Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޠައްޔިބު ޝަޙިމް

ޠައްޔިބަކީ ޟަމީރުގެ ޤައިދީއެއް: އެމްނެސްޓީ

އެމްނެސްޓީއިން ވަނީ 4 ކަމެއް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 21 މާރިޗު 2017 | އަންގާރަ 22:14
މަޝްޙޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޠައްޔިބު ޝަޙީމް

މަޝްޙޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޠައްޔިބު ޝަޙީމް

ބަސްބުނުމުގެ މިނިވަންކަން ހިފެހެއްޓުމަށް ރާއްޖޭގައި ގިނަ ކަންތައްތަކެއް ކުރެވެމުންދާ ކަމަށާ، އެގޮތުން އޮންލައިންކޮށް ސަރުކަރަށާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔާ ފަރާތްތަކަށްވެސް ގިނަ ހުރަސްތަކެއް ކުރިމަތިކޮށް، ބޭއިންސާފުން އަދަބުދެމުންދާ ކަމަށް އެމްނެސްޓި އިންޓަރނޭޝަނަލް އިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ރާއްޖޭގެ މިވަގުތުގެ ހާލަތާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީޑިއާ އާއި އެކްޓިވިސްޓުންނަށް ހުރަސްއެޅުމަށް ދިވެހި ސަރުކާރުގެ މުއައްސަސާތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ފ އަތޮޅުގައި ސަރުކާރުން ހިންގަން އުޅުނު މަޝްރޫޢުއަކާއި ގުޅޭގޮތުން ރިޕޯޓް ކުރުމަށް އެ އަތޮޅަށް ދިޔަ ރާއްޖެޓީވީ އާއި މޯލްޑިވްސް އިންޑިޕެންޑެންޓްގެ ނޫސްވެރިންނަށް އެކި ކަހަލަ ބިރު ދައްކާފައިވާ ކަމަށެވެ.

އަދި މި މާރިޗު މަހުގެ 16 ވަނަ ދުވަހުގެރޭ، މަޝްޙޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޠައްޔިބު ޝަޙީމް ހައްޔަރުކޮށް، އޭނަގެ މައްޗަށް ތުޙުމަތުތަކެއް ކޮށްފައިވާ ކަމަށާ، ބޭއިންސާފުން ކޮށްފައިވާ މި ތުހުމަތުތައް ސާބިތުވެއްޖެ ނަމަ އެއް އަހަރާއި 3 މަސްދުވަހަށް އޭނާ ޖަލަށް ލާނެ ކަމަށް ބެލެވޭ ކަމަށެވެ. އެމްނެސްޓިއިން ބުނީ، ޠައްޔިބައި މެދު އެފަދަ ތުޙުމަތުތަކެއް ކޮށްފައިވަނި އޭނާއަށް ލިބިފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފުމުން ކަމަށާ، އެހެންކަމުން، އޭނާ އަކީ ޟަމީރުގެ ޤައިދީ (ޕްރިޒަނަރ އޮފް ކޮންޝަންސް) އެއް ކަމަށް އެ ޖަމިއްޔާއިން ޤަބޫލުކުރާ ކަމަށެވެ.

އަދި ހަމަ މިއާއި އެކު ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޝަމްޢޫން 'ލުކަސް' ޖަލިލް އާއި ދެކޮޅަށް ފުލުހުން ހިންގާފައިވާ ކަންކަންވެސް އެ ޖަމިއްޔާއިން ވަނީ ކުށްވެރިކޮށްފައެވެ.

ރާއްޖޭގެ މިވަގުތުގެ ހާލަތު އޮތް ގޮތަށް ބަލާލައި، އެމްނެސްޓީއިން ވަނީ ހަތަރު ކަމެއް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

އެގޮތުން އެ ޖަމިއްޔާއިން ގޮވާލާފައި ވަނީ،

  • ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދީ، އެ ޙައްޤުތަކަށް އިޚުތިރާމް ކުރުމާއި އެކު އެ ޙައްޤުތަކަށް ހިތްވަރު ދިނުމާއި، ބިރަކާއި ނުލައި، ހަމަހަމަކަމާއިއެކު މަސައްކަތް ކުރުމުގެ ފުރުސަތު މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބިދިނުން،
  • ސަރުކަރާއި ދެކޮލަށް ނަމަވެސް، މުޒާހަރާ ކުރުމުގެ ޙައްޤު ކަށަވަރުކޮށްދިނުން،
  • ޠައްޔިބު ޝަޙީމް ވަގުތުން ދޫކޮށްލައި، އޭނާ އާއި ދެކޮޅަށް ފަށާފައިވާ ޖިނާއީ ތަޙުޤީޤުތައް ހުއްޓާލުން
  • ސައުދީ ޝާޙީ އާއިލާ އާއި ގުޅިގެން، ސަރުކާރުން ހިންގާ ފ އަތޮޅުގެ މަޝްރޫޢުއާއި ގުޅިގެން، ހިންގޭ ހަރަކަތްތަކާއި ދެކޮޅަށް، ޤާނޫނާއި ނިޒާމުން ބޭރުން އެއްވެސް ފިޔަވަޅެއް ނޭޅުން

އެމްނެސްޓީ އިންޓަރނޭޝަނަލް އިން ދަނީ ޜާއްޖޭގެ ހާލަތު މޮނިޓަރކޮށް، ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވާ އެކި ވަގުތު ތަކުގައި ސަރުކާރަށް މިފަދަ އެކި ގޮވާލުންތައް ގޮވާލަމުންނެވެ. ނަމަވެސް އެ ޖަމިއްޔާއިން މިހާތަނަށް ގޮވާލި އެއްވެސް ގޮވާލުމަކަށް ސަރުކާރުން އެކަށޭނަ ސަމާލުކަމެއް ދީފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2018

ހައްޔަރުކޮށްފައިވާ ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުން ދޫކޮށްލުމަަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ގޮވާލައިފި

07 ފެބުރުއަރީ 2018
ހައްޔަރުކޮށްފައިވާ ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުން ދޫކޮށްލުމަަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ގޮވާލައިފި
02 ފެބުރުއަރީ 2018

މިއީ ރާއްޖެ ''އެނބުރެންޖެހޭ'' ވަގުތު: އެމްނެސްޓީ އިންޓަރނޭޝަނަލް

02 ފެބުރުއަރީ 2018
މިއީ ރާއްޖެ ''އެނބުރެންޖެހޭ'' ވަގުތު: އެމްނެސްޓީ އިންޓަރނޭޝަނަލް
18 ސެޕްޓެމްބަރު 2017

ވަކީލުންތަކުގެ ސަސްޕެންޝަން އުވާލުމަށް އެމްނެސްޓީއިން ގޮވާލައިފި

18 ސެޕްޓެމްބަރު 2017
ވަކީލުންތަކުގެ ސަސްޕެންޝަން އުވާލުމަށް އެމްނެސްޓީއިން ގޮވާލައިފި
11 އޯގަސްޓު 2017

މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް އެދި އެމްނެސްޓީން ރައީސަށް ސިޓީއެއް ފޮނުވައިފި

11 އޯގަސްޓު 2017
މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް އެދި އެމްނެސްޓީން ރައީސަށް ސިޓީއެއް ފޮނުވައިފި
20 ޖުލައި 2017

މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް އެމްނެސްޓީ އިން ރާއްޖެއަށް ގޮވާލައިފި

20 ޖުލައި 2017
މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް އެމްނެސްޓީ އިން ރާއްޖެއަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު