Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

ދެ ފަނޑިޔާރުންގެ މައްޗަށް ކުރި ހުކުމަކީ ދިނީ އަދި ގައުމީ ވާޖިބު އަދާކުރުމުގެ ނަތީޖާ: ގުޅިފައިވާ ޕާޓީތައް

10 މެއި 2018 | ބުރާސްފަތި 14:14

ފަޑިޔާރުންގެ މައްޗައް ކުރި ހުކުމަކީ ދީނީ ގައުމީ ގާނޫނީ ޒިންމާ އަދާ ކުރިކަމުގެ ނަތީޖާ

އަމްނާ އިމާދު
އަމްނާ އިމާދު | 10 މެއި 2018 | ބުރާސްފަތި 14:14
އުއްތަމަ ފަނޑިޔާރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު

އުއްތަމަ ފަނޑިޔާރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު

މިއަދު ކްރިމިނަލް ކޯޓުން ދެފަޑިޔާރުންގެ މައްޗަށް ކުރި ހުކުމަކީ ދީނީ އަދި ގައުމީ ޒިންމާ އެބޭފުޅުން އަދާކުރުމުގެ ނަތީޖާ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުން މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވާކަމަށް ނިންމައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ދެބޭފުޅުން ވެސް 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށް ކުރި ހުކުމަކީ އިންސާފުން އެއްކިބާވެފައިވާ ހުކުމެއް ކަމަށެވެ.

Advertisement - newsAdvertisement

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދެކޭ ގޮތުގައި އެދެފަޑިޔާރުންގެ މައްޗައް ކުރި ހުކުމުގެ މަހްފޫމަކީ މިރާއްޖޭގެ ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވުމުން މިރާއްޖޭގެ ދައުލަތުގެ ތެރޭގައި ހިނގަމުން ދިޔަ ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ ކަންކަން ހައްދުން ނެއްޓިގެން ދިއުމާއި ގުޅިގެން ރާއްޖެ ސަލާމަތް ކުރުމަށް ކުރި މަސައްކަތް ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.އަދި ފަނޑިޔާރުންގެ މައްޗަށް ކުރެވެމުންދާ ހުކުމްތަކާއި ހިންގޭ ޝަރިއަތްތަކުން ފަނޑިޔާރުންނަށާއި ކޯޓުތަކަށް ސީދާ ނުފޫޒު ފޯރުވާކަން ހާމަވާކަމަށް ނަޒީރު ވިދާޅުވިއެވެ.

"އެހުކުމާއި ހަމައަށް އައުމުގައި ދައުލަތުގެ ފަރާތުން ހިނގާފައި އައި މަގަކީ ގާނޫނީ އިޖުރާތްތަކުގެ ބޭރުން ހިނގާފައި އޮތް މަގެއްކަން ގާނޫނީ އިޖްރާތްތަކަށް ނުފެތޭ މަގެއްކަން ހާމަވޭ. އެހެނީ ގާނޫނީ އިޖުރާތްތަކުގެ ތެރެއިން އެކަން ކުރާނަމަ ސްޕްރިމްކޯޓުގެ ފަޑިޔާރުން ހައްޔަރުކުރުމަށްޓަކައި ފަނޑިޔާރު ގޭގެ ޓިނު ނަގަން ނުޖެހުނީސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާކަށް ނުޖެހުނީސް އަދިވެސް ހާމަކަން ބޮޑު ގޮތެއްގައި ކޯޓުގެ ޕްރޮސީޖާރ ތެރޭގައި ހިނގަމުން ދިޔަ ކަންކަން އެގޮތަށް ހިނގާކަށް ނުޖެހުނީސް" އަލީ ނަޒީރު ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މެމްބަރު އަލީ ނަޒީރު ވިދާޅުވީ އެކެއް ފެބްރުއަރީގެ ހުކުމަކީ ގާނޫނު ނެގެހެއްޓުމަށްޓަކައި ނެރެފައިވާ ހުކުމެއް ކަމަށާއި، މިހުކުމް ތަންފީޒު ނުކުރުމަށް ގާނޫނު އަސާސީއާ ހިލާފަށް މިއަދު ކަންތައްތައް ކުރެވުނު ނަމަވެސް އިންސާފު އެފަރާތްތަކާއި އަރާ ހަމަކުރާނެ ދުވަސް ވަރަށް އަވަހަށް އަންނާނެ ކަމަށެވެ.

އަލީ ނިޒާރު ވިދާޅުވީ ރައީސް މައުމޫން ސިއްހީ ހާލުކޮޅު ގޯސްވަމުންދާ ކަމަށާއި ޑޮކްޓަރުން ތަކުރާރުކޮށް ޖަލުން އެމަނިކުފާނު ދޫކޮށްލުމަށް އިރުޝާދު ދެމުންދާއިރު ވެސް ޖަލުގައި ހައްޔަރުކޮށްފައިވާތީ ކަންބޮޑުވާ ކަމަށެވެ.

ރައީސް ޔާމީނު ގާތްގުޅުމެއް ބޭއްވެވި ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުތައް ކުރެވިފައިވާ މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤާއި މެލޭޝިޔާގެ އާއްމު އިންތިހާބަށް އިޝާރާތްކުރައްވާ އަލީ ނިޒާރު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ރިޔާސީ އިންތިހާބު އޮޅުވާލަން މަސައްކަތް ކުރެއްވި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. ރައީސް ޔާމިންގެ އަންގަވާ ގޮތުގެ މަތިން ވަކި ނަތީޖާއެއް ނެރުމަށް މަސައްކަތް ނުކޮށް އިލެކްޝަން ކޮމިޝަނުގެ ރައީސް އާއި، މެމްބަރުން އިސްތިއުފާ ދެއްވުމަށް ވެސް އަލީ ނަޒީރު ގޮވާލެއްވިއެވެ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް