Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ސީޕީ އަރީފް

ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރަން އުޅުމުން މިވީ ޓެރަރިސްޓަކަށް: ކުރީގެ ސީޕީ އަރީފް

13 މެއި 2018 | އާދީއްތަ 18:22

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން އުޅުނިން، އެއީ ފުލުހުންގެ މައްޗަށް ލާޒިމްކަމެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 މެއި 2018 | އާދީއްތަ 18:22
ކުރީގެ ޕޮލިސް ކޮމިޝަނަރ އަހުމަދު އަރީފް (އަތް މައްޗަށް ނަންގަވައިގެން)

ކުރީގެ ޕޮލިސް ކޮމިޝަނަރ އަހުމަދު އަރީފް (އަތް މައްޗަށް ނަންގަވައިގެން)

ކޮށްފައިވާ ހުވަޔާ އެއްގޮތަށް ސުޕްރީމް ކޯޓު އަމުރެއް ތަންފީޒު ކުރަން އުޅުމުންވީ ޓެރަރިސްޓަކަށް ކަމަށާއި ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ފުލުހުން ތަންފީޒު ކުރަން ދެކޮޅު ހެދިތަނެއް މިނޫނިއްޔާ ނުދެކޭ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.

އަރީފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އަރީފް ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރެއް ނެރުމުން އެ އަމުރު ތަންފީޒު ކުރުމަކީ ގާނޫނުއަަސާސީއާއި ގާނޫނުތަކުން ފުލުހުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރެއްނަމަ އެ އަމުރާ މެދު އިތުރަށް ސުވާލު އުފެއްދުމުގެ ޖާގައެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަރީފް ވިދާޅުވީ ކޮމިޝަނަރ އޮޕް ޕޮލިސްގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް މަސައްކަތް ކުރުމުން ވަގުތުން މަގާމުން ވަކިކޮށް، ސަރުކާރު ވައްޓާލަން މަސައްކަތް ކުރިކަމަށްބުނެ ޓެރަރިސްޓެއްގެ ތުހުމަތު ކުރުމަކީ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

މީގެއިތުރުން އަރީފް ވިދާޅުވީ ފުލުހުންގެ ހިދުމަތުގައި 29 އަހަރު ހޭދަ ކޮށްފައިވާއިރު، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމަށާއި ދައުލަތުން އޭނާގެ ދައުވާ ކޮށްފައިވަނީ ހަގީގަތުގައި އަމުރު ތަންފީޒު ކުރަން އުޅުމުން ކަމަށާއި ހުވަޔާއި ހިލާފަށް އަމުރު ތަންފީޒު ނުކޮށް ނުހުރެވޭނެ ކަމަށެވެ. އަރީފް ވިދާޅުވީ، އޭނާ ޖަލަށްލާފައި ހުރުމަކީ މި ގައުމުގައި ގާނޫނީ އިމެއްނެތް ކަމާއި ގާނޫނީ ވެރިކަމެއް ނެތްކަން ދޭހަވާ ކަމެއް ކަމަށެވެ.

އަރީފްގެ މައްޗަށް ކުރާ ދައުވާ އިއްވުމުން ދިފާއީ ވަކީލުންގެ ސުވާލުތައް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ގާނޫނީ ވަކީލުންނާ ކުރިމަތިވިއިރު، އެމައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމްވެސް ވަނީ ބައެއް ސުވާލުތައް ޕީޖީގެ ވަކީލުންނާ ކުރިމަތި ކުރުވާފަ އެވެ.

އަރީފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ކުށުގެ ދައުވާގައި ވަނީ، އަރީފު، ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން 2017 ވަނަ އަހަރުން ފެށިގެން ގާނޫނީ ވެރިކަން ވައްޓާލުމަށް މަސައްކަތްކޮށްފައި ކަމަށެވެ. އަދި އޭނާ 1 ފެބްރުއަރީގައި ނެރުނު އަމުރާ ގުޅުވައި، ފުލުހުންގެ ތެރެއިން އޭނާ ބޭނުންވާ ވަކި ބަޔަކު ނަގައި އިތުރު ފުލުހުންތަކާ ކުރިމަތިލުމަށް ދުރާލާއި ރާވާފައި ކަމަށް ދައުލަތުން ތުހުމަތުކޮށްފައިވެ އެވެ. އޭގެ އިތުރުން ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހާލަތެއް މެދުވެރިކުރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އަރީފުގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ.

އެދައުވާގައި، ސުޕްރީމް ކޯޓުން 2018 ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރު ނެރުމަށް، 2017 ވަނަ އަހަރުން ފެށިގެން އަރީފް ކޮށްފައިވަނީ ކޮންކަމެއްތޯއާއި އަރީފާއި ސުޕްރީމް ކޯޓުގެ އެ އަމުރާ އޮތީ ކޮންގުޅުމެއްތޯއާއި ސުޕްރީމް ކޯޓުގެ އެ އަމުރުގައި އަރީފްގެ ސޮޔެއްވެސް ނެތެއް ނޫންތޯއޭ ވިދާޅުވެ ވަނީ ޕީޖީގެ ވަކީލުންނާ ސުވާލު ކުރައްވާފަ އެވެ.

ޕީޖީގެ ވަކީލުން ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި އަރީފްގެ ބައިވެރިވުން އޮތް މިންވަރު، ހެކީންގެ ހެކިބަސް ނަގާއިރު އެނގިގެންދާނެ ކަމަށެވެ. އަދި މިޝަރީއަތަށް ހުށަހެޅިފައިވާ ސިއްރު ބަޔާންތަކާއި ހެއްކާއި ގަރީނާތަކުން އެނގޭނެ ކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

ދައުވާގެ ބަޔަަށްފަހު އަރީފްގެ ބަންދާއި، ޖަލުގައި އަމަލު ކުރަމުންދާ ގޮތާ ގުޅޭގޮތުން އަރީފްގެ ހުރިކަންބޮޑުވުންތައް ފާޅު ކުރުމަށް އަރީފް އެދިލެއްވުމުގެ މަތިން ގާޒީ ހައިލަމް ވަނީ ދެއްވާފަ އެވެ. އަރީފް ވިދާޅުވީ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ވުރެ، ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްގެން ޖަލުގައި އޭނާ ބައްހަޓާފައިވާއިރު، އޭނާއަށް ލިބެންޖެހޭ ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށްފައިވާ ކަމަށެވެ.

އެކަނިމާއެކު ކުޑަ ތަންކޮޅެއްގައި ބަހައްޓާފައިވާއިރު، އެތަނުން ނެރެނީ ދުވާލަކު އެއްގަޑިއިރަށް ކަމަށް އަރީފް ވިދާޅުވި އެވެ. އަދި އެއްްވެސް މީހަކާ ބައްދަލުނުވާކަމަށާއި ސިއްހީ ފަރުވާއާއި އާއިލީ ބައްދަލުވުމާއި ގާނޫނީ ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތުވެސް ލިބެނީ ވަރަށް ވަރުން މަސައްކަތް ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަރީފް ވިދާޅުވީ ކޮންމެ ކަމަމަށް އެދުމަށް ފޯމެއް ހުށަހަޅަން ޖެހޭއިރު، ހާއްސަކޮށް ޑޮކްޓަރަށް ދެއްކުންފަދަ ކަންކަމަށް ވަރަށް ގިނަ ދުވަސް ނަގާކަމަށެވެ.

އަރީފްގެ އެ ޝަކުވާތަކަށް ޕީޖީގެ ވާކީލުން ވިދާޅުވީ ކޮންމެ ދުވަހަކު ނަރުސް ކުއްޖެއް އަރީފް ގާތަށް ދާނެ ކަމަށާއި ހަފްތާއަކު އެއްފަހަރު، އާއިލާ ބައްދަލުވުން އެއް ގަޑިއިރަށް، އަދި ހަމަޖެހިފައި އޮންނަ އުސޫލުން ގާނޫނީ ވަކީލުންނާވެސް ބައްދަލު ކުރެވޭ ކަމަށެވެ. ނަމަވެސް އަރީފް ވިދާޅުވީ ނާރުސް ކުއްޖެއް ނާންނަ ކަމަށާއި ޑޮކްޓަރަށް ދެއްކުމަށް މިހާރުވެސް އެދިފައިވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ.

އަރީފްގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ އެއްވެސް މީހަކާ ބައްދަލު ނުވާގޮތަށް އެގޮތަށް ކުޑަ ތަންކޮޅެއްގައި ބަންދުކޮށްފައި ބެހެއްޓުމަކީ ނަފްސާނީ ގޮތުން ބަލިކަށި ކޮށްލުމަށް ނޫން ސަބަބެއް ނެތް ކަމަށާއި އެކަން ދިފާއުކޮށް ދައުލަތުން ވާހަކަ ދައްކަވާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައިވާ މީހުންނާމެދު ގާނޫނީ އިމުގެ ތެރެއިން އަމަލު ކުރުމަށާއި އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތް ނުގެއްލޭގޮތަށް އަމަލު ކޮށްދިނުމަށާއި އެއާ ހިލާފަށް އުސޫލެއް އަދި ގަވާއިދެއް ވިޔަސް ވާނަމަ އެކަންކަން އިސްލާހު ކޮށްދެއްވުމަށް ބާރު އަޅުއްވާ ދެއްވުމަށް ގާޒީ ހައިލަމް އަރިހުން ހިސާން އެދިލެއްވި އެވެ.

ހައިލަމް ވިދާޅުވީ ޕީޖީގެ ވަކީލުން ޕީޖީ އާއިޝަތު ބިޝާމްއަށް މިކަންކަން ހިއްސާކޮށް، އެކަންކަން އިސްލާހު ކުރުމަށް ދަންނަވާ ކަމަށެވެ. އަދި ދެން މިމައްސަލާގައި ބޭއްވޭ އަޑުއެހުމެއްގައި މިކަންކަމާ ގުޅޭގޮތުން ސުވާލު ކުރެވޭނެ ކަމަށްވެސް ހައިލަމް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް