Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު 2018

ރައީސް ނަޝީދަށް ކުރިމަތި ނުލެވޭނަމަ އިދިކޮޅު އެއްވެސް ކެނޑިޑޭޓަކަށް ޔާމީން ފުރުސަތު ދޭނެ ކަމަށް ބަލައިގެން ނުވާނެ: އަސްލަމް

20 މެއި 2018 | އާދީއްތަ 02:16

ރައްޔިތުން ވަނީ ވަރަށްބޮޑު ކަމަކަށް ބޭނުންވެފައި. އެކަންކުރެވޭނީ ބޮޑު އަދަދަކަށް ރައީސް ނަޝީދަށް ވޯޓު ލިބިގެން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 20 މެއި 2018 | އާދީއްތަ 02:16
އަސްލަމް ތިނަދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ

އަސްލަމް ތިނަދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ކުރިމަތިލުމުގެ ފުރުސަތު ނުދީފިނަމަ އިދިކޮޅުން އެއްވެސް ކެނޑިޑޭޓަކަށް ރައީސް ޔާމީން ފުރުސަތު ދެއްވާނެކަމަށް ބަލައިގެން ނުވާނެކަމަށް ރައީސް ނަޝީދު ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

"ޖަޒީރާ ރައީސް" ކެމްޕެއިންގެ ތެރެއިން ހޮނިހިރު ދުވަހުގެރޭ ގދ ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީގެ މެންބަރުން ތިބީ ވަރަށް ބޮޑު އުއްމީދެއްގައި ކަމަށާއި އެންމެންވެސް ކުރާ ސުވާލަކީ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ކުރިމަތިލެވޭނެތޯ ކުރާ ސުވާލު ކަމަށެވެ. އެމްޑީޕީގެ މެންބަރުން ތިބީ އެއް އުއްމީދުގައި ކަމަށާއި އުއްމީދަކާއެކުގައި މަސައްކަތް ކުރުމުން އަބަދުވެސް މުއުމިނުންނަށް އެކަން ﷲ މިންވަރުކޮށްދެއްވާނެ ކަމަށެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ ރައީސް ނަޝީދު އިންތިޚާބަށް ކުރިމަތިލެއްވުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށާއި ސުޕްރީމް ކޯޓުންނާއި އދ އިންވެސް ރައީސް ނަޝީދަށް ކުރިމަތިލެއްވޭނޭކަމަށް ކަނޑައަޅައިފި ކަމަށެވެ.

''ރައީސް ޔާމީންގެ އެންމެބޮޑު ބޭނުމަކީ އަޅުގަނޑުމެންގެ އުއްމީދު ގެއްލުވާލުން. އަޅުގަނޑުމެން ބޭނުންވާ މީހަކަށް ކުރިމަތި ނުލެވޭނެކަމަށް އަޅުގަނޑުމެން ޤަބޫލު ކުރުވުން. މީގެ ކުރިން މިއަށްވުރެ މާބޮޑު ކަންތައްތަކެއް ދިމާވެފައި ވަނިކޮށް ކާމިޔާބުކޮށްފިން. އަޅުގަނޑުމެން ރައްޔިތުންނާ ބައްދަލުކުރަމުން މިދަނީ އެއުއްމީދު އޮތީމާ" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީން ކަންކުރާ އުސޫލެއް އޮންނަ ކަމަށާއި ރައީސަކަށް ލާނެ މީހަކު އަޅުގަނޑުމެން ވޯޓަކުން ނިންމަން ޖެހޭ ކަމަށެވެ. އެގޮތުން އެކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ރައީސް ނަޝީދު އެކަނި ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވޯޓުލާނީ ޕާޓީގެ ދަފްތަރުގައި ތިބި 56000 މީހުން ކަމަށާއި، އެ އެންމެން ވޯޓުލުމަށް އެދިލައްވާ ކަމަށެވެ. މަދު ބަޔަކު ވޯޓު ދިނަސް އިންތިޚާބު ކާމިޔާބު ވެދާނެކަމަށާއި އެކަމަކު މަދުބަޔަކުލައިފިއްޔާ މިކަން ނުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަޅުގަނޑުމެން އެންމެން ނުކުމެ ވޯޓުލުމުން އެބުނެވެނީ އަޅުގަނޑުމެން ބޭނުންވަނީ ވަކި މީހެއް ކަމަށް ކަމަށާއި އިންތިޚާބުގައި ފޯރިޔާއެކު ރައީސް ނަޝީދަށް ވޯޓް އަޅަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގޭ ދިވެހިންތިބީ ވަރަށްބޮޑަށް ކަމަކަށް ބޭނުންވެގެން. އެންމެނަށްވެސް އެނގޭ ރާއްޖޭގެ މިއަދުގެ ހާލަތު. އެކަން ބަދަލު ކުރެވޭނީ އަޅުގަނޑުމެން ބޭނުންވާ މީހާ ހޮވައިގެން. އެކަން ކުރެވޭނީވޯޓު އަޅައިގެން. ބޭނުންވާ މީހާ ނުލެވުނީމާ އަޅުގަނޑުމެން ބޭނުންވާ އެކަކަކުވެސްލިޔަކަ ރައީސް ޔާމީނެއް ނުދެއްވާނެ" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ 2013 ގައި ކޮންމެވެސް ގޮތަކަށް ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރެއްވުމުން އެމްޑީޕީން އެކަން ބަލައިގަތް ކަމަށާއި މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް ރައީސް ޔާމީން ހޯއްދެވި ކަމަށެވެ. އެކަމަކު ކޯލިޝަން ރޫޅި، މަޖިލިސް ގެއްލި، ބަޔާންތައް ލީކުވެ، އެއްބަފާ ބޭބެ ގެއްލުނީ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި ރައީސް ނަޝީދަށް ކުރިމަތިވެސް ލެއްވޭނެ ކަމަށާއި އެމަނިކުފާނު އިންތިޚާބު ކާމިޔާބުވެސް ކުރައްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް