Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ނަޝީދު 2018

ރައީސް ނަޝީދު ރައީސް ޔާމީނަށް: އިންތިހާބާއި މެދު ދެވަނަ ވިސްނުމަކަށް ވަޑައިގަންނަވާ

ވާދަވެރިންނަށް ފުރުސަތު ދެއްވުމަށް ގޮވާލެއްވި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 19 މެއި 2018 | ހޮނިހިރު 18:30
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރިޔަށް މިއޮތް ރިޔާސީ އިންތިހާބާމެދު ދެވަނަ ވިސްނުންފުޅަކަށް ވަޑައިގަތުމަށް އެމްޑީޕީގެ ޕްރައިމަރީގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ "ޖަޒީރާ ރައީސް" ކެމްޕެއިންގައި ގދ. ތިނަދޫގައި ބޭއްވި ޖަލްސްގާއި ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވަމުންނެވެ. ލަންކާގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަކީ ރައީސް ޔާމީނާއި އެމަނިކުފާނަށްވުރެ މާ ބޮޑު އަދި މުހިންމު އިންތިހާބެއް ކަމަށެވެ. އެގޮތުން ވާދަވެރިންނަށް ފުރުސަތު ދެއްވައި އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ ވިސްނުމަށް ވަޑައިގަތުމަށް ރައީސް ނަޝީދު ވަނީ ރައީސް ޔާމީނަށް ގޮވާލައްވާފައެވެ.

Advertisement - newsAdvertisement
"އަޅުގަނޑު އިހުލާސްތެރިކަމާއެކު ރައީސް ޔާމީން އަރިހުން ވެސް އެދެން، ކުރިޔަށް މިއޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ދެވަނަ ވިސްނުމަކަށް ވަޑައިގަތުމަށް. ވާދަވެރިންނާއި އެކުގައި ވާދަކުރައްވައިގެން އިންސާފުވެރި ރިވެތި އިންތިހާބެއް ބޭއްވުމުގެ ވިސްނުމަށް ވަޑައިގަތުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމެއް ރައްޔިތުން ބަލައިގަތީ ވާދަވެރި ސިޔާސީ ނިޒާމެއް ބަލައިގަތުމުގެ ގޮތުން ކަމަށާއި އަނިޔާވެރި ސިޔާސީ ނިޒާމެއް ހިންގާކަށް ނޫން ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ހުރިހާ ބާރެއް އަތްޕުޅަށް ނަންގަވާފައިވާ ކަމަށާއި ސުޕްރީމް ކޯޓުން އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ކަމަށް ހުކުމް އިއްވުމުން ދެ ފަނޑިޔާރުން ހައްޔަރުކޮށް ރާއްޖޭގެ ޝަރުއީ ނިޒާމް ރޫޅާލައްވާފައިވާ ކަމަށެވެ.

"ރިޔާސީ ނިޒާމް ދިވެހިން ބަލައިގަތީ ވާދަވެރި ސިޔާސީ ނިޒާމެއް ބަލައިގަތުމަށް. އަނިޔާވެރި ސިޔާސީ ނިޒާމެއް ހިންގާކަށެއް ނޫން."

ރައީސް ނަޝީދުގެ ކެމްޕެއިން އަތޮޅުތަކާއި މާލެ އަދި ރާއްޖެއިން ބޭރުގައި ހަލުވި ސްޕީޑެއްގައި ކުރިޔަށްދާއިރު އެމަނިކުފާނު ވަނީ 7739 މެމްބަރުންގެ ސޮޔާއެކު ޕްރައިމަރީގައި ވާދަކުރައްވާ ފޯމް ހުށަހަޅުއްވާފައެވެ. ޕްރައިމަރީއަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު ކުރިމަތިލެއްވީ ހަމައެކަނި ރައީސް ނަޝީދެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު