Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޠޮއްޔިބު ޝަހީމް

ޠޮއްޔިބު ދޫކޮށްލުމަށް ގޮވާލައި ރައީސަށާއި ހޯމް މިނިސްޓަރަށް ސިޓީ ފޮނުވަން އެމްނެސްޓީން ގޮވާލައިފި

ޠޮއްޔިބު ހައްޔަރުކޮށްފައިވަނީ ފ. އަތޮޅުގެ ޑީލާ ގުޅޭ ގޮތުން ޓްވީޓް ކުރުމުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 30 މާރިޗު 2017 | ބުރާސްފަތި 10:05
ހައްޔަރުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠޮއްޔިބު ޝަހީމް

ހައްޔަރުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠޮއްޔިބު ޝަހީމް

ހައްޔަރުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠޮއްޔިބު ޝަހީމް ދޫކޮށްލުމަށް ގޮވާލާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންނަށާއi މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙުމަދަށް ސިޓީ ލިއުމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ގޮވާލައިފިއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ، އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުދަ ދުވަހުގެ ރޭ ނެރުނު "އަރޖަންޓް އެކްޝަން ކޯލް" އެއްގައި ބުނެފައިވަނީ، ޟަމީރުގެ ޤައިދީ، ޠޮއްޔިބު ޝަހީމް ހައްޔަރުކުރީ، ސަރުކާރުން ސިއްރިއްޔާތުގައި ފާފު އަތޮޅު ވިއްކާލުމަށް މަސައްކަތް ކުރާ ކަމަށް ބެލެވޭ މައްސަލައިގައި، އެކަމާ ނުރުހުން ފާޅުކޮށް ޓްވީޓް ކުރަމުން ދަނިކޮށް ކަމަށެވެ. މިހާރު ފެތުރެމުންދާ އެޗްވަންއެންވަން ރޯގާއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު ވާހަކަތައް ފެތުރުމުގެ ތުޙުމަތު ސަރުކާރުން އޭނާގެ މައްޗަށް ކޮށްފައި ވީނަމަވެސް، ހައްޔަރުކުރި ވަގުތާއި ހާލަތަށް ބަލާއިރު، ޠޮއްޔިބު ހައްޔަރުކުރީ ފ. އަތޮޅުގެ ޑީލާ ދެކޮޅަށް އަޑުއުފުލުމުން ކަމަށް ޤަބޫލުކުރެވޭ ކަމަށް ވެސް އެމްނެސްޓީގެ ބަޔާނުގައި ވެއެވެ.

Advertisement - newsAdvertisement

މި ބަޔާނުގައި ބުނެފައި ވަނީ ޠޮއްޔިބު ހައްޔަރުކޮށްފައި ވަނީ މި މާޗް މަހުގެ 16 ވަނަ ދުވަހުގެރޭ ކަމަށާ، ޖެހިގެން އައި ދުވަހު އޭނާ ބަންދުގައި ބަހައްޓައިގެން، "އެޗްވަންއެންވަން ވައިރަސް އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާ" ކަމުގެ ތަޙުޤީޤު ކުރިއަށްގެންދިއުމަށް ކޯޓުން މުއްދަތު ޖަހައިދީފައިވާ ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމާއި އެކު، ޠައްޔިބު ކުރަމުންގެންދާ ކަންތައްތަކަކީ، "ތެދުމަގު ދެއްކެވި މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން" ކަމަށް ބުނެ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

ޠޮއްޔިބްގެ ވަކީލް، މަހުފޫޒް ސައީދު މީގެ ކުރިން ވިދާޅުވެފައިވާ ފަދައިން، ޠޮއްޔިބުގެ މައްޗަށް މިފަދަ ތުހުމަތެއް ފުލުހުން ކުރި ނަމަވެސް އެޗްވަންއެންވަންއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޠޮއްޔިބު ކޮށްފައިވާ ޓްވީޓެއް ނުވަތަ ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކައެއް ފުލުހުންނަށް ބުނެދެވިފައި ނުވާ ކަމަށާ، އަދި ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެއްދުމަށް ޠޮއްޔިބު ދައްކާފައިވާ އެހެނިހެން ވާހަކަތަކަކީ ކޮބައިކަން ވެސް ފުލުހުންނަށް ބުނެދެވިފައި ނުވާކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ޠޮއްޔިބުގެ މައްޗަށް އަދި ދަޢުވާއެއް އުފުލާފައި ނުވި ނަމަވެސް، ބެލެވޭ ގޮތުގައި އޭނާގެ މައްޗަށް ކުރާނީ، ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 122 އަދި 610 ވަނަ މާއްދާގެ ދަށުން، ދޮގު މަޢުލޫމާތު ފެތުރުމާއި، ރަޔަޓްކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ދަޢުވާއެވެ.

ޤާނޫނުލް އުޤޫބާތުގެ 122 ވަނަ މާއްދާގެ (ހ - އަންނަނިވި ޙާލަތްތަކުގައި، އަންނަނިވި ޢަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ) ގެ 2 ގައި ބަޔާންކޮށްފައިވަނީ،

މަޢުލޫމާތަކީ ކަނޑައެޅިގެން ރަނގަޅުނޫން މަޢުލޫމާތެއްކަން އެނގިހުރެ، މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާފަދަ ޙާލަތެއް ކުރިމަތިވެދާނެކަމުގެ ޚަބަރު ނުވަތަ އަނިޔާވެރި ކުށެއް ހިންގައިފާނެކަމުގެ ޚަބަރު އެހެން މީހަކަށް ދިނުން.

މިއީ ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.

ޤާނޫނުލް އުޤޫބާތުގެ 610 ވަނަ މާއްދާގެ ހ ގައި ރަޔަޓްކުރުމާއި ނުވަތަ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ހިތްވަރު ދޭ މީހާ އާއި، އެއިން ކަމަކަށް އެހީތެރިވެދޭ މީހާ އާއި، އެއިން ކަމެއް ކުރާ މީހާ، އެކުރަނީ ކުށެއް ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެ މައްދާގެ (ނ) ގައި މި ކުށް ދަރަޖަ ކުރާނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން (ނ) ގެ (1) ގައި ވެއެވެ:

ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި 2 މީހުންނަށް ނުވަތަ އެއަށްވުރެ ގިނަ ބަޔަކަށް ހިތްވަރު ދޭ ނުވަތަ އަމުރުކުރާ ނުވަތަ އިރުޝާދު ދޭ، ނުވަތަ ހަދަންވީގޮތް ބަޔާންކޮށްދޭ މީހާ އެކުރަނީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.

އަދި (ނ) ގެ (2) ގައި ވެއެވެ:

ރަޔަޓްކުރުމަށް އަންނަނިވި މީހުންނަށް ހިތްވަރުދޭ ނުވަތަ އަމުރުކުރާ ނުވަތަ އިރުޝާދު ދޭ ނުވަތަ ހަދަންވީގޮތް ބަޔާންކޮށްދޭ މީހާ އެކުރަނީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. މީހުންނަށް ނުވަތަ އެއަށްވުރެ ގިނަ ބަޔަކަށް؛ ނުވަތަ ދިވެހިރާއްޖޭގެ ސިފައިންގެ ބަޔަކަށް.

އެހެން އެ ދަޢުވާކޮށްފި ނަމަ، ޠޮއްޔިބުގެ މައްޗަށް އެއް އަހަރާއި ތިން މަހުގެ ޖަލު ޙުކުމެއް ކުރުމުގެ ފުރުޞަތު ބޮޑު ކަމަށް އެމްނެސްޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ޠޮއްޔިބުގެ ވަކީލު މަހުފޫޒް ސައީދާ ހަވާލާދީ، މި ބަޔާނުގައި ބުނެފައިވަނީ، ދޫނިދޫގައި ޠޮއްޔިބު ބަހައްޓާފައި ހުރި ތަނުގައި ސާފު ބޯފެން ނުލިބޭ ކަމަށާއި، މަދިރީގެ އުނދަގޫ ވަރަށް ބޮޑު ކަމަށެވެ.

އެހެންކަމުން، މައިގަނޑު ތިން ކަމަކަށް ގޮވާލައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙުމަދަށް ސިޓީ ލިއުމަށް އެމްނެސްޓީ އިންޓަރނޭޝަނަލްއިން ވަނީ ގޮވާލާފައެވެ. އެ 3 ކަމަކީ:

  • ޠައްޔިބަކީ، އޭނާއަށް ލިބިފައިވާ ޚިޔާލު ފާޅުކުރުމުގެ ޙައްޤު ބޭނުންކުރުމުން، ހައްޔަރުކޮށްފައިވާ، ޟަމީރުގެ ޤައިދީއެއްކަމުން، އެއްވެސް ޝަރުތަކާއި ނުލައި މިހާރުން މިހާރަށް ޠައްޔިބު މިނިވަން ކުރުން. އަދި އޭނާ އާއި ދެކޮޅަށް ހިންގޭ ޖިނާއީ ތަޙުޤީޤު ހުއްޓާލުން.
  • ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޚުތިރާމްކޮށް، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، އަމަން އަމާން ކަމާއިއެކު އެއްވެސް އުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދީ، ފ އަތޮޅުގެ ޑީލާއި ގުޅިގެން ޚިޔާލު ފާޅުކުރާ އެއްވެސް ޟިހަކާއިމެދު ފިޔަވަޅު ނޭޅުން.
  • ނޫސްވެރިންނާއި، މީޑީއާތަކަށް ފުރައްސާރަކުރުން ހުއްޓާލައި، ޤާނޫނާއި ޚިލާފަށް އެފަރާތްތަކުގެ މަސައްކަތަށް ހުރަސްއެޅުން ވަގުތުން ހުއްޓާލުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރާތްތައް، އިނގިރޭސި އާއި ދިވެހި އަދި އެހެން ބަސްތަކުން، ރައީސާއި، ހޯމް މިނިސްޓަރުގެ އިތުރުން، އެ ފަރާތެއްގެ ޤައުމުގެ ޑިޕްލޮމޭޓުންނަށް މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ސިޓީ ފޮނުވުމަށް އެމްނެސްޓީން ވަނީ ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު