Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލް

ބީއެމްއެލްގެ ޚިދުމަތް ރާއްޖެއިން ބޭރަށް ފުޅާކުރުމުގެ ވަގުތު އައިސް ޖެހިއްޖެ: ސީއީއޯ

14 މެއި 2018 | ހޯމަ 07:10

ބޭންކް މިވަނީ ވަރަށް ކުރިއަރާގެން ގޮސްފައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 14 މެއި 2018 | ހޯމަ 07:10
ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދަނީ ކުރިމަގަށް ތައްޔާރު ވަމުން ކަމަށާ އެހެން ގައުމެއްގައި ބީއެމްއެލްގެ ޚިދުމަތް ދޭން ފެށުމުގެ ވަގުތު އައިސް ޖެހިއްޖެ ކަމަށް ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ އާދީއްތަ ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.

ބޭންކާއި ދިމާލަށް ނަޒަރު ހިންގާލައިފިނަމަ ކުރިއަރައިގެން ގޮސްފައިވާ މިންވަރު ހާމަވެ ފެނިގެންދާ ކަމަށާއި ރާއްޖެއިން ބޭރަށް ބީއެމްއެލް ފުޅާ ކުރަންވީ ވަގުތު އައިސް ޖެހިއްޖެކަން އަހަރީ ރިޕޯޓަށް ބަލާލުމުން ޔަގީން ވެގެން ދާކަމަށް އެންޑުރޫ ވިދާޅުވިއެވެ. އެންޑުރޫ ވިދާޅުވީ ބޭންކްގެ ޚިދުމަތް އެހެން ގައުމުތަކުގައި ފެށިކަމުގައި ވިޔަސް އަބަދު ވެސް އިސްކަމެއް ދޭނީ ރާއްޖެއަށް ކަމަށާއި މިއީ ދިވެހިންގެ ބޭންކެއް ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކުން ހޮޓެލް ޖެންގައި އާދީއްތަ ދުވަހު ރޭ ބޭއްވި 35 ވަނައަހަރުގެ އާއްމު އަހަރީ ޖަލްސާގައި އެންޑްރޫ ވަނީ ބީއެމްއެލް އިން ކުރަމުންދާ މަސައްކަތަށް އަލި އަޅުއްވާ ލައްވާފައެވެ.

ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކުން ހޮޓެލް ޖެންގައި އާދީއްތަ ދުވަހު ރޭ ބޭއްވި 35 ވަނައަހަރުގެ އާއްމު އަހަރީ ޖަލްސާގައި އެންޑްރޫ ވަނީ ބީއެމްއެލް އިން ބައިނަލް އަގްވާމީ ދުނިޔެއަށް ނިކުތުމުގެ ވަގުތު ޖެހިއްޖެ ކަމުގެ މައްޗަށް އަލި އަޅުއްވާ ވަރަށް ބޮޑަށް ވާހަކަފުޅު ދައްކަވާފައެވެ. ހަމަ އެއާއެކު އެންޑުރޫ ވަނީ އެހެންގައުމެއްގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ކުރަމުން ދާކަން ޔަގީން ކޮށްދެއްވާފައެވެ.

"އަޅުގަނގަޑަށް އިނގޭ އަދި އަޅުގަނޑުމެން ހާމައެއް ނުކުރާކަން ކޮން ގައުމެއްގަ ކަމެއް (އެންމެ ފުރަތަމަ ބީއެމްއެލްގެ) ޚިދުމަތް ފުޅާކުރަން ގަސްދު ކޮށްފައިވަނީކީ. ވަރަށް ގިނަ ބަޔަކު ދަނީ އެ މީހުންގެ ޚިޔާލުގައި ވާ ގައުމުތަކުގެ ނަންތައް ކިޔަމުން އެހެން ނަމަވެސް އަހަރުމެންގެ ލައިސެންސް އެޕްލިކޭޝަން އެގައުމުން މިވަގުތު ޗެކް ކުރަމުން ދާތީއާއި އެގައުމަށް ކުރާ އިހްތިރާމުގެ ސަބަބުން ލައިސަންސްގެ ހުއްދަ ނުލިބެނީސް އެއީ ކޮން ގައުމެއްކަން ރަސްމީކޮށް އިއުލާން ނުކުރާނަން" އެންޑުރޫ ވިދާޅުވިއެވެ

ބައިނަލް އަގްވާމީ ދުނިޔެއަށް ނިކުތުމަކީ ކަންމަތީ ފިހާރައެއް ހުޅުވާލުންހާ ފަސޭހަ ކަމެއް ނޫން ކަމަށާއި ވަރަށް ގިނަ ގުނަ ގޮންޖެހުންތަކާއި ކުރި މަތި ލާންޖެހޭނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ކުރިން އެއްވެސް ވަރަކަށް މި ބޭންކުން ކުރި ކަމެއް ނޫން ކަމަށާއި މިކަމުގައި އެއްވެސް ތަޖުރިބާއެއް ނެތް ކަމަށް އެންޑުރޫ ވިދާޅުވިއެވެ. އަދި ދުނިޔެއަށް ބީއެމްއެލް އިން ނިކުންނަ އިރު މަގުދައްކައިދޭން އެއްވެސް ބަޔަކު ނެތްކަން ވެސް ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް ބީއެމްއެލްގެ އަމާޒަށް ވާސިލް ވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި އިރާދަކުރެއްވިއްޔާ ކާމިޔާބު ލިބި އޭގެ ފަހަތުގައި ވާނީ ހީވާގި އަދި މުރާލި މުވައްޒަފުން ކަން ޔަގީންވާ ކަމަށް ވެސް އެންޑުރޫ ވިދާޅުވިއެވެ.

އެންޑްރޫ ވަނީ ބީއެމްއެލްއަށް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ލިބުނު ފައިދާ ދެ ގުނަ އިތުރުވެ، ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވާނެ ކަން ހާމަ ކުރައްވާފައެވެ. އަދި ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ބޭންކްގެ ހިއްސާގެ އަގު 240 އިންސައްތަ އިތުރުވެފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް