Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިޔާދަކުރަނިވި ހަކަތަ

ސާފު ހަކަތައިގެ މަގު ޗާޓު އެކުލަވާލައި ކުރިއަށް އޮތް ދެމަސް ދުވަހުން ނިންމާލެވޭނެ: އެންވަޔަރަންމަންޓް މިނިސްޓަރު

14 މެއި 2018 | ހޯމަ 10:36

ހަކަތައިގެ މަގުޗާޓް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްގެންދަނީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި ގުޅިގެން

އަމްނާ އިމާދު
އަމްނާ އިމާދު | 14 މެއި 2018 | ހޯމަ 10:36
އެންވަޔަރަމެންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް

އެންވަޔަރަމެންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް

ސާފު ހަކަތައިގެ މަގު ޗާޓު އެކުލަވާލައި ކުރިއަށް އޮތް ދެމަސް ދުވަހުން ނިންމާލެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހަކަތައިގެ މަގުޗާޓް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެންވަޔަރަމެންޓް މިނިސްޓްރީއާ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

ސާފު ހަކަތައިގެ މަގުޗާޓު 2018 - 2025 ގެ އެންމެ ފަހުގެ ދެލި ކޮޕީ ސަރުކާރުގެ މުއައްސަސާތަކާއި ހަކަތައިގެ ދާއިރާއާ ގުޅުންހުރި އަމިއްލަ ފަރާތްތަކާ ހިއްސާކޮށް މަޝްވަރާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް ވިދާޅުވީ މިމަގު ޗާޓު އެކުލަވާލުމަށްޓަކައި ރާއްޖޭގެ ހަކަތައިގެ ދާއިރާ ހިންގައި ތަރައްގީ ކުރުމަށް މިހާތަނަށް ހެދިފައިވާ ސިޔާސަތުތަކާއި ރޭވުންތަކާއި އަދި މަގުޗާޓުތައް މުރާޖާ ކުރެވިފައިވާ ކަމަށެވެ. ހަމަ އެއާއެކު މި ސިޔާސަތުތަކުގެ ލަނޑުދަނޑިތައް ހާސިލްވެފައިވާ މިންވަރު ވަނީ ދެނެގަނެވިފައިވާ ކަމަށެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ އެއްދުވަހަށް ކުރިއަށް ގެންދާ މިބައްދަލުވުމުގައި މަގު ޗާޓުގައިވާ މައުލޫމާތު މަޝްވަރާކޮށް އިތުރު ހިޔާލުތައް ހިމެނުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއިއެކު މަޝްވަރާ ކުރާނެ ކަމަށެވެ.

ތޯރިގު އިތުރަށް ވިދާޅުވީ ސާފު ހަކަތައިގެ މަގުޗާޓު އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެ ތެލުގެ މައްޗަށް ބަރޯސާވެފައިވާ މިންވަރުގެ 70 އިންސައްތަ ސާފު ހަކަތައަށް ބަދަލު ކުރުމަށް ގެންނަންޖެހޭ ކަންކަމަށް މަގު ދައްކައިދިނުން ކަމެށެވެ. އެގޮތުން ރާއްޖޭގެ މާހައުލުން އެންމެ އެކަށޭނަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތުގައި ސާފު ހަކަތަ މުޅި ރާއްޖެއަށް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި މަގުޗާޓެއް އެކުލަވާލެވޭ ފުރަތަމަ ފަހަރު ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

" ރާއްޖޭގައި މިހާރު މަސައްކަތް ކުރެވެމުންދާ ސާފު ހަލަތައިގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން މިދަނީ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 30 އިންސައްތައާ ހަމައަށް ސާފު ހަކަތަ ބޭނުންކޮށްގެން ހަކަތަ އުފެއްދުން. މިމަސައްކަތުގައި ޕްރައިވެޓް ސެކްޓާރ ބައިވެރިކޮށް ރިސޯޓުތަކާއި އާންމު ފަރުދުން ބައިވެރިކުރެވޭނެ" މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ރާއްޖޭގައި ހަކަތަ އުފައްދާ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ސަރުކާރުގެ ގުޅުންހުރި މުއައްސަސާތަކުގެ އިތުރުން ހަކަތައިގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާ އަމިއްލަ ބައެއް ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

މިބައްދަލުވުމުގައި މިމަގު ޗާޓުގައިވާ މައުލޫމާތު މަޝްވަރާކޮށް އިތުރު ހިޔާލުތައް ހިމެނުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއިއެކު މަޝްވަރާ ކުރެވޭނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ

13 ފެބުރުއަރީ 2017
ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް