނު ދިނުމަށް އެދުމުން ފޯނު ދީފައިނުވާ ކަމަށް ބުނެ އެވެ.

މިއަޑުއެހުން ބޭއްވުމަށް އެންމެ ފަހުން ދެ ފަހަރުވެސް ތާވަލު ކުރުމަށްފަހު ދެ ފަހަރަށް ވެސް ކެންސަލް ކުރަން ޖެހުނީ ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން އެމަނިކުފާނު މާލޭ ނުގެނެސްދެވިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ދައުވާގެ އަޑުއެހުމެއް ވެސް މާދަމާ ބޭއްވުމަށް ވަނީ ތަވާލުކޮށްފަ އެވެ. މި އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 13.00ގައި އެވެ.

މި މައްސަލައިގައި އެންމެ ފަހުން ބާއްވަން ތާވަލުކުރި އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. މި މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް ކޯޓުން ނުބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން

ސިނާންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރުން ފެށިގެން ސިނާން, ރިޝްވަތުހިފައި އިތުރު ބަޔަކާ ބައިވެރިވެގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށްޓަކައި މަސައްކަތްކޮށް ގާނޫނު އަސާސީން ދައުލަތް ހިންގުމަށް ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުވައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މަސްލަހަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރެއް ސިނާން ނެރުއްވާފައިވާ ކަމަށް ތުހްމަތުކޮށެވެ. އޭގެ އިތުރުން ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ޕޮލިސް ކޮމިޝަނަރ އަހްމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާއި ކުރިމަތިލައި، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް ގާނޫނު އަސާސީއާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހާލަތެއް މެދުވެރިކުރުވަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ސިނާންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް