Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް އަބްދުﷲ ޔާމީން

ޖަލުގައި މީހުން ތިބެން ޖެހެނީ ޖަލު ހެދިފައި ހުރީމަ: ރައީސް ޔާމީން

އެމަނިކުފާނާއި މީހުން ކުރިމަތިކުރުވާ ސުވާލުތަކަކީ މީހަކު ޖަލުގައި އިންނަނީ ކީއްވެގެންތޯ ފަދަ ސުވާލުތައް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 11 މެއި 2018 | ހުކުރު 22:53
\'ހެސްކިޔާފަ\' ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެޑައިގަންނަވަނީ

\'ހެސްކިޔާފަ\' ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެޑައިގަންނަވަނީ

ޖަލުތަކުގައި މީހުން ތިބެން ޖެހެނީ ޖަލުތައް ހެދިފައިވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީޕީއެމްއިން 'ހެސްކިޔާފަ' ނަމުގައި އަލިމަސް ކާނިވަލުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ދެރަފުޅުވަނީ އެމަނިކުފާނާއި މީހުން ކުރިމަތިކުރުވާ ސުވާލުތަކަކީ މީހަކު ޖަލުގައި އިންނަނީ ކީއްވެގެންތޯ ފަދަ ސުވާލުތަކަށް ވުމުން ކަމަށެއެވެ. ސަމާސާ ރާގަކަށް އެ ސުވާލުގެ ޖަވާބު އަރުވަމުން ރައީސް ޔާމީން ވިދާޅުވީ މީހަކު ޖަލުގައި އިންނަންޖެހޭ ސަބަބަކީ ޖަލު ހެދިފައި ހުރުމުން ކަމަށެވެ.

Advertisement - newsAdvertisement
"މީހަކު ޖަލުގައި އިންނަން ޖެހޭ ސަބަބަކީ. ސަމާސާ މިސާލެއް ދަންނަވަނީނަމަ، އެ ޖަލު ހެދިފަ ހުރީމަ. އެ ނޫންތޯ މީހަކު ޖަލުގައި އިންނަން ޖެހޭ ސަބަބަކީ" ރައީސް ޔާމީން ވިދާޅުވިއެވެ.

ހަމައެހެންމެ މި ޖަލްސާގައި އެމިނިކުފާނު ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކަށް ހޫނު ރައްދެއް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަންގެ ވާހަކަ ދެއްކޭނެ އެއްވެސް ސިޔާސީ ލީޑަރަކު ރާއްޖޭގައި ނެތް ކަމަށާއި ކޮރަޕްޝަންގެ ވާހަކަ ދައްކަވާނަމަ ރާއްޖޭގައި ދިމާވި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަތައް މިހާރު ހުންނަންވާނީ ބެލިފައި ކަމަށެވެ.

"އަޅުގަނޑަށް ދައްކަވާ ސިޔާސީ އިދިކޮޅު ލީޑަރަކު ކޮރަޕްޝަންގެ ވާހަކަ ދެއްކޭނެ މީހަކު. ނުހުންނާނެ. ސިޔާސީ ލީޑަރެއް ނުހުންނާނެ ކޮރަޕްޝަންގެ ވާހަކަ ދެއްކޭނެ މީހަކު. ސިޔާސީ ލީޑަރަކަށް ކޮރަޕްޝަންގެ ވާހަކަ ދެއްކޭނަމަ ރާއްޖޭގައި ދިމާވެފައި ހުރި އެންމެ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް އޮންނަން ވާނީ ބެލިފަ. އަދި އެ މައްސަލަތަކާ ދޭތެރޭ އެޅުނު ފިޔަވަޅުތަކުގެ ސަބަބުން އިތުރު ކޮރަޕްޝަނެއް ނުހިނގާ ވަރަށް ކަންކަން ކުރެވިފަ ހުންނަން ވާނީ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ފަހު ތެޅުންގަނޑު އޮންނަނީ ބޭރުގެ ކަރަކަރައިގައި ކަމަށެވެ. އެގޮތުން ފަހު ތެޅުންގަނޑަށް ހުރިހާ ބޭފުޅުން ވެސް އަންނަން ޖެހޭނީ ރާއްޖެއަށް ކަމަށާއި އެހެން ނަމަވެސް އެ ބޭފުޅުން ތިއްބެވީ އެކި މުއްދަތަށް ޖަލަށް ލެވިފައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަކީ ކޮރަޕްޝަންގެ އެންމެ ބޮޑު އަމަލުތަކުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ކަމުގައި ތުހުމަތު ކުރައްވާފައެވެ.

"ދިވެހި ކުރު ވާހަކައިގެ ބަތަލުންނަކީ ކޮބައިތޯ، ކޮރޮޕްޝަންއާއި ޑިމޮކްރަސީ ނެތިގެން ރިފޯމް ނެތިގެން އުޅޭ އިރު މީގެ ބަތަލުން ގޮތުގައި ފަހު ތެޅުންގަނޑު ތަޅާލަން ތިއްބެވި ބޭފުޅުންނަކީ މިއަދު އެ ވިދާޅުވާ ޑިމޮކްރަސީ ގެންނަން ތިބި ބޭފުޅުން، އެ ބޭފުޅުން ކިހިނެތްތޯ ފަހު ތެޅުންގަނޑު ތަޅާނީ، ފަހު ތެޅުންގަނޑު ތަޅަން އެބަ ޖެހޭ ރައްޔިތުންގެ ކުރި މައްޗައް އަންނަން. ތިން އަހަރުގައި ތިއްބެވި ބޭފުޅުން. އެއަށްވުރެ ގިނަ މުއްދަތުގައި ތިއްބެވި ބޭފުޅުން މިތިއްބެވީ. އެ ބޭފުޅުންގެ ތެޅުންގަނޑު އޮންނާނީ މިތަނަކު ނޫން، އެ ބޭފުޅުން ތިއްބެވި ކަރަކަރައިގައި ތެޅުއްވީމަ ރަނގަޅުވާނެ. އަޅުގަނޑުމެން މިތިބީ އެ ތެޅުންގަނޑު ބަލާލަންް." ރައީސް ޔާމީން މި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯގައި އެމަނިކުފާނުގެ ޒައާމަތުގައި ނުކުރާ އާ ކަމެއް ހިމެނެއްވުމަށްފަހު އެމަނިކުފާނަށް ދެއްކެވެމުށް ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނުގެ މެނިފެސްޓޯގައި ހާސިލް ނުކުރައްވާ އެއްވެސް ކަމެއް އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯގައި ނުހިމެނުއްވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ

މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ

23 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު