Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެލޭޝިއާގެ އާއްމު އިންތިޚާބު

މެލޭޝިއާގެ އިންތިޚާބު މަހާތީރު ކާމިޔާބުކުރެއްވުމުން މަޖިލިސް މެމްބަރުން މަރުހަބާ ދަންނަވަނީ

10 މެއި 2018 | ބުރާސްފަތި 00:47

ޕަކަޓަން ހަރަޕަން ވަނީ 222 ގޮނޑި ހިމެނޭ ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ނަގާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 10 މެއި 2018 | ބުރާސްފަތި 00:47
ާއާއްމު އިންތިޚާބުގައި މަހާތީރު ވޯޓު ލަައްވަނީ

ާއާއްމު އިންތިޚާބުގައި މަހާތީރު ވޯޓު ލަައްވަނީ

މަހާތިީރު މުހައްމަދާއި ޕަކަޓަން ހަރަޕަން ކޯލިޝަނުން މެލޭޝިއާގެ އާއްމު އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަރުހަބާ ދަންނަވަމުން އެބަ ގެންދަވައެވެ. މަޖިލިސް މެމްބަރުން ވަނީ މެލޭޝިއާގެ ސިޔާސީ މަސްރަހާއި ރާއްޖޭގެ ސިޔާސީ މަސްރަހާއި ހުރި އެއްގޮތްކަން ފާހަގަ ކުރައްވައި، ކޮރަޕްޝަނަށް ރައްޔިތުން އާނ ބަސް ނުބުނާނެކަން މެލޭޝިއާއިން ފެނިގެން ހިނގައްޖެކަމަށް ފާހަގަކުރައްވާފައެވެ.

މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެލޭޝިއާގެ ރައްޔިތުންގެ ހިތްވަރަށް ސާބަސް ދެއްވާކަމަށެވެ. އަދި އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަން ލޯމަތީ މިދަނީ ފެންނަމުންކަމަށާއި، ރައްޔިތުންގެ ހިތުގެ ވިންދުގައި އަތް ނޭޅޭނެކަން މިދަނީ ފެންނަމުންކަމަށް ޝާހިދު ވިދާޅުވިއެވެ. ހަމައެއާއިއެކު ޔާމީންގެ ޚުދުމުޚުތާރު ވެރިކަންވެސް ރައްޔިތުން ބަދަލުކުރާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ މެލޭޝިއާގެ އާއްމު އިންތިޚާބުން ދިވެހިންނަށް އުއްމީދެއް ގެނެސްދީފިކަމަށެވެ. އައު ބޮޑުވަޒީރު މަހާތީރު މުހައްމަދާއި، ބޮޑުވަޒީރުގެ ނައިބުކަމަށް އަލަށް ވަޑައިގަންނަވާ ވަން އަޒީޒާއަށް މަރުހަބާ ދަންނަވަމުން މިހާރު ޖަލުގައި ހުންނެވި ވަން އަޒީޒާގެ ފިރިކަލުން އަންވަރު އިބްރާހިމް ޖަލުން މިހާރު ނިކުމެވަޑައިގަންނަވާ ވަގުތު ޖެހުނީކަމަށް މަހުލޫފު ވިދާޅުވިއެވެ.

ޕަކަޓަން ހަރަޕަންއަށް މަރުހަބާ ދަންނަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މެލޭޝިއާގެ ރައްޔިތުން 'ރަތްލާޖެހި ވަގަކަށް' ނޫނެކޭ ބުނެފިކަމަށެވެ. އަދި 'ދެން އޮތީ އަހަރެމެންގެ ފަހަރު' ކަމަށްވެސް އިމްތިޔާޒް ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މެލޭޝިއާގެ އިންތިޚާބުގެ ނަތީޖާއިން ދިވެހިންނަށް އުއްމީދު ލިބިގެން ހިނގައްޖެކަމަށެވެ. އަދި ޖޮއިންޓް އޮޕޮޒިޝަނުން ޔާމީނުގެ ކޮރަޕްޓް ސަރުކާރުގެ ދިވެހިން ސަލާމަތްވާނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މެލޭޝިއާގެ އިންތިޚާބާއި ގުޅޭ ގޮތުން ބީބީސީގައިވާ ލިޔުމަކަށް އިޝާރާތްކުރައްވައި ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ އެވާހަކަތަކަކީ ދިވެހިންނާއިވެސް ގުޅޭ ވާހަކައެއްކަމަށެވެ. އަދި އެއިންތިޚާބަކީ ދިވެހިންނަށް ފެނުނު އުއްމީދުގެ އަލިގަދަ ހުޅުކޮޅެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މަހާތީރު މުހައްމަދާއި އެމަނިކުފާނުގެ ޕަކަޓަން ހަރަޕަންއިން ވަނީ ބަރިސާން ނެޝަނަލް އިން މެލޭޝިއާގައި 61 އަހަރު ވަންދެން ކުރަމުން އައި ވެރިކަމަށް ތާރީޚީ ނިމުމެއް ގެނެސްފައެވެ. އުމުރުފުޅުން 92 އަހަރުގެ ޑރ. މަހާތީރު މުހައްމަދު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާނީ ބުރާސްފަތި ދުވަހުއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް