Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޝާހީ ކައިވެނި

ޝާހީ ކައިވެނި: އެއްބަފާ ބޭބެ ބޭނުންވަނީ ކައިވެންޏަށް ދައުވަތު ދޭން

15 މެއި 2018 | އަންގާރަ 00:09

ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މެއި މަހުގެ 19 ވާ ހޮނިހިރު ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 15 މެއި 2018 | އަންގާރަ 00:09
މޭގަން އާއި ހެރީ

މޭގަން އާއި ހެރީ

އެމެރިކާއަށް އުފަން ބަތަލާ މޭގަން މާކަލްއާ އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ ކައިވެންޏަށް ދައުވަތު ދިނުމަށް އާދޭސް ކުރާކަމަށް މޭގަންގެ އެއްބަފާ ބޭބެ ތޯމަސް ޖޫނިއަރ ބުނާ ސިޓީއެއް އަނެއްކާވެސް އާންމުވެއްޖެއެވެ.

މޭގަންއާއި ގާތްގުޅުމެއް ނޯންނަ އޭނާގެ އެއްބަފާބޭބެ ތޯމަސް، ހެރީއަށް ފޮނުވާފައިވާކަމަށް ބުނާ ސިޓީއެއް މީގެ ދުވަސްކޮޅެއް ކުރިންވެސް ވަނީ ލީކުވެފައެވެ. އެ ސިޓީގައި އޭނާގެ ބޭބެ ބުނެފައިވަނީ ޝާހީ ކައިވެނި ހުއްޓާލަން އެދޭ ކަމަށާއި މޭގަންއާ ކައިވެނި ނުކުރުމަށް ހެރީގެ ކިބައިން އެދޭކަމަށެވެ. އަދި އާއިލާގެ އެއްވެސް މީހަކަށް މޭގަންގެ ކައިވެންޏަށް ދައުވަތު ނުދޭކަމަށާއި އޭނާ އަކީ ބައްޕައާއި މާގުޅުމެއް އޮންނަ މީހެއް ނޫންކަމަށް ވަނީ ބުނެފައެވެ. ކައިވެންޏަށް ދައުވަތު ނުދިން ކަމުގައިވިއަސް ކަންބޮޑު ނުވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން މޭގަން އާ ކައިވެނިކުރުމަކީ ހެރީއަށް ހެދޭނެ އެންމެ ބޮޑު އެއްގޯސްކަމަށް އޭނާ އެފަހަރު ވަނީ ބުނެފައެވެ.

ދެވަނައަށް ލީކުވެފައިވާ ސިޓީ ތޯމަސް އެޑްރެސް ކޮށްފައިވަނީ ސީދާ މޭގަންއަށެވެ. އޭނާ ބުނެފައިވަނީ މޭގަން އާއި ހެރީގެ ކައިވެނީގެ ހަފްލާއަށް ދައުވަތު ދިނުމަށް އާދޭސް ކުރާކަމަށެވެ. އަދި އެއީ އާއިލާއިން ވެސް އެދޭކަމެއްކަމަށާއި އާއިލާއަށް ދައުވަތު ދިނުމަށް އަދިވެސް ލަސް ނުވާކަމަށް ތޯމަސްގެ ސިޓީގައި ވަނީ ބުނެފައެވެ. މޭގަންއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކުރިން ލިޔުނު ސިޓީގައި ދައްކާފައި ހުރި ވާހަކަތަކަށް މޭގަން ހިތްބުރަ ނުކުރުމަށް އެދޭކަމަށާއި އެ ސިޓީގައި ދެއްކުނު ވާހަކަތަކަށް މާފަށްވެސް އެދޭކަމަށެވެ. ދެ ސޮފްހާގެ އެ ސިޓީގައި އިތުރަށް ބުނެފައިވަނީ މޭގަން އާއި އޭނާގެ އާއިލާއާއި ދޭތެރޭ އޮންނަ ގުޅުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ވަރަށް ކުޑަކަން އެނގޭ ކަމަށާއި އެހެން ނަމަވެސް އެއީ އެއް އާއިލާއެއްކަން ވަނީ ހަނދާން ކޮށްދީފައެވެ.

ތޯމަސް ސިޓީތައް ފޮނުވި ކަމުގައިވިއަސް މޭގަން އެ ސިޓީތަކާއިމެދު އެއްޗެއް ބުނެފައެއް ނުވެއެވެ.

މޭގަންގެ އާއިލާގައި ތިބެނީ އޭނާގެ އިތުރުން އެއްބަފާ ބޭބެ ތޯމަސް ޖޫނިއާ އާއި އެއްބަފާ ދައްތަ ސަމަންތާ ގްރާންޓްއެވެ.

ޝާހީ އާއިލާއިން ދަނީ މޭގަން އާއި ހެރީގެ ކައިވެންޏަށް ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. މި ކައިވެނީގެ ހަފްލާ ޒީނަތްތެރި ކުރާނީ ޕްރިންސް ހެރީގެ މަންމާފުޅު ޕްރިންސެސް ޑަޔާނާއަށް އެންމެ ކަމުދާ މާ ކަމަށްވާ "ވައިޓް ގާރޑްން ރޯސެސް" އަދި މޭގަން އަށް އެންމެ ކަމުދާ މާ ކަމަށްވާ "ޕިއޯނީ" އިންނެވެ.

ޕްރިންސް ހެރީ ދިރިއުޅުއްވާ ގަނޑުވަރު، ކެންސިންގްޓަން ޕެލަސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މޭގަން އާއި ހެރީގެ ކައިވެނީގެ ޕާޓީއަށް "ފްލޯރަލް ޑިޒައިނަރެއް" ހަމަޖައްސާފައި ވާކަމަށެވެ.

ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ހެރީ އާއި މޭގަންގެ ކައިވެނީގެ ޚަރަދު އިނގިރޭސިވިލާތުގައި ކުރާ އެހެން ކައިވެނިތަކަށް ވުރެ ސަތޭކަ ގުނަ ބޮޑުވާނެ ކަމަށް އަންދާޒާ ކޮށްފައއިވާއިރު ކައިވެނި ޕާޓީގެ އެއްވެސް ޚަރަދެއްގެ ތަފްސީލް ޝާހީ އާއިލާއަކުން ހާމައެއް ނުކުރެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

31 މެއި 2017

އިބްރާހިމޮވިޗް ބޭނުންވަނީ ޕްރިމިއާ ލީގުގައި ކުޅެން: އެޖެންޓް

31 މެއި 2017
އިބްރާހިމޮވިޗް ބޭނުންވަނީ ޕްރިމިއާ ލީގުގައި ކުޅެން: އެޖެންޓް
31 މެއި 2017

ޓްރާންސްފާ ބާޒާރުގައި ބާސާ އިން ހޯދަން ބޭނުންވަނީ ޔުނައިޓެޑްގެ ހެރޭރާ

31 މެއި 2017
ޓްރާންސްފާ ބާޒާރުގައި ބާސާ އިން ހޯދަން ބޭނުންވަނީ ޔުނައިޓެޑްގެ ހެރޭރާ
27 މެއި 2017

އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން

27 މެއި 2017
އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން
13 މެއި 2017

ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު: ފޮޓޯ

13 މެއި 2017
ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު: ފޮޓޯ
11 މެއި 2017

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ
11 މެއި 2017

ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން

11 މެއި 2017
ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން
28 މާރިޗު 2017

ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް

28 މާރިޗު 2017
ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
04 މާރިޗު 2017

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

04 މާރިޗު 2017
މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް