Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫނު

ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ދަނީ ގޯސްވަމުން: ނާދިރާ

12 މެއި 2018 | ހޮނިހިރު 06:21

ރައީސް މައުމޫން ގޭބަންދަށް ބަދަލު ކޮށްދޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު | 12 މެއި 2018 | ހޮނިހިރު 06:21
އައިމިނަތު ނާދިރާ -- ފޮޓޯ : ރާއްޖެ އެމްވީ

އައިމިނަތު ނާދިރާ -- ފޮޓޯ : ރާއްޖެ އެމްވީ

ޖަލު ބަންދުގައި ހުންނެވި ރައީސް މައުމޫންގެ ހާލުކޮޅު ދަނީ ކޮންމެ ދުވަހަކުވެސް ގޯސްވަމުން ކަމަށް ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސާ އާމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނާދިރާ ވިދާޅުވީ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ރަނގަޅު ނުވާ ކަމަށާއި، އިއްޔެ އޭޑީކޭއަށް ޑޮކްޓަރަށް ދެއްކުމަށް ގެނައީ ވެސް ކުއްލި އަކަށް ކަމަށެވެ.

Advertisement - newsAdvertisement

ނާދިރާ ވިދާޅުވީ ރައީސް މައުމޫން އިއްޔެ އޭޑީކޭއަށް ގެނެސް ލޮލުގެ ޚާއްސަ މީހަކަށް ދެއްކި ކަމަށާއި، އެމްއާރްއައި ވެސް ހެދި ކަމަށެވެ. އަދި އެމަނިކުފާނުގެ ޓެސްޓްތަކުގެ ނަތީޖާ އާއިލާއަށް ނުލިބޭ ކަމަށް ވިދާޅުވިއެވެ.

" ބައެއް މީހުންނަށް ރައީސް މައުމޫން ހޮސްޕިޓަލަށް ގެނައި މަންޒަރު ފެނިގެން އާއިލާއަށް ގުޅާފައި ބުނީ. ހޮސްޕިޓަލުން ފެނުނު. އެކަމަކު ބައްދަލު ކޮށްލާ ވާހަކަ ދައްކާލަން ފުރުސަތެއް ނުދޭ " ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ ރައީސް މައުމޫނަށް ކުރިމަތިވެވަޑައިގަނެފައިވާ މައްސަލައަކީ ބެނިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓީގޯ(ބީޕީޕީވީ) ނަމަކަށް ކިޔާ ހާލަތެއް ކަމަށެވެ. އެ ހާލަތު ކުރިމަތިވުމުން ބޮލަށް ގެންނަ ހަރަކާތެއްގެ ސަބަބުން ބެލެންސުން ނެއްޓި މީހާ ވެއްޓޭ ގޮތް މެދުވެރިވެދާނެއެވެ. އަދި އެ ހާލަތު ކުރިމަތިވާ މީހާއަށް އޭނާގެ ވަށައިގެން ހުންނަ އެއްޗެހި އެބުރޭހެން ހީވެދާނެއެވެ. އޭގެއިތުރުން ސްޓްރޯކް ޖެހުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވެދާނެއެވެ. އެހެންކަމުން އެމަނިކުފާނުގެ އަރިހުގައި އަބަދުވެސް އާއިލާ ބޭފުޅަކު ހުންނަވަން ޖެހޭ ކަމަށް ނާދިރާ ވިދާޅުވިއެވެ.

މީގެ އިތުރަށް ނާދިރާ ވިދާޅުވީ ކުރިއަށް އޮތީ ރަމަޟާން މަހަށްވުމާއެކު ކަރެކްޝަން ބޭފުޅުންނަށް ރައީސް މައުމޫން ބެލޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި، އެމަނިކުފާނު ގެއަށް ބަދަލުކުރަންޖެހޭ ކަމަށެވެ. ރައީސް މައުމޫނަކީ ހުކުމެއްގައި ބަންދު ކުރައްވައިފައި ހުރި ކުށްވެރިއެއް ނޫން ކަން ފާހަގަކުރައްވާ ނާދިރާ ވިދާޅުވީ އެމަނިކުފާނަށް ލިބެންޖެހޭ ހައްގުތައް ނިގުޅައި ނުގަނެވޭނެ ކަމަށެވެ.

ނާދިރާ ވިދާޅުވީ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުމާއި ގުޅިގެން ގެއަށް ބަދަލު ކޮށްދެއްވުމަށް އެދި ސަރުކާރުގެ އެކި މުއައްސަސާތަކަށް ލިޔެ ކިޔުންތައް ހުށައެޅި ނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އަދި މިކަމުގައި އަލި މަގެއް ފެންނަން ނެތް ކަމަށާއި، މިއީ އާއިލާ ވަރަށް ކަންބޮޑުވާ މައްސަލަ އެއް ކަމަށް ވެސް ނާދިރާ ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ވެރިކަން ގާނޫނު އަސާސީއާ ހިލާފަށް ވައްޓާލަން މަސައްކަތް ކުރިކަމުގެ ތުހުމަތާއި އިތުރު ތުހުމަތުތައްކޮށް ރައީސް މައުމޫނު ހައްޔަރު ކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް