Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހްމަދު މަޚްލޫފު

މަޚްލޫފަކީ ޟަމީރުގެ ޤައިދީއެއް ކަމަށް އެމްނެސްޓީން ކަނޑައަޅައިފި

11 މެއި 2018 | ހުކުރު 10:38

އެއްވެސް ޝަރުތަކާއި ނުލައި މަޚްލޫފް ބަންދުން ދޫކޮށްލުމަށްވެސް ވަނީ ގޮވާލާފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 11 މެއި 2018 | ހުކުރު 10:38
އަޙުމަދު މަޚްލޫފް ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫއަށް ގެންދަނީ

އަޙުމަދު މަޚްލޫފް ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫއަށް ގެންދަނީ

ރައްޔިތުންގެ މަޖިލީހުގެ ގަލޮލު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފަކީ ޟަމީރުގެ ޤައިދީއެއް ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ކަނޑައަޅައިފިއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ ބޮޑު ޖަމުއިއްޔާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަޚްލޫފާއި ދެކޮޅަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އާއި، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާގެ އިތުރުން ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާތަކަކީ ސިޔާސީ ބޭނުމެއްގައި އުފުލާފައިވާ ހަޤީޤަތެއް ނެތް ދައުވާތަކެއް ކަމަށެވެ.

Advertisement - newsAdvertisement

އެމްނެސްޓީގެ ބަޔާނުގައި އެ ޖަމުޢިއްޔާއިން ވަނީ މަޚްލޫފްގެ މައްޗަށް އުފުލާފައިވާ އެކިއެކި ދައުވާތަކުގެ ތަފްޞީލާއި، އެ ދައުވާތަކާއި ގުޅިގެން މަޚްލޫފްގެ މައްޗަށް ކޮށްފާނެ ކަމަށް ބެލެވޭ ޖަލު ޙުކުމްތަކުގެ ތަފްޞީލު ބަޔާންކޮށްފައެވެ.

އެގޮތުން މުޒާހިރީންނަށް މާސްކު ބެހި މައްސަލައިގައި އުފުލާފައިވާ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ އާއި ގުޅިގެން، މަޚްލޫފްގެ މައްޗަށް މަދުވެގެން 6 މަހުގެ ޖަލު ޙުކުމެއް އިއްވާނެ ކަމަށް ބެލެވެއެވެ. އަދި މަޚްލޫފް ކުރި ދެ ޓްވީޓަކާއި ގުޅިގެން ކޮށްފައިވާ ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދެ ދައުވާ އާއި ގުޅިގެން، މަދުވެގެން ޖުމްލަ 1 އަހަރުގެ ޖަލު ޙުކުމެއް އިއްވާނެ ކަމަށްވެސް ބެލެވެއެވެ.

މީގެ އިތުރުން މާފުށީ ޖަލު ކައިރީގައި މި އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ކުރި މުޒާހަރާގައި، މުޒާހަރާގެ ބައިވެރިންތަކަކާއިއެކު މަޚްލޫފް ޖަލުގެ އެތެރެއަށް ވަދެވަޑައިގަތް ކަމަށް ބުނެ ކޮށްފައިވާ ޓެރަރިޒަމްގެ ދަޢުވާއާއި ގުޅިގެން މަޚްލޫފްގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް ކުރުމުގެ ފުރުޞަތު އޮތްކަންވެސް އެމްނެސްޓީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެމްނެސްޓީގެ ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގައި ޚިޔާލު ފާޅުކުރުމާއި، ސުލްޙަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، އަދި މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގައި ހިންގި ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން އެ ޙައްޤުތައް އިތުރަށް ހަނިވެގެން ގޮސްފައިވާ ކަމަށެވެ.

މި ކަންކަން މިހެން ހުރުމުން، އެއްވެސް ޝަރުތެއް ނެތި ވަގުތުން މަޚްލޫފް މިނިވަން ކުރުމަށާއި، ޖިނާއީ އަދުލުގެ ނިޒާމަކީ ސިޔާސީ ވާދަވެރިންނާއި ދެކޮޅަށް ބޭނުންކުރެވޭ ހަތިޔާރަކަށް ނުހެދޭނެކަން ކަށަވަރުކުރުމަށާއި، ބިރުވެރިކަމެއް ނެތި ޚިޔާލު ފާޅުކުރެވޭނެ މާހައުލެއް ކަށަވަރު ކޮށްދިނުމަށް ގޮވާލައި، މި ޖޫން މަހުގެ 22 ވަނަ ދުވަހުގެ ކުރިން ބަންޑާރަ ނައިބު މުޙައްމަދު އަނިލް އާއި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު ޝިހާންއަށް ސިޓީ ލިއުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް އެ ޖަމުއިއްޔާއިން ވަނީ ގޮވާލާފައެވެ.

އަދި މި ސިޓީތަކުގެ ކޮޕީ ރާއްޖެއަށް އެކި ޤައުމުތަކުން ކަނޑައަޅާފައިވާ ޑިޕްލޮމޭޓުންނަށް ފޮނުވުމަށްވެސް އެ ޖަމުއިއްޔާއިން ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
30 އެޕްރީލު 2017

ފާރިސްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިފި

30 އެޕްރީލު 2017
ފާރިސްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިފި
12 އެޕްރީލު 2017

ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި

12 އެޕްރީލު 2017
ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި
30 މާރިޗު 2017

ޠޮއްޔިބު ދޫކޮށްލުމަށް ގޮވާލައި ރައީސަށާއި ހޯމް މިނިސްޓަރަށް ސިޓީ ފޮނުވަން އެމްނެސްޓީން ގޮވާލައިފި

30 މާރިޗު 2017
ޠޮއްޔިބު ދޫކޮށްލުމަށް ގޮވާލައި ރައީސަށާއި ހޯމް މިނިސްޓަރަށް ސިޓީ ފޮނުވަން އެމްނެސްޓީން ގޮވާލައިފި
21 މާރިޗު 2017

ޠައްޔިބަކީ ޟަމީރުގެ ޤައިދީއެއް: އެމްނެސްޓީ

21 މާރިޗު 2017
ޠައްޔިބަކީ ޟަމީރުގެ ޤައިދީއެއް: އެމްނެސްޓީ
14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
01 މާރިޗު 2017

އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި

01 މާރިޗު 2017
އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް